ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ) ހޯދަން ކުރިން އާންމުކުރި ފޮޓޯއެއް: މީހަކު ރަހީނުކުރިކަމުގެ ތުހުމަތައް އޭނާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ.-ފޮޓޯ: ޕޮލިސް
30 އޯގަސްޓް 2023 - 18:52
މާލޭގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު ކަމަށް ތުހުމަތުވާ މައްސަލައެއްގައި ހައްޔަރުކުރި، ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ) ގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ ސްޓެޕް އައްޔަގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދުން ފެށިގެން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސްޓެޕް އައްޔަ، އިތުރު ބަޔަކާ ބައިވެރިވެގެން މާލޭ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކުރި މައްސަލައެއް މި މަހުގެ ހަތަރު ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު މި މަހު 16 ވަނަ ދުވަހު ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ވެސް އޭނާ ހޯދަން އިއުލާން ކުރި އެވެ. ސިޔާސީ އެކި ޕާޓީތަކުގައި އެކްޓިވިސްޓެއްގެ ގޮތުގައި އުޅުނު ސްޓެޕް އައްޔަ ހޯދަން މިދިޔަ އަހަރު ވެސް އިއުލާނުކޮށްފައިވެ އެވެ. އެފަހަރު ހޯދަން އިއުލާނު ކުރީ ސިވިލް ކޯޓުން ބެލި މައްސަލައަކާ ގުޅިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިންނަވަރު ސުންޕާ
30 August 2023
ސްޓެޕް އަކަށް ފަހު ސްޓެޕް އެއް މައްޗައްނު ތިޔަދަނީ