ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.
09 ސެޕްޓެމްބަރ 2023 - 19:45
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް 50 ޕަސެންޓް ވޯޓު ފޮށި ގުނާފައިވާއިރު ދެވަނަ ބުރެއްގެ ވޯޓުލުމަކަށް ދާން ޖޭހެނެ ކަމަށް ބެލެވެން ފަށައިފި އެވެ.
މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ ވަނީ 45 ޕަސެންޓް ހޯއްދަވައިފަ އެވެ. އެއީ 58،732 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާތަނަށް ލިބިވަޑައިގަތީ 40 ޕަސެންޓް ނުވަތަ 51،732 ވޯޓެވެ.
މި އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެއްވި ނަމަވެސް އެންމެ ވާދަވެރިކޮށް އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑރ. މުއިއްޒެވެ.
ވޯޓު ގުނަން ފަށައި، ނަތީޖާތައް އިއުލާންކުރަމުން ދިޔައިރު މުއިއްޒާއި ރައީސްގެ ފަރަގު އެހާ ބޮޑު ނޫނަސް، މިހާރު އިއުލާން ކުރަމުން އަންނަ ފޮށިތަކުން މުއިއްޒު ގެންދަވަނީ ތަފާތު ބޮޑު ކުރައްވަމުންނެވެ. އެކަމަކު ވޯޓުތަކުގެ ނަތީޖާތައް ހުންނަ ގޮތުން ދެވަނަ ބުރަކަށް ދިއުމަކީ ވަރަށް ގާތް ކަމެކެވެ.
މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން ތިންވަނައިގައި އުޅުއްވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އޭނާ އަށް މިހާތަނަށް ހޯއްދެވުނީ ހަ ޕަސެންޓެވެ. ހަތަރުވަނައިގައި އުޅުއްވާ އުމަރު ނަސީރަށް ހޯއްދެވުނީ 2 ޕަސެންޓެވެ. ދެން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމަށް ވެސް ދެ ޕަސެންޓް އަދި އަހުމަދު ފާރިސް މައުމޫނަށް އެއް ޕަސެންޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް އަދި ހަސަން ޒަމީލަށް އެއް ޕަސެންޓް ވެސް ލިބިވަޑައެެއް ނުގަންނަވަ އެވެ.
ޖުމުލަ 573 ވޯޓު ފޮށި ބެހެއްޓިއިރު މިހާތަނަށް ވަނީ 378 ވޯޓު ފޮށީގެ ނަތީޖާ ގުނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެސްޓް
10 September 2023
ކަލޭމެން އެންމެން ވިސްނަނީ ގޯތި އަދި ފުލެޓަށް ދޯ؟ މަސްތުވާ ތަކެއްޗާ ބޮންދުންނާ ބޮޑެތި އިޖުތިމާޢީ މައްސަލަތަކަށް ނުވިސްނަންދޯ ދަ ރިންތަކެއް މިއޮތް ހަލާކުވަނީ ވޭޕް ކު ރުމާ އެތައް ކަމެއް... ދީނޭ ކިޔައިން އެންމެން ހަދަނީ ދޮގު. ރަލާ މަސްތުވާ ތަކެތި އެކަކުވެސް ނޫޅޭ ހުއްޓުވާކަށް. އަމިއްލަ އެދުމައިގެން ދުނިޔެ ވިއްކާލަނީ.. މަގާމާ ފައިސާ އަށް ޓަކައި.. މަ ރު ހަދާން ނެތީ..
ޓިނޭ
10 September 2023
އެބައެއްގެ ހަލާކުވެސް އަންނާނީ އެބައެއްގެ އަމަލުތައް ހުރި ގޮތަކަށް. ފިތުނައިން މަންފާއެއް ނުކުރާނެ.
ރައްޒާގު
09 September 2023
އިބޫގެ މައްސަލަޔަކަށް މިވީ ރައްޔިތުން ވާވައްދަން ނޭގުން. އެކަމަށް މުއިއްޒު މާމޮޅު.
ޥިސްނާ
09 September 2023
ޢަހަންނަކީވެސް މާލޭ މީހެއް، ބޮޑުއަގުގަ ގޯތިގަތްމީހެއް، މިހާރުއަތުގައެއްވެސް ފައިސާއެއްނެތި ލޯނުގަނޑެއްވެސް ބޭންކަށް ދޭންޖެހޭވަރު ނެތިގެން ނުލިބިއުޅެނިކޮށް މީނަ މަބޮޑުއަގުގަ ގަތްތަނަށްވުރެވެސް އެތަށްގުނައެއް ބޮޑު ބިމެއްހިލޭ ބަހާއަޅާލީ ދެވަނަދައުރަކާއެކީ ވެރިކަންނިންމާލި ރައީސްއަކަށް ވާންވެގެން، ރާކަނިމަސް ކެވެއެއްނު އެބަ...
ޖަބްރާ
09 September 2023
މެންބަރުންގެ މުޅިއާއިލާއަށް ޖެހިޖެޖިގެން ގޯތި ބަހާލީ.ރޮޒޭނާ އާއިލާއަށް އެއްބްލޮކް ފަލާހް އަްއިލާއަށް އަނެއް ބްލޮކް..އަނެއްކާ އެވެސް ހުޅުމާލޭމް ޔާމިން ހިއްކާފައޮތްތަނުން...ފޮޓޯނެގީ ދެތިން އާއްމުންގެ މަންޒަރު އޮޅުވާލަން..
އަކްމެޑް
09 September 2023
އިންތިޚާބުން ބޮޑުކާމިޔާބެއް ލިބުނީ އުމަރަށް. ބޮޑު ދެ ޕާޓީ އަށްވުރެ ގިނަވޯޓް ހޯދައިފި
ވެދާނެ
09 September 2023
ދޯސްތުއަށް ދޯކާދިނުމުގެ ނަތީޖާ..
ހަމަހވަ
09 September 2023
ދެން އޭނާ އެނބުރި އަންނާނެހެން ހީނުވޭ
ޓިނޭ
10 September 2023
ދޯސްތު ވެރިކަމާހެދި ބޯގޮވީމަ ވީގޮތް.
ޑަން
09 September 2023
2 ވަނަ ބުރަކަށް ވޯޓްލާން ދިމާކުރާއިރު ބާތިލް ވޯޓް އެހާ ގިނައީ ކީއްވެތޯވެސް އެބަ ބަލަންޖެހޭ. ސައްހަ ވޯޓްލުމަށް އެހާ ބޮޑަށް ނުކުޅެދޭ މީހުން ގިނައީ ކީއްވެތޯ ބަލަންވީ.
ގެދާނޯމޮސް
10 September 2023
މަތީތައުލީމު ހޯދަން ސޯލިހު ދުނިޔެއިން ބޭރަށް ފޮނުވި މީހުން ލީ ފާހަގަ އެއީ.....!
ކަކުނ
09 September 2023
ކަލޭމެންނަށް ވޯޓު ދީފަ ލިބިފައޮތް ލިޔުމަށް ހަތަރު ފާރުގަނޑުދޭން ބުނީމަ ނުދެވުނު ބަޔެއްތިޔައީ
ފަހަރި
09 September 2023
މީއަދި އެވަރަށް ވެރިކަމުގަ ހުރެވޭތޯ ހައްޖަށް ދުއާކުރަން މީހުން ފޮނުވީމަވީވަރުދޯ