ޑރ. މުއިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ށ. އަތޮޅުގެ ރަށަކުން އޭނާއަށް މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ސެޕްޓެމްބަރ 2023 - 11:35
މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވިޔަސް މާލެ އާއި ރަށްރަށުން ފެންނަނީ އެ މަންޒަރު ނޫން ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ގަލޮޅުގައި ޖަގަހައެއް ހުޅުވަން ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖު ޕްރޮޖެކްޓު ވެސް، ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު ނިންމާ ނުލެވުނު ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަންކަން ކުރި ގޮތް ފެންނަ އެ އޮތީ. އެގޮތަށޭ ތަރައްގީ ގެންނާނީ އަޅުގަނޑު ހޮވައިފި ނަމަ: ޑރ. މުއިއްޒު
މި ސަރުކާރުން ރަށްރަށުގައި ހިންގާ ކުދިކުދި މަޝްރޫއުތައް ވެސް އޮތީ ހަމަ އެ ހާލުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އިއްޔެ ނޫން ކުރީ ދުވަހު ދިޔަ ރަށެއްގައި ނަރުދަމާގެ މަޝްރޫއު ހިނގާތާ ހަތަރު އަހަރު. ހޮޅިތައް ހުރީ މަގުމަތީގައި، އަރިމަތީގައި އަދި ވަޅެއް ނުލާ. ހަތަރު އަހަރުވީ. މިހެން ހުރިހާ ރަށެއްގައި މިކަން ހުރީ،" ދެވަނަ ބުރުގެ ކެމްޕެއިނަށް އެކި ރަށްރަށަށް މިހާރު ދަތުރުކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވި އެވެ.
މަޝްރޫއުތައް ނުހިނގާތީ، މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލާއިރު، އެމްޑީޕީގެ މެމްބަރުން ވެސް އެ ކަންކަމާ މެދު ވިސްނުމަށް މުއިއްޒު އެދިވަޑައިގަތެވެ.
ޑރ. މުއިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ށ. އަތޮޅުގެ ރަށެއްގައި ސަޕޯޓަރުންނާ އެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"މިއީ އަޅުގަނޑަށް ފެނުނު ތަންތަން. ހެލްތު ސެންޓަރު ހަދަން ފަށާފައި ހުއްޓާލާފައި. އަހާލީމަ މި ވާ ގޮތަކީ ދައުރުގެ ކުރީކޮޅު ފެށީ، ފަށައިގެން ކޮންޓްރެކްޓަރު އަރާފައި ކޮންމެ ވެސް ވަރަކަށް މޮބިލައިޒްވެލާފައި އެޑްވާންސް ޕޭމަންޓް ނަގަނީ. ދެން އެ ގެއްލުނީ ކޮންޓްރެކްޓަރު. ދެން ހިނގައިދާނެ އަހަރެއް ދޮޅު އަހަރު، ދެން އެ މަޝްރޫއު އަވަސްކުރަނީ އެހެން ބަޔަކާ ހަވާލުކޮށްގެން. ދެން އަނެއްކާ އޭނާ ވެސް އެޑްވާންސް ޕޭމަންޓް ނަގާފައި ކުޑަކުޑަކޮށް މަސައްކަތް ކޮށްލާއި އެ މީހުން ވެސް ގެއްލެނީ،" މުއިއްޒު ވިދާޅުވި އެވެ.
"އިއްޔެ ދިޔަ ރަށެއްގައި ސްކޫލެއްގެ އެކްސްޓެންޝަނަށް ހަދާ މަލްޓިޕާޕޯސް ހޯލެއްގައި ހުސް ތަނބު ހުރީ. ހަތަރު އަހަރު ވެއްޖެ މަޝްރޫއު ހިނގާތާ. ހަތަރު އަހަރުން ތަނބު އެކަނި ޖަހާލެވުނީ."
