ކަސްޓަމަރަކު ބީއެމްއެލް އިންޓަނެޓް ބޭންކިން ބޭނުން ކުރަނީ: މިހާރު ވަގުތުން ރަޖިސްޓާ ކުރެވޭނެ ކަމަށް ބޭންކުން ބުނޭ-- ފޮޓޯ:ބީއެމްއެލް
18 ސެޕްޓެމްބަރ 2023 - 17:28
ބީއެމްއެލްގެ އިންޓަނެޓި ބޭންކިން އާއި މޮބައިލް ބޭންކިންގެ ސެކިއުރިޓީ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ޑިވައިސް މެނޭޖްމަންޓު ފީޗާއެއް ތައާރަފްކޮށްފި އެވެ.
މި ފީޗާ އަކީ އެކްޓިވް ސެޝަންތައް މޮނީޓާ ކޮށް އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭ ފީޗާއެކެވެ. މި ފީޗާ މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަން ބަލައި، ބޭނުންވާ ވަކިވަކި އަދި ހުރިހާ ޑިވައިސްއަކުން ލޮގްއައުޓް ކުރެވޭނެ އެވެ. އަދި މި ފީޗާއިން ކަސްޓަމަރުންނަށް ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަނާއި ޑިވައިސް ބެލޭނެ އެވެ.
މިއީ ސްކޭމްތަކުން ރައްކާތެރިވުމަށް އެހީވެދޭނެ ފީޗާއެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސެކިއުރިޓީ ކަށަވަރުކުރުމަށް އެ ބޭންކުން ކެނޑެނޭޅި މަސައްކަތްކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސިސްޓަމްތަކަށް މި ފަހުން ގެންނަމުންދާ ބަދަލާއި ތައާރަފް ކުރަމުންދާ މުހިންމު ފީޗާތަކަކީ ސެކިއުރިޓީ ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކެއް. އަދި މި ބަދަލުތަކާ އެކު ކަސްޓަމަރުންނަށް އަމިއްލައަށް ސްކޭމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފުރުސަތު ލިބޭނެ،" ސްޓުމްކަ ވިދާޅުވި އެވެ.
ބީއެމްއެލްއިން މުއާމަލާތް ކުރާ ކަސްޓަމަރުންގެ ސެކިއުރިޓީ ޔަގީންކޮށް، ސްކޭމްތަކުން ރައްކާތެރިކުރުމުގެ ގޮތުން ދާދި ފަހުން ވަނީ ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރަށް އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް'އެއް ތައާރަފްކޮށްފަ އެވެ.
އަދި އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ލޮގިންއަށް ޓޫ ފެކްޓާ އޮތަންޓިކޭޝަން ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ އިތުރުން ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ކަސްޓަމަރަށް އެލާޓުކޮށް ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް އޯޓީޕީ ވެސް ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަ އެއް
19 September 2023
ބަލަ ކާޑުގެ މައުލޫމާތު ވަގައނަގައިގެން ބޭރުގެ އޮންލައިން ފިހާރަތަކުން އެބަ ވިޔަފާރިވެސް ކުރޭ... ނިކަން އޯޓީޕީ އަންނަގޮތް ހަދާބަލަ ކުރާ ކޮމްމެ ޓުރާނުސެކުސަނަކައް.
ދެން އަތްޖަހާ
19 September 2023
ތީ ހަވާ އަރުވާ ވަރުގެ ކަމެއް
Gold
19 September 2023
ބޭންކުގައި ބޭނުންކުރާ ސޮފުޓުވެއަރގައި އަބަދުވެސް ހުންނަފީޗަރ ތަކެއްތީ ނަމަވެސް މިފީޗަރތައް ބޭނުންނުކޮށްހުރީ ނުވަތަ ސޮފުޓުވެއަރ އިން މިފީޗަރތައް އޮފުކޮކްފަހުރީ! ގަބޫލުކުރެވޭގޮތުން ކުރިން މިފީޗަރތައް ބޭނުންނުކުރާގޮތަށް ސޮފުޓުވެއަރ ސެޓިންހަދާފައި ވަނީ ބޭނުންކުރާ އެވުރެޖު ކަސްޓަމަރުންނަށް ފަސޭހަކުރުމަށް، ސެކިއުރިޓީ ވަރުގަދަވާވަރަކަށް ބޭނުންކުރުމުގައި ބައެއްފަހަރު ތަކުލީފުބޮޑުވާނެ! އަދި ނުފަރިތަކަސްޓަމަރުންނަށް ބޭނުންކުރަންވަރަށްއުނދަގޫވާނެ
އަހުމަދުއަލޯ
19 September 2023
ބަލަގަ އަހަރެމެން އަތަކުން ނޫން ކާޑު މައުލޫމާތު ލީކުވަނީ...
އެއްބުރުން
18 September 2023
ތި ބީއެމްއެލް ތި އެއްވެސް ކަމެއް ވާބައެއް ނުން އާދައިގެ މީހަކު އޭޓީއެމް 20000ރ ލިއަސް ސުވަލު ކުރާވަރުން ހިތައް އަރަ އެހެން ބޭންކް އެއްގައި އެކައުނޓްތައް ބަދަލު ކޮއްލާފާނެމެ
ޣެަެއެހެ
18 September 2023
މި ހަބަރުގަ އެ ފިޗާ ބެނުން ކުރާ ގޮތުގެ ވިޑިހޯ ލީނަމަ