މަވާޒު: ބޭބެއަށް ހަމަލާދީ މަރާލިކަމުގެ ދައުވާއަށް އޭނާ ވަނީ އެއްބަސްވެފައި
13 ސެޕްޓެމްބަރ 2023 - 11:46
އައްޑޫގައި ބޭބެއަށް ހަމަލާދީ މަރާލިކަމުގެ ދައުވާ ލިބޭ ސ. މަރަދޫފޭދޫ ބްލޫސްޓާ ހުސައިން މަވާޒުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.
އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިއަކުން ހަމަލާދީ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރުމުން މަވާޒު ވަނީ ކުށަށް އިއުތިރާފުވެ ތައުބާވާން ބޭނުންވާ ކަމަށް ޝަރީއަތުގައި ބުނެފަ އެވެ. އޭނާގެ އިއުތިރާފާ އެކު މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތަށެވެ.
މިއަދު މި މައްސަލާގައި ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވަނީ މަވާޒުގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް އިއްވާފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ނިންމާފަ އެވެ.
މަވާޒާއި ދައުލަތާ ދެމެދު ވެފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އަންނާނެ ކަަމަށް ކަނޑައަޅާފައިވަނީ 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އެ އެއްބަސްވުން ޝަރީއަތުން ބަލައިގަނެ، މިއަދު އޭނާގެ މައްޗަށް ކަނޑައެޅީ އެ އަދަބެވެ.
އަދި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 60 ދުވަހު ރޯދައަށް ހުންނަން ވެސް މަވާޒުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިން ހަމަލާދިން ގޮތް މަވާޒުގެ ކޯޓުގައި ރޮމުން ކިޔައިދީފައިވާއިރު، އެއީ މަސްތުގެ ހާލަތުގައި ރުޅިވެރިކަމުގައި ހިނގައިދިޔަ މާރާމާރީއެއް ކަމަށް ވަނީ ބުނެފަ އެވެ. އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެއްޗާއި މާރާމާރީ ހިންގުމުގެ ރިކޯޑް އޮންނަ ދެ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
13 September 2023
ކޮންމެ 5 އަހަރަކުން ރައީސް ގެ އަފްއާމް ގަ އެތައް ބޮޑެތި ކުއްވެރީން ނެއް ދޫކޮށްލަ އެވެ. މިކަމާ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނެތެވެ. އެކަމު މިހަދަނީ ގޯހެކެވެ.
ކީކޭބުނާނީދެން
13 September 2023
ކައްފާރާ 60 ރޯދަ އޭނަ ހިފާތޯ ބަލަނީ ކާކު :ޕ
ޙހހހގ
13 September 2023
ކަލޭ
އަހުމަދުު
13 September 2023
އޭނާވެސް ތިބާވެސް ހެއްދެވި ފަރާތް. ރޯދައަކީ އެމީހަކާއި ﷲ އާއި ދެމެދުވާކަމެކެވެ.