ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިލުފުށީގައި: މި ރަށުގައި އެއާޕޯޓު އަޅައި ދައްކާނެ ކަމަށް މުއިއްޒު ވިދާޅުވި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 ސެޕްޓެމްބަރ 2023 - 15:09
މި ސަރުކާރަށް އަމަލީ ސިފަ ނުޖެއްސުނު، ތ. ވިލުފުށި އެއާޕޯޓް ތަރައްގީކޮށް ނިންމައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ނުކުންނަވާފައިވާ މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ، އިގްތިސޯދީ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން ބަލާއިރު މި ރަށަށް އެންމެ ބޭނުން ޖެހިފައި އޮތް ކަމަކީ އެއާޕޯޓް ކަމަށެވެ. ނަމަވެސް މި ސަރުކާރަށް މިހާ ދުވަސް ވީއިރު އަމަލީ ސިފަ ޖައްސައި ނުދެވުނު ކަމަށާއި އެކަމަކު އެކަން ކޮށްދޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދެންނެވި ފަދައިން މިއީ ނަތީޖާ ނެރެދޭ މީހުން. އިހުލާސްތެރިކަމާ އެކުގައި އަޅުގަނޑުމެންގެ ފަރާތުން ފެންނާނީ އެ އެއާޕޯޓް އަޅައި ހަގީގަތަކަށް ހަދައިދޭ ތަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާއާ އެކު އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "ނަތީޖާ ނެރެދޭ" ޓީމެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ފުރުސަތެއް ދީފި ނަމަ މި ރަށުގެ ތަރައްގީ އަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިލުފުށީގައި: މި ރަށުގައި އެއާޕޯޓު އަޅައި ދައްކާނެ ކަމަށް މުއިއްޒު ވިދާޅުވި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެއާޕޯޓަށް ފަހު، ވިލުފުށީގެ މީހުންގެ އެންމެ ބޭނުންވާ ރަނގަޅު ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ވެސް އޭނާގެ ވެރިކަމެއްގައި އިމާރާތް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަބަދު އެ ހޮސްޕިޓަލް އަޅައި ބިން ބަދަލުކޮށްދޭ ތިބޭ ބަޔަކަށް އަޅުގަނޑުމެން ނުވާނަން. އެކަން ކޮށްފައި އަޅުގަނޑުމެން ދައްކާނަން،" މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމަށް ވީ އެ ދެ ވައުދު ނުފުދި އޮތުމާ ގުޅިގެން މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ވަޑައިގެންނެވި ދުވަހު އިހުތިޖާޖު ކުރުމުގެ ގޮތުން އެއާޕޯޓު މޮޑެލަކާއި ހޮސްޕިޓަލު މޮޑެލެއް ބަނދަރު ސަރަހައްދުގައި ބަހައްޓައި، ރިބަން ކަނޑަން ތައްޔާރުކޮށްފައި ވެ އެވެ.
ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، ވިލުފުށީ އެއާޕޯޓު ހެދުމަށް ބިން ހިއްކުމަށް މިދިޔަ މަހު ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަދީމާ
04 September 2023
މިޔޮށް ކުޑަ ކުޑަ އަތޮޅުގަ 4 ވަނަ އެއަރޕޯޓް އަޅަން 2 ދަވަސްތެރޭ ތިޔަ ވައުދުވީ. ބަޔަކު އަޖައިބުވެ އަންތަރީސް ނުވާނެ ތަ. ތިމަރަފުށީ ފަޅުގަ އޮތް ރަށަކަށް ވެސް އެއަރޕޯޓަކަށް ވައުދު ވެއްޖެ
ކެޔޮޅުބެ111
04 September 2023
ދެވަނަ ބުރު ޔަޤީން.
ބަދޫރާ
04 September 2023
ޢަލްހަމްދުﷲ މުއިޒްއަށް މިކަން ވާނެ ކަން އަހަރެން ގަބޫލުކުރަން މި ސަރުކާރުން އަހަރެމެންނަށް ދެއްކީ ހުވަފެން މި ސަރުކާރު މި އޮތީ ބޮޑު ތަނުން ފެއިލްވެފަ އިންޝާﷲ މުއިޒް 2023
ޔަމާލް
04 September 2023
މަގޭ ވޯޓް ހަމަ ދޭނީ މުއިޒްއަށް މުއިޒް އަށް އިތުބާރުކުރަން
ހުސެން ފިރާގު
04 September 2023
ޝުކުރިއްޔާ މުއިޒް. މުއިޒް އާއި ދޭތެރޭ އިތުބާރު އެބައޮތް ހަމަ އެއްވަނަ
އަފްނާން އާލީ
04 September 2023
ޔާނުގެ ދަރިވަރެއް މުއިއްްޒް މިއީ. ޔަގީން އަޅާނެ.
އަލްހާން
04 September 2023
މުއިއްްޒް ބެނެފި ނަމަ އެކަމެއް ކުރާނެ. ޕްލޭން އޮންނާނެ. ޔަގީން
ރިމާހް އަލީ
04 September 2023
މި ފެއިލްވެފައިވާ ސާރުކާރު ބަދަލްކޮށް މިފަހަރު ހޮވަންވީ މުއިއްްޒް. ޔަގީން ހިންގާލާނެ.
އަސްވާޑް
04 September 2023
ކުރިންވެސް ނަތީޖާ ނެރުނީ މުއިއްްޒް. ދެންވެސް ވާނީ މުއިއްްޒް އަށް
ލަމްހާ އަޒީޒް
04 September 2023
ރައްޔިތުން ގެ އުފާވެރިކަން ގުޅިފައިވާ ކެނޑިޑޭޓް ޑރ މުއިއްޒު. މިފަހަރު ހޮވަމާ