ރިޔާސީ އިންތިހާބު 2023ގެ ވޯޓު ކަރުދާސް: ބ. ތުޅާދޫގައި ކެމެރާ ހަރުކޮށްފައިވާ ގަލަމަކުން ވޯޓު ކަރުދާސްކޮޅެއްގެ ފޮޓޯ ނެގި މައްސަލައެއް އަންނަނީ ބަލަމުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
09 ސެޕްޓެމްބަރ 2023 - 13:35
ބ. ތުޅާދޫގައި މީހަކު ވޯޓު ލުމަށް ފަހު، ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނެގި މައްސަލައެއް ބަލަން ފަށައިފި އެވެ.
މިހާރު ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގެ ވޯޓު ލުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓު ލާ މަރުކަޒުތަކުގައި ގަވާއިދާ ހިލާފަށް ފޮޓޯ އާއި ވީޑިއޯ ނަގާ ކަމުގެ ޝަކުވާތައް ލިބެމުން ދާ ކަމަށެވެ.
ހަބީބް ވިދާޅުވީ ތުޅާދޫގައި ވޯޓު ކަރުދާސްކޮޅެއް ފޮޓޯ ނެގި މައްސަލައެއް ފެންމަތިވެ، އެ ރަށުގެ ވޯޓު ލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
"ފާހަގަ ޖަހަން ގެންދިޔަ ގަލަމެއްގައި އިން ކެމެރެއާއަކުން ފޮޓޯ ނެގި މައްސަލަ ބަލަނީ،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ މައްސަލަ ބަލައި ވަރަށް އަވަހަށް އެތަނުގައި ވޯޓު ލުން އަލުން ފެށޭނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވި ގޮތުގައި، ވޯޓު ބޫތު ބަހައްޓާފައި ހުރި ގޮތުން ވޯޓުގެ ސައްހަކަން ގެއްލޭ ކަމުގެ ޝަކުވާ ވެސް ލިބެ އެވެ. ލަފާދޭ ކޮމިޓީން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށާއި އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތެއް ބަލައި ހައްލުކުރާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވޯޓު ކަރުދާހުގައި ފާހަގަ ޖަހާ ތަން ބެލުމަކީ ކުށެކެވެ.
"ގާނޫނާއި ގަވައިދާ ހިލާފު އެފަދަ އަމަލުތައް ނުކުރަން އެދެން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭކު
09 September 2023
ހިތުން މޮޅު ކަމެއް ކޮށްލީ ދޯ!
އިންތިހާބު
09 September 2023
ފޮޓޯ ނެގި މީހާ ޖަލަށް ލާންވީ. ތިޔަ މީސްމީހުނަކީ މުޅ ރައްޔިތުންގެ ހައްގު ނިގުޅައިގަންނަ ބައެއް. ޖަލަށް ލައިފިނަމަ ދެންފަހަރަކު ރަގަޅުވާނެ.
ޢެޗްބާރގް
09 September 2023
މިފަހަރު ވޯޓް ބޫތު ބަހައްޓާފައި ހުރިގޮތުން ބައެއް މީހުންގެ ވޯޓް ސިއްރުވާނެ އެއްވެސް ގޮތެއް ނޯންނާނެ. ލަފާދޭ ކޮމިޓީން ނުނިންމިޔަސް އެގޮތަށް ބޫތުތައް ބެހެއްޓިއިރުވެސް އެކަން އެނގޭނެ. ހަމަ ޔަޤީނުންވެސް މަގޭކުރިން ވޯޓް ލީ 2 މީހަކާ މަގޭ ވޯޓް ސިއްރެއް ނޫން.
އިއްބަ
09 September 2023
ކާކުތަ ފޮޓޯ ނެގީ