މިރޭގެ ޖަލްސާގައި އަބްދުއްރަހީމް، މުއިއްޒުއާ ސަލާމްކުރައްވަނީ: ޔާމީނާއި މުއިއްޒުއާ ދެމެދު ފިތުނަ ނުއުފުއްދޭނެ ކަމަށް ވިދާޅުވި.-- ފޮޓޯ: ޕީޕީއެމް
01 ސެޕްޓެމްބަރ 2023 - 06:42
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ދެމެދު ފިތުނަ އުފައްދައިގެން އިދިކޮޅު ކޯލިޝަން ބައިބައިކޮށް ނުލެވޭނެ ކަމަށް ޕީއެންސީގެ ރައިސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
މުއިއްޒަށް އަމާޒުކުރައްވައި ޔާމީން ވާހަކަތަކެއް އަމާޒު ކުރެއްވި ކަމަށް ބުނާ ވާހަކަތެއް ފެތުރިފައި ވަނިކޮށް، އަދުރޭ ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކަ ކަމަށާއި އެފަދަ އެތައް ވާހަކައެއް މި ދުވަސްވަރު ފަތުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ފިތުނަ އުފައްދައި ބައިބައިކުރަން ރާވައިގެން ހިންގާ ކަމެއް ކަމަށެވެ.
"ރައީސް ޔާމީނާއި މުއިއްޒުއާ ދެމެދު ފިތުނަ އުފައްދައިގެން އަޅުގަނޑުމެންގެ ހިތުގައި ނުތަނަވަސްކަން އުފައްދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެން ޕީޕީއެމް/ޕީއެންސީ ބައިބައެއް ނުވާނެ. ވަރަށް ކެރިގެން މި ދަންނަވަނީ ބައިބައެއް ނުވާނެ، އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" އަދުރޭ ވިދާޅުވި އެވެ.
"ފަސް އަހަރު އެކަން ކުރަން އުޅުނު. ވެއްޖެތޯ. މިއަށްވުރެ ބަދަހި ލަޝްކަރެއް ރާއްޖެއަކު ނޯންނާނެ."
އަދުރޭ ވިދާޅުވި ގޮތުގައި ޔާމީންގެ ފުރިހަމަ ތާއިދު އޮތީ މުއިއްޒުއާ އެކު އެވެ. މުއިއްޒުއާ ގުޅުވައި ޔާމީން ވާހަކަތަކެއް ދެއްކެވި ކަމަށް، މެސެޖްތަކެއް ދެއްވި ކަމަށް ފަތުރަނީ ސަރުކާރުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ރައީސް ޔާމީން ވިދާޅުވާ އެއްޗެއް އެނގޭނީ އިބްރާހިމް މުހައްމަދު ސޯލިހަށްތޯ؟" އަބްދުއްރަހީމް އެއްސެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔާމީން އަންގަވާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ހުރިހާ ކަމެއް ހުއްޓާނުލަށްފަހު، އެންމެން ކެމްޕެއިންގައި ބުރަކޮށް މަސައްކަތް ކުރުމަށް ކަމަށެވެ. ކޯލިޝަންގެ މުޅި ލީޑަޝިޕް މުއިއްޒުގެ ކެމްޕެއިނަށް ނުކުމެ ތިއްބެވީ ވެސް އެ އިރުޝާދުގެ ދަށުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީން އެންމެފަހުން ހައި ކޯޓުގެ އަޑުއެހުމުން ދިމާވި ދުވަހު ވެސް އެ މަނިކުފާނު، މުއިއްޒު ކުރެން އަދި ދެން ތިއްބެވި ލީޑަޝިޕްގެ ބޭފުޅުން ގާތު ވެސް އެއްސެވީ ކޯޓުގައި ކީއްކުރަނީތޯ ކަމާއި ކެމްޕެއިންނަށް ވަޑައިގެންނެވުމަށް އެންގެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ހަދައިގެން ވެސް ޑރ. މުއިއްޒު މި އިންތިހާބުގައި ހޮވުން. މިއީ ޔާމީން އެންގެވި ގޮތަކީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާންބާރު
02 September 2023
ކޮންމެސް ގޯހެއް އެބައުޅޭ، އަދުރޭ އެދިނީ ސިގުނަލެއްް.
ތަކުރުބެއްޔާ
01 September 2023
ތިވާހަކަ ގަބޫލުކޮށް މުއިއްޒަށް ވޯޓް ދެވޭނީ މުއިއްޒުގެ ޖަލްސާގެ ކުރީ ގޮޑިބަރިން މެޑަމް ފާތުން ނުވަތަ ޔާމީން ގެ ދަރިފުޅު ފެނުނު ދުވަހަކުން. ޔާމީންގެ ފަރާތުން ވާހަކަ ދައްކާނީ އާއިލާ މީހުން. ޔާމީން ދަރިފުޅު އަދި އަންހެނުންގެ ފަރާތުން އެންމެފަހުން ލިބުނު މެސެޖަކީ ޔާމީން ބޭނުންވަނީ އިންތިހާބު ބޮއިކަޓް ކުރާށޭ...
ދެންވެސް1
01 September 2023
ޑރ މުއިއްޒު ގަބޫލު ކުރަނީ ހުކުމަކީ ރަގަޅަަށް ކުރި ހުކުމެއްކަމަށް
ރަބަރޭސް
01 September 2023
ވަހީދުބެ ކޯޓުފަހައިގެން ހުއްޓާ ރަހީމްބެ ކީތްހޭ ތިޔަކުރީ.
އޮޅުވާނުލާ
01 September 2023
މަބުނީ ޕީޕީއެމް ގެ ކެންޑިޑޭޓަކީ ކާކުހޭ.
ވަސަ
01 September 2023
ތިކަންވެ ނިމިއްޖެ. ދެން އެހެންވާހަކައެއް ދައްކަވާ!
މޮކޮހަންބެ
01 September 2023
އަހަރުމެންނަކަށް ކުރިއަކުން ނޭގެ ތިޔަކަމެއް އޮތްކަންވެސް. އެކަމަކު މިހާރު ކަމެއްއެބައުޅޭކަން އެގިއްޖެ. ނަހައްދަވާއެއްޗެއް ނެތްއެއްޗެއްގެ ވާހަކައެއް ނުދެއްކެވޭނެ ދައްކަން ހިތަކަށްވެސް ނައަރާނެ. ނޫނީ އަދުރޭ ތިޔައުޅެނީ ދެމީހުން ދޭތެރެ ޖައްސަންބާ.
އަބުސީ
01 September 2023
ޔާމިން ހުރީ ގަދަކޮށް މި ވެރިކަން ބަދަލު ކުރަން ހިފާފަ
ރިމާހް
01 September 2023
މަށަށް އިނގޭ ކަމަކީ އެހެން ނަމަ މުއިއްްޒް އަށް ޓިކެޓް ނުލިބޭނެ ކަން. ހުސް ވާހަކަ މިއީ
މޫސާ ޔައިޝް
01 September 2023
ސަރުކާރު ހަމަ ރަނގަޅަށް ވެސް ގޮސް ހުސްވެއްޖެ. އެހެންވެ އެއުޅެނީ