މުއިއްޒު ވިދާޅުވި ގޮތުގައި، ސިޔާސީ ފިކުރު އެއް ފަރާތް ކޮށްފައި ތަރައްގީއާ މެދުގައި ވިސްނާ ނަމަ ދިވެހިންނަށް އޮތީ ދެ އިހުތިޔާރެކެވެ. އެއީ މަޝްރޫއުތައް ހިންގާނެ ކަމުގެ ޔަގީންކަން އޮތް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް ގެނައުން ނުވަތަ މަޝްރޫއުތައް ނުހިންގޭ މި ސަރުކާރަށް އަނެއްކާވެސް އެ ފުރުސަތު ދިނުމެވެ.
"ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަންކަން ކުރި ގޮތް ފެންނަ އެ އޮތީ. އެގޮތަށޭ ތަރައްގީ ގެންނާނީ އަޅުގަނޑު ހޮވައިފި ނަމަ،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެއް ވިއްޔާ ނިންމައި، ވީ ވައުދެއް ވިއްޔާ ފުއްދައި، ރައްޔިތުންގެ ލޯ ކުރިމައްޗަށް ފެންނަން އެބަހުރި ކަމަށެވެ. އޭނާގެ ވެރިކަމެއްގައި ވެސް އެކަން އޮންނާނީ އެހެން ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
19 September 2023
މަޝްރޫތަކެއް ނުހިންގޭ. 70 ބިލިއަނުން ދައުލަތް ދަރުވާލާފި. މަސައްކަތް ނިންމި ބޔަކަށް ޕޭމަންޓެއް ނުދޭ. ފެނަކައިން އެކަނިވެސް 3 ބިލިއަން އާއްމު ރައްޔިތުންތަނަށް ދަރާ އެބަހުރި. މި ސަރުކާރު ފްލޯޓްކޮށްގެން މިއުޅެނީ ކޮންމެ މަހަކު ޗާޕުކުރާ ފައިސާއިން. މިކަން ކުރުމުގެ ހުއްދަ މަޖްލީހުން ހުއްޓާލުމާއިއެކު މިސަރުކާރު ޑިފޯލްޓްވާނެ
ދަބަރޭ
19 September 2023
މުއިޒު ލަދުނުގަނެތޯ ތިހެން ބުނަން ފީޕީއެމްއް ކުކިޅުދުއްފުށި ތައްގީކުރާނެ ގޮތުގެ ފޮޓޯ އުސްއިމާރާތަކާއެކު ދެއްކިއިރު ހީވީދުބާއީ ފެންނަހެން އެކަމަކު މުއީޒު ހައުސިން މިނިސްޓަރަ ކައްހުރެ އެފޮޓޯގަ އިންގޮތައް އެންމެ ޓަވަރެއް ނުހެދުނު! ކޭލަކުނުގަ ހަދަން ބުނި ރިސޯޓުކޮބައިތޯ
އަލި
19 September 2023
މުއިއްޒު ހޮވިއްޖެނަމަ ރާއްޖޭގަ ވެރިކަންކުރި އެންމެ ހީވާގި ވަރުގަދަ މީހާއަށް ވާނެ.
ފަޒްލީނާ
19 September 2023
މުއިއްޒުގެ ހުރިހާ ވައުދެއް ގުޅިފައި ވަނީ އިބޫ ފައްޓަވާފައިވާ ނުވަތަ ނިންމަވާފައިވާ މަސްރޫއަކާ ގުޅުވައިގެން ކަން ވަރަށް އުފަލާއިއެކު ފާހަގަ ކޮށްލަން ޖެހޭ. މިކަމުން އެބަ ސާފުވޭ މި ވެރިކަމުގާ ވަރަށްގިނަ މަސްރޫތަށް އެބަހިނގާކަން.
އިސްމާލި
19 September 2023
"މުއިއްޒު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެއް ވިއްޔާ ނިންމައި، ވީ ވައުދެއް ވިއްޔާ ފުއްދައި، ރައްޔިތުންގެ ލޯ ކުރިމައްޗަށް ފެންނަން އެބަހުރި ކަމަށެވެ." މިއީ ތެދެއް ދޯ؟ މިކަމާ ދެބަސް ނުވެވޭނެ. ބްރިޖް، ދަރުމަވަންތަ ހޮސްޕިޓަލް، ރިންގް ރޯޑް، ހައިވޭ، އައު ރަންވޭ، ހިޔާ ފްލެޓް ތައް، އަދި ރަށްރަށުގަ ހިންގި މަޝްރޫއުތައް ވެސް ހިމެނޭ.
