ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ) ހޯދަން ކުރިން އާންމުކުރި ފޮޓޯއެއް: މީހަކު ރަހީނުކުރިކަމުގެ ތުހުމަތައް އޭނާ ހައްޔަރު ކޮށް ބަންދަށް 15 ދުވަސް ވަނީ ޖަހާފައި --
31 އޯގަސްޓް 2023 - 09:59
މާލޭގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު ކަމަށް ތުހުމަތުވާ މައްސަލައެއްގައި ހައްޔަރުކުރި، ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ) ގެ ވޮލެޓުން، ރަހީނުކުރި މީހާގެ އެކައުންޓުން ފައިސާ ފޮނުވި އެކައުންޓުގެ ކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައިގައި ސްޓެޕް އައްޔަ ހައްޔަރުކޮށް ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން އަލީ ވަނީ ރަހީނު ކުރުމުގައި އޭނާގެ ބައިވެރިވުން ނޯންނާނެ ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓުކުރީ ވެސް އޭނާ ކަމަށް ބުނެފަ އެވެ.
ނަމަވެސް މައްސަލަ ތަހުގީގުކުރާ ފުލުހުންގެ އޮފިސަރާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ މީހެއްގެ ކޭޝް ކާޑު، އައްޔަގެ އަތުން ފެނިފައިވާ ކަމަށެވެ.
އަނިޔާ ލިބުނު މީހާ ދިން ބަޔާނުގައި ވެސް އައްޔަގެ ބައިވެރިވުން އޮތް ކަމަށް ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އިން ކުރިން ބުނެފައިވާ ގޮތުގައި މިއީ މާލޭ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. އަދި އެމީހާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކުރި މައްސަލައެއް މި މަހުގެ ހަތަރު ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މި މަހު 16 ވަނަ ދުވަހު ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ވެސް އައްޔަ ހޯދަން ފުލުހުން އިއުލާނުކުރި އެވެ. ސިޔާސީ އެކި ޕާޓީތަކުގައި އެކްޓިވިސްޓެއްގެ ގޮތުގައި އުޅުނު އައްޔަ ހޯދަން މިދިޔަ އަހަރު ވެސް އިއުލާނުކޮށްފައިވެ އެވެ. އެފަހަރު ހޯދަން އިއުލާނު ކުރީ ސިވިލް ކޯޓުން ބެލި މައްސަލައަކާ ގުޅިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމް777
31 August 2023
ސީދާ ޓެރެރިޒަމްގެ ކުށެއްް. މިއީ މުޖުތަމައައް ދޫކޮއްލަން ހެޔޮވާވަރު މީހެއް ނޫން.
ހަސަނު
31 August 2023
މީ ޓެރެރިޒަމް ގެ އަމަލެއް 15 އެއް ނޫން، ޗަރީއަތް ނިމެންދެން ވާނުވާގަ ބަހައްޓަން ޖެހޭނީ..
ވަލީ
31 August 2023
ތިކަން ކުއްވެރިކުރަން. ހަމަ އެއާއެކު ރާއްޖޭގެ އަދުލު އިންސާފު ކޯޓުތަކުން މީހުންނަށް އިންސާފު ހޯދަނުދެވޭ، ޤާނޫނުގައި އޮތީ ވަގު ކަލޭގެ ހިމާޔަށް ކުރެވޭކަހަލަ ގޮތަަކަށް. މަކަރާއި ހީލަތުން ފައިސާ ހޯދުމާ، އެއްބަސްވުމާ ހިލާފުގެ މައްސަލަތަކާ، އަނބުރާ ދޭގޮތަށް ނަގާ ފައިސާއާއި މިހެންގޮސް ނަންހުސްކޮށް ކޯޓުގައި އިންސާފު ނުލިބިފަ މީހުން. ދެންމިޖެހެނީ ގަދަބާރުން ހޯދަން. ގޭންގު ކުދިން ބޭނުން ކުރަނީ.
ކުޑަކަތީބު
31 August 2023
އަނެއްކާވެސް ދޫކޮއްލާ، ބައިވަރު ވޯޓް ގެއްލިދާނެ!
ކާޑު
31 August 2023
މަ ސްޓެޕެއްޖެއްސީމަ ވެއްޓުނީ ވޮލެޓަށް އަނެއްހެން ނެގީކީ އެއްނޫން