ހއ. އަތޮޅުގެ އާރްޓީއެލް ހިދުމަތް ފެށުމަށް މިއަދު ލޯންޗުތައް ފުރަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
21 ސެޕްޓެމްބަރ 2023 - 15:15
މުޅި ރާއްޖެ ހައި ސްޕީޑު ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ސަބަބުން، ބޮޑުތިލަދުންމަތީ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސް، ދަތުރުތަކަށް ކުރާ ހަރަދުން އަހަރަކު 100 މިލިއަން ރުފިޔާ ސަލާމަތްވާ ކަމަށް، އެކަމާ ގުޅޭގޮތުން ހެދި ދިރާސާއިން ދައްކައިފި އެވެ.
މި ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އާރްޓީއެލް މިދިޔަ ޖޫން މަހު އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުންނެވެ. އޭގެ ފަހުން ހއ. އަތޮޅުގެ ރަށްތައް މި ފެރީން ގުޅުވާލައި، މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ށ. އަތޮޅުގައި ވެސް އެ ހިދުމަތް ފަށައި، އެ ތިން އަތޮޅު ވެސް ގުޅުވާލައިފަ އެވެ.
އެ ހިދުމަތަށް އަހަރަށް ވެފައި ވާއިރު، އެކަމުގެ ސަބަބުން އައި އިޖުތިމާއީ އަދި އިގުތިސާދީ ބަދަލުތަކާ ގުޅޭގޮތުން، ޕްލޭނިން މިނިސްޓްރީން އެފްޖޭއެސް ކޮންސަލްޓިން އާ ހަވާލުކޮށްގެން ހެދި ދިރާސާގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި، ކޮންސަލްޓިން ފާމްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ދީނާ ޝަރީފް ވިދާޅުވީ އުތުރުގައި މީހުން ދިރިއުޅޭ 41 ރަށުގެ ތެރެއިން މި ދިރާސާގައި 16 ރަށުން މައުލޫމާތު އެއްކުރި ކަމަށެވެ.
ހުރިހާ އުމުރަކުން ވެސް ދެ ޖިންސު އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރިއިރު، އެ ދިރާސާގައި ޕަބްލިކް ސެކްޓާއިން 787 މީހުން އަދި ވިޔަފާރީގެ ނަޒަރުން ބެލުމަށް 106 ވިޔަފާރިއެއްގެ ފަރާތުން މައުލޫމާތު ހޯދި އެވެ.
ކުޅުދުއްފުށީގައި ހުންނަ އާރުޓީއެލް ފެރީ ޓާމިނަލް..-- ފޮޓޯ: އެމްޓީސީސީ
ދިރާސާގައި ބައިވެރިވި ގިނަ މީހުން ބުނީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ގިނައިން ދަތުރުކުރީ އާރްޓީއެލްގައި ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ މީހުން ދަތުރުކުރީ، އެ ސަރަހައްދުގެ މައި ހަބް ކަމަށްވާ ކުޅުދުއްފުއްޓަށެވެ. އެއީ ޑޮކްޓަރަށް ދެއްކުމާއި ސިއްހީ އެހެން ފަރުވާތައް ހޯދުމަށެވެ. ދެ ވަނަ އަދި ތިން ވަނައަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ އެއާޕޯޓަށް ދާން ނުވަތަ ގާތް މީހުންނާއި ރައްޓެހިންނާ ބައްދަލުކުރުމަށެވެ.
ރާއްޖޭގެ އުތުރުގެ ގިނަ މީހުން ސިއްހީ ފަރުވާ ހޯދުމަށް އަބަދު =ވެސް ބަރޯސާވަނީ ކުޅުދުއްފުއްޓަށެވެ. އެކަމަކު، މިހާތަނަށް ދަތުރުފަތުރު އޮތީ ވަރަށް ދަތިކޮށް އަދި ވަގުތު ހޭދަވާ ގޮތަށެވެ.