އާދަނު އިއްލި
19 September 2023
ރަށްރަށުޖެގަ ހިންގި ކޮން ޕްރޮޖެކްޓެއް؟ މާލޭގަ ހިންގުނު ބޮޑު ދެތިން ޕްރޮޖެކްޓް ފިޔަވައި ޔާމިން ކުރި ކަމެއް ދައްކަބަލަ ކުދި ރަށްރަށަށް
މިސްޓަރ ޓިނޭ
19 September 2023
އެއަށް ވުރެން ވެސް އަވަހަށް ނިންމަން ޖެހޭނެ ދޯ.. ކަޅުފައިސާ ދޮންނަން ހިންގި ޕްރޮޖެކްޓް ވިއްޔާ.. ކާކު ގުނބޯ ހައްދަން ތިއުޅެނީ
ލޮލްލް
19 September 2023
ރަށުގައި އާ އިންޖީނުގެއާ ނަރުދަމާ އަޅާދޭނަމޭ ކިޔާ ވައުދުވި ޔާމީން. އެކަމެއް ނުވި. ބެޔަސް ނުބެޔަސް މަސްވެރިއަކަށް 10000 ދޭނަމޭ ކިޔާ ވަޢުދުވި. އެކަމެއްވެސް ނުވި. ދަނޑުވެރިން ދަނޑައް ދިޔަސް ނުދިޔަސް 8000 ދޭނަމޭ ކިޔާ ވަޢުދުވި. އެކަމެއްވެސް ނުވި. ޔާމީނަށް ކުރެވުނު ކަމަކީ މާލެ ހުޅުމާލެ ތަރައްްޤީ ކުރުން. ރާއްޖެތެރޭ ގިނަ ރަށްރަށް ދޫކޮއްލާފަ. މާލޭ މީހުން ބޭނުމެއްވެސް ނުވާނެ ރާއްޖެތެރޭ ރަށްރަށް ތަރައްޤީވާކަށް.
ކަރާސީނު
19 September 2023
ޗީޗީ.. މަނިކުފާނު އައިނު އަޅަން ވަރަށް ބޮޑަށް ފެނޭ.
ޝޯމޭން
19 September 2023
ޕީއެންސީގެ މެނިފެސްޓޯގަ މާލެ ސަރަހައްދުގަ 65،000 ހައުސިންގް ޔުނިޓުއަޅާ އެތަންތާ 325،000 މީހުން އެތަންތާ އާބާދު ކުރަން ރާވާއިރު މިހާރު މާލޭގަ ތިބި 200،000 މީހުން ލައިގެން އެހަމަވީ މުޅިރާއްޖޭގެ އާބާދީ މާލެސަރަހައްދަށް. ދެންއެހެން ރަށްރަށުގަ ހިންގާ މަޝްރޫއަކާ، އެކަން ހިނގާ އަވަސްމިނަކާ ލަސްމިނަކާ ދެން އެއާ ބެހޭ އެއްވެސް ކަމެއް ކީއްވެތޯ ތިބޭފުޅާ ތިބައްލަވަނީ. ތިބޭފުޅާގެ މެނިފެސްޓޯއާ ޕްލޭންގަ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން އޮތީމާލެއެއްނު.
ބެޔަސްނުބެޔަސް
19 September 2023
މަސް ބޭނިޔަސް ނުބޭނިޔަސް 10000 ދޭނަމޭ ބުނި. އެވެސް ނުފެނިގެން މިއުޅެނީ. ކޮންމެ ފެމިލީއަކަށް ޑޮކްޓަރެއް ހުންނާނެވާހަކަވެސް ބުނި
ހެހެހެހެހެ
20 September 2023
މިފަހަރު ދޭނީ ކޮންމެ މަހަކު 20،000 އެވެސް ޑޮކްޓަރ އަކާ 2 ނަރުހާ އެކު، ކޮންމެ މަސްވެރިއަކަށް.