އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މިއަދު މާމިގިއްޔަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔަނީ: މި ރަށުގައި ހިންގި ޕޯޓުގެ އޮޕަރޭޝަން އަލުން ފައްޓާނެ ކަމަށް އޭނާ ވިދާޅުވި-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
04 ސެޕްޓެމްބަރ 2023 - 19:10
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޭނާ އަށް ކާމިޔާބުވެއްޖެ ނަމަ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ގާއިމްކުރި މާމިގިިލީ އިންޓަނޭޝަނަލް ޕޯޓުގެ ހިދުމަތް އަލުން ފަށާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. މާމިގިއްޔަށް މިއަދު ހަވީރު ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕޯޓުގެ ހިދުމަތް ފެށި ކަމަށާއި މި ސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށް މި ރަށުގެ ރައްޔިތުން ބުނެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި އަލުން އެ މަސައްކަތް ފަށައި އެއާ ގުޅިގެން ގެންނަން ޖެހޭ ފެސިލިޓީސްތައް ގެންނާނެ ކަމަށެވެ.
"ޕޯޓު ހަގީގަތަކަށް ހަދައި، ފީސިބަލް ތަނަކަށް ހެދުމަކީ އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުންނާ ގުޅިގެން ކުރިއަށް ގެންދާނެ ކަމެއް،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މާމިގިއްޔަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މަރުހަބާ ދެންނެވުމަށް ސަފު ހަދާލާފައި-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަމެއްގައި ވެސް މަޝްރޫއުތައް ކުރިއަށް ގެންދާނީ ޔާމީންގެ ވެރިކަމުގެ ދައުރުގެ ހިންގިސްޕީޑުގަ އެވެ.
މާމިގިލި ޕޯޓުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށް 2021 ވަނަ އަހަރު ވާހަކަ ދެއްކެވުމާ ގުޅިގެން އޭރު އެމްޕީއެލުން ބުނެފައިވަނީ ހުއްޓާނުލާ ކަމަށާއި އޮޕަރޭޝަނުގެ ސްކޭލް ކުރިއަށް ވުރެ ދަށްކުރީ ކަމަށެވެ.
މި ރަށުން މިއަދު ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ މަސައްކަތް ހުއްޓާލައި، އެ ތަނުގައި މަސައްކަތް ކުރި 35 އެއްހާ މުވައްޒަފުން މާލެ ބަދަލުކޮށްފައިވާ ކަމަށެވެ.
މާމިގިލީ ޕޯޓް ހިންގުން ޔާމީންގެ ވެރިކަމުގައި އެމްޕީއެލްއާ ހަވާލުކުރީ ޖޫން 28، 2017 ގަ އެވެ. އެ ޕޯޓުގެ ސަބަބުން ދައުލަތަށް ކޮންމެ އަހަރަކު 8 މިލިއަން ރުފިޔާގެ ގެއްލުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރިން ވިދާޅުވެފައި ވެ އެވެ.
- މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން.
- ޔުނިވާސިޓީ ކެމްޕަހެއް ގާއިމްކުރުން.
- އޭޓީއެމްގެ ހިދުމަތް.
- އާ މިސްކިތެއް އިމާރާތްކޮށްދިނުން.
- ފެންވަރު ރަނގަޅު ހޮސްޕިޓަލެއް.
- ޒުވާނުންނަށް ސްޕޯޓްސް ފެސިލިޓިއެއް.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
06 September 2023
ޕްރޮޖެކްޓް ނުފެށެނީސް މުޢިއްޒުގެ އަމިއްލަ އެކައުންޓަށް ޑޮލަރު އޮހެން ފަށާނެ! ޕްރޮޖެކްޓް ހިންގާނީ %300 އަގު ބޮޑުކޮށް. ދަރުމަވަންތަ ހޮސްޕިޓަލް ވެސް ހެދީ %300 އަގުބޮޑުކޮށް. 2 ޓަވަރު އިން ކުރެހުމުން ލިބުނީ 1 ޓަވަރު. އަނެއްޓަވަރު ލައްވާލީ ދިމްޔާތައް!
ވާނުވާ ބާބޫ
05 September 2023
އޭޓީއެމް އޭ؟ މާމިގިލީގަ އެސް ބީއައި ބްރާންޗެއް އަދި އޭޓީއެމް ހުރޭ. ބީއެމް އެލް އެޖެންޓުން ތިބޭ، ލޯންޗުއޮވޭ، 2 އޭޓީއެމް ހުރޭ. ދެން ތިބުނީ ދިވެހި ރުފިޔާ ޑޮލަރައިޒްކޮށްފަ ޑޮލާރ އޭޓީއެމް ބަހައްޓާވާހަކަތަ؟
ރުންކުރު
04 September 2023
މި އިންތިހާބުގައި ވޯޓުލާއިރު މުއިއްޒުއަކީ މާ ބޮޑު ހައިސިއްޔަތެއް ނެތް މީހެއްކަން އެނގެންވާނެ. މުއިއްޒު ކުރިމަތިލާފައިވަނީ ޕީ.އެން.ސީގެ ޓިކެޓް އެންމެ ފަހު ވަގުތު ހޯދައިގެން. ޕީ.އެން.ސީއަކީ މީގެ ކުރިން ރައްޔިތުންގެ ގާތަށް ދިޔަ ސިޔާސީ ޕާޓީއެއްވެސް ނޫނޭ ބުނުމަކުން ދޮގަކަށް ނުވާނެ. އެހެން ވީމާ މުއިއްޒުގެ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް. އެހެން ނޫނަސް މިއީ އަޖުމަ ބަލަންވީ ވަގުތުތޯވެސް ސުވާލު އުފެދޭ.
އެސްބީ
04 September 2023
އިންޑިއާގެ ބާރާއި ނުފޫސުގެ ދަށުވެފައިވާ ޤާސިމްގެ ބާރުގެ ސަބަބުން ބީއެމް އެލްގެ އޭޓީއެމް ގަނޑެއްވެސް މާމިގިލީގައި ބެހެއްޓޭގޮތްނުވެއެވެ. އެސްބީއައި ގެ މެޝިނެއް ނޫން އެއްޗެއް ނެތެވެ.
ދޮންއަނބު
05 September 2023
ހަމަޖެހޭ ވާހަކަ ދައްކަބަލަ!
ސޭކުބެ
06 September 2023
މާމިގިލީގަ ބީޢެމްއެލް އޭޓީއެމްގެ ޚިދުމަތް ލިބޭތާ 4 އަހަރު ވެއްޖެ. ޙަސަދަވެރިކަން ބޮޑުކަމުން ދޮގުނޫނީ ހަދަންވެސް ހަމަ ނޭގެނީއެވެ.
ޤުއި ރޯނު
04 September 2023
އެއިރުން މުއިއްޒު ސީޖީޕިން އާއި ބައްދަލު ކޮށްލާފައި ސީދާ ޗައިނާ އިން މާމިގިއްޔަ! މާމިގިލިން ޑޮމެސްޓިކުން މާލެ އަށް