ނަމަވެސް، އާރްޓީއެލްގެ ސަބަބުން، ސިއްހީ ހިދުމަތް ހޯދަން އެތައް ގޮތަކުން ފަސޭހަވެފައިވާ ކަމަށް މި ދިރާސާގައި ބައިވެރިވި 94 ޕަސެންޓް މީހުން ބުންޏެވެ.
"ފެރީ ޝެޑިއުލްތަކުގެ ސަބަބުން، ބަލި މީހުންނަށް އެއް ދުވަހު ރިޕޯޓާ އެކު ކޮންސަލްޓޭޝަން، ޓެސްޓު އަދި ޕޯސްޓް ޓެސްޓް ކޮންސަލްޓޭޝަންތަކަށް އަވަސް ބަދަލުތަކެއް ގެނެވޭ،" ދިރާސާގައި ފާހަގަކުރެވުނު ކަންތައްތަކަށް ފަހު އެފްޖޭއެސް ކޮންސަލްޓެންސީން ބުންޏެވެ.
"ގޭބިސީތަކަށާއި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭހާއި ފާމަޝޫޓިކަލް އައިޓަމްތައް ހޯދަން ފަސޭހަވޭ."
އާރްޓީއެލްގެ ސަބަބުން ބޮޑު ތިލަދުންމައްޗަށް އައި ބަދަލުތަކުގެ މައުލޫމާތުތައް، އެފްޖޭއެސް ކޮންސަލްޓެންސީން މީޑިއާތަކަށް މިއަދު ދެނީ.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ރަށުގައި ހުންނަ ހެލްތު ސެންޓަރުން ނުހެދޭ ޓެސްޓެއް ހަދަންޖެހޭ ނަމަ މީގެ ކުރިން ޖެހެނީ ކުޅުދުއްފުއްޓަށް ދާށެވެ. އެކަމަކު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އެމްޓީސީސީ އަދި އެ އަތޮޅުގެ ސިއްހީ މަރުކަޒުތަކުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ސާމްޕަލް ނަގައިގެން ފޮނުވޭ ހުރިހާ ޓެސްޓަކަށް ސާމްޕަލް ފޮނުވައިދެ އެވެ.
ދީނާ ވިދާޅުވި ގޮތުގައި، ބަލި މީހާގެ ހާލަތު ގޯސްވުމުގެ ކުރިން ފަރުވާ ހޯދާ ކަމަށް ހޮސްޕިޓަލްތަކުން މައުލޫމާތު ދީފައިވެ އެވެ.
ހައި ސްޕީޑް ފެރީއާ އެކު، ދަތުރުކުރުން އިތުރުވެ މަތީ ތައުލީމް ހާސިލްކުރަން ވެސް އެތައް ގުނައަކުން ފަސޭހަވެފައިވާ ކަމަށް، ދިރާސާގައި ބައިވެރިވި މީހުން ވަނީ ބުނެފަ އެވެ. ކުޅުދުއްފުށީގައި ހިންގާ އެމްއެންޔޫގެ ކެމްޕަސްގައި ހަފުތާ ބަންދުގައި ނަގާ ކްލާސްތަކާއި ބްލޮކް މޯޑުގައި ކިޔަވައިދޭ ކޯސްތަކުގެ އިތުރުން ކުޅުދުއްފުށީގައި ހިންގާ އެހެން ކޮލެޖުތަކުން ކިޔަވަން ދަތުރުކުރުމަށް ފަސޭހަވެއްޖެ ކަމަށް، މި ދިރާސާގައި ބައިވެރިވި 83 ޕަސެންޓް މީހުން ބުންޏެވެ.
"ޔުނިވާސިޓީ/ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވާ އެކި ރަށްރަށުން ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވުމަކީ، އިންސްޓިއުޝަނަލް ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިކޮށްދޭ ކަމެއް،" އެފްޖޭއެސް ކޮންސަލްޓެންސީން ބުންޏެވެ.
އާރްޓީއެލްއާ އެކު ސްކޫލާއި ކިޔެވުމަށް ބޭނުންވާ އެހެނިހެން ސާމާނު ހޯދުމަށް ވެސް ފަސޭހަވެފައިވާ ކަމަށް ބުންޏެވެ.
މި ދިރާސާގައި ބައިވެރިވި 89 ޕަސެންޓް މީހުން ވަނީ އެހެން ރަށްރަށުގައި ދިރިއުޅޭ އާއިލާ މީހުންނާއި ރައްޓެހިންނާ ވެސް، އާރްޓީއެލް ފެރީގެ ސަބަބުން ގުޅުން ބަދަހިވެފައިވާ ކަމަށެވެ. ހެޔޮ އަގެއްގައި ދަތުރުކުރެވޭތީ އާއިލީ ގުޅުންތަކާއި އިޖުތިމާއީ ގުޅުންތައް ދަމަހައްޓަން ބޮޑު އެހީއަކަށް ވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އާރްޓީއެލް ލޯންޗު ފެރީގެ އެތެރޭގެ ފޮޓޯއެއް ---ފޮޓޯ: ނިޝާން އަލީ | މިހާރު
އޭގެ އިތުރުން ސަރުކާރުގެ އިދާރާތަކުން ހިދުމަތް ހޯދުމަށް ވެސް ފަސޭހަވެއްޖެ ކަމަށް ބުންޏެވެ.
ދީނާ ވިދާޅުވި ގޮތުގައި ބޮޑު ތިލަދުންމަތީގެ ގޭބިސީތަކުން މީގެ ކުރިން ދަތުރުކުރަން މަހަކު އެވްރެޖުކޮށް 800ރ. ހަރަދުކުރާ ކަމަށެވެ. ނަމަވެސް، އާރުޓީއެލްގެ ސަބަބުން އެ އަދަދު އެތައް ގުނައެއް ކުޑަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި 10،500 ގޭބިސީ ހުންނައިރު، އެއީ އަހަރަކަށް ބަލާއިރު 100 މިލިއަނެއްހާ ރުފިޔާ އެވެ.
އެކަމަކު، އާރްޓީއެލްގެ ސަބަބުން ދަތުރުފަތުރަށް ކުރާ ހަރަދުން އެތައް މިލިއަނެއް ސަލާމަތްވެފައިވާކަން، އޭނާ ފާހަގަކުރެއްވި އެވެ.
ހައި ސްޕީޑް ފެރީއާ ހެދި ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވަޒީފާ އިތުރުވެފައިވާއިރު، ދަތުރުކުރުމަށް ކުރާ ހޭދަ ކުޑަވުމުގެ ނަތީޖާއެއްގެ ގޮތުން މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށް، ދިރާސާގައި ބައިވެރިވި މީހުން ބުނެފައިވެ އެވެ.
އެ ހިދުމަތުގެ ސަބަބުން ޖުމްލަކޮށް ތިލަދުންމަތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު، އާއްމު ދަތުރުފަތުރަށް ބޭނުންކުރާ އެ ފެރީގައި ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރާ މުދާ އުފުލޭ ގޮތެއް ނެތުމުގެ ކަންބޮޑުވުންތައް ވެސް މި ދިރާސާގައި ފާޅުކޮށްފައިވެ އެވެ. އެހެންވެ، އިތުރު ފަރާތަކާ ގުޅިގެން ކޮރިއަ ނުވަތަ މުދާ އުފުލޭނެ ގޮތެއް ހަމަޖެއްސުމަށް ލަފާ ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެހެންތޭ
21 September 2023
ތިޔާއީ ސަރުކާރުން އެކަނި ބުނާ އެއްޗެކޭ އެއްވެސް އެއްޗެއް ސަލާމަތްވާނެ ކަމަށް ހިސާބު އިލްމް ބުނެނުދޭ އާރުޓީއެލް ހިންގަނީ ފެށުނު ދުވަހުން %2000 ގެއްލުމުގައި ތިންވަނަ ފަރާތަކުން ތިކަން ރަނގަޅަށް ދިރާސާ ކޮށްފަެި ބުނަންވީ އޮޑިޓަރ ޖެނެރަލް ތިކަން އޮޑިޓް ކޮށްފައި ނެރޭ ރިޕޯރޓަކުން ބުނަންވީ އެއިރުން މަމެން ތިޔާ ކަން ގަބޫލުކުރާނީ..
ގަމާރު23
22 September 2023
ބުރާންޗާ އެކިޔަނީ އާރުޓީއެލް އޮޕަރޭޓް ކުރަން ފެށިފަހުން ރައްޔިތުންގެ ޖީބުން ހަރަދުކުރާ ލާރިން އަހަރަކު 100 މިލިއަން ސޭވް ކުރެވުނު ވާހަކަ. އާރުޓީއެލް އޮޕަރޭޓް ކުރަން ހިގާ ހަރަދެއްގެ ވާހަކަ މިތާކު ނުދައްކާ. ދޭބަލަ އަދުރޭ ކައިރިޔަށް ހިސާބު ކިޔަވަން.
ޙަސަން އަޙްމަދު
22 September 2023
އާރުޓީއެލް ފެރީ އިން ތިލަދުންމަތީ ސަރަހައްދުން ގެއްލުމެއް ނުވާނެ. ހަގީގަތަކީ އެހެން ސަރަހައްދުތަކުން ލިބިދާނެ ގެއްލުން ފޫބެއްދެނީ ވެސް ތިލަދުންމަތީ ދަތުރުތަކުގެ ސަބަބުން. އެނޫނީ ހަމައެކަނި ތިލަދުންމައްޗަށް އެކަނިނަމަ ތިޔަށް ވުރެ އަގުވެސް ހެޔޮކުރެވޭނެ.
ހުސެން....
23 September 2023
ކޮއްކޯ ކަލޯ ވާނުވާ އެބަ އެގޭތަ؟ ރައްޔިތުން އަތުން ސަލާމަތް ކުރެވޭނެކަމަށް ލަފާކުރާ ވަރޭ އެ ބުނަނީ... އާރްޓީއެލް އޮޕަރޭޓަރ އަށް ވަނީ ފައިދާތޯ ގެއްލުންތޯ އެއް ނުބުނެ އެއްނު....
ޢަލީ ބަލީ
21 September 2023
އާރު ޓީ އެލް ފެރީ ތަކަކީ ރައްޔިތުންނަށް ލިބުނު ވަރައްބޮޑު ފަސޭހައެއް. އެކަމާމެދު އެއްވެސް ސައްކެއްނެތް އެކަމަކު އެފަދަ ޚިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގަ ދެވޭނީ ކުރާ ޚަރަދު ދެކޮޅު ޖެހޭ ނަމަ. ޔަގީންކަމާ އެކު އެގޭ ކަމަކީ ލިބޭ އެއްޗަކަށް ވުރެ ޚަރަދު ބޮޑު ތަނުން އިތުރުވާނެކަން. އާރު ޓީ އެލް ފެރީތަކުން އެމް ޓީ ސީ ސީ އަށް ވާނީ ބޮޑު ގެއްލުމެއް!!
ދޮގެއް ނޫން
22 September 2023
އިންތިހާބް އައުމުގެ މާކުރިން މިކަން ތައާރަފް ކޮށްފި. ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ އެކި ރަށްރަށް ގުޅާލީމަ އަންނާނެ ކޮންމެސް ވަރެއްގެ ކުރިއެރުމެއް އެކިއެކި ރަށްރަށަށް. ސޯޝަލް ވެލްފެއަރ އަށްކޮށްދޭ ކަންތައްތަކަކީ އޭގެން ސަރުކާރަށް ޕްރޮފިޓް ލިބޭނެ ކަންތަކެއް ނޫން. އެކަމަކު އެހެންގޮތް ގޮތުން ފައިދާ ފެންނާނެ. މިސާލަކަށް ސްކޫލްތަކަށް ދެވޭތީ، ކިޔަވަިގެން ތިބި ކުދިން މުޖްތަމައުގަ އިތުރުވުން. ވިޔަފާރިތައް އިތުރުވުން. މިއީ އަޅުގަނޑު ގަބޫލްކުރާ ހަގީގަތް.
ކނހަބު
21 September 2023
އާރްޓީއެލް އަކީ ރަނަޅު ކަމެއް އެކަމަކު މިއީ ދައުލަތަށް ގެއްލުންލިބޭ ކަމަކަށް ވެގެން ނުވާނެ. މިހާރު މިކުރާ ގޮތުން ބެލެވެނީ މިއި އިންތިހާބަށް ކުރާ ކަމެއްހެން. މީގެ ހިސާބު ކިތާބު މޓސސ އިން ހިއްސާއެއް ނުކުރޭ.
ކަނބުރުގެ
21 September 2023
މޮޅެތި ވާހަކަ ދެއްކުން ނޫންކަމެއް އެބަ ކުރޭތަ؟ ރާއްޖޭގެ ދެކުނުގެ ރަށެއްގަ ކޮންމެ ދުވަހަކު އާރްޓީއެލް ބަސް ހެނދުނާ މެންދުރާ ހަވީރު ދުއްވާ. އޭގަ ދަތުރުކުރާ މީހަކު ހަރާން. އެވެސް ރައްޔިތުންނަށް އެތައް ގޮތަކުން ކޮށްދިން ލުއި ފަސޭހައެކޯ. މަށަށް ހީވަނީ ފެން އަޅައިގެން ދުއްވާ ބަސްތަކެއްހެން އެއީ.
ދޯޕައްޓާ
21 September 2023
ކ.މާލޭމީހުނަށް ގޯއްޗާއި ފުލެޓު ދޮޅަކަށްދޭއިރު ދައުލަތަށް ގެއްލުމެއްވޭތޯ ބަލާމީހަކު ނުހުރޭ.
ޕީއެންސީ
21 September 2023
ޕީއެންސީ ސަރުކާރު އައިސް ތިކަން ހުއްޓުވާނަން.
ހަރުދަނާ
22 September 2023
ދެން ރައްޔިތުންނޯ؟ މިކަމާ ހެދި ހާދަ ލުޔެއް ރައްޔިތުންނަށް ލިބޭ!ތީކީ ގޮތެއް ނޫނެއްނު؟ ތަންކޮޅެއް ހަރުދަނާކޮށް ވިސްނަން ފަށަންވީ ކޮއްކޮމެން. މޮޔަ ވާހަކަ ނުދައްކާ.
ދޮން
21 September 2023
100 މިލިޔަން ސަލާމަތް ވާއިރު 500 މިލިޔަން ސަބްސިޑީސް ސަރުކާރުން އެމް ޓީ ސީ ސީ އަށް ދޭކަމަށްވޭ ..މީ ރައީސް ގެ ގޯލު ހިސާބު ނޫންބާ.
ހުވޭ
21 September 2023
ދަތުރުފަތުރު ފަސޭހަކޮށްދީގެން ވޯޓެއްލިބިގެން ހޮވުނުނަމަ ޔާމީން ހޮވުނީސް. ބުރިޖުބޭނުންކުރާ މިންވަރު ތިއަށްވުރެ އެތައްގުނައެއް މާމަތި. ތަރައްގީ އޯކޭ ވައްކަމާ ކޮރަޕްޝަނާ އަޅުވެތިކަމާ އޯކޭއެއްނޫން.
ލައިޓް
21 September 2023
ސަތޭކައިގެ ހިދުމަތެއް! ށ. ފުނަދޫއިން ހއ. ގެ ދުރު ރަށަކަށް އަޅުގަނޑު އައީ އެންމެ 200 ރުފިޔާ އަށް.
ލައްޓި
21 September 2023
މަގޭވޯޓު މުއިޒަށް. އެކަމުޔާމީނުދޫކޮށްފިއްޔާ މުއިޒަކަށް ވެރިކަމެއްނުކުރެވޭނެ
ސކސޖިސިއ
21 September 2023
ކީއްވެހޭ ރާ އަތޮޅަށް ނުގެންނަނީ؟؟؟އާބާދީގެ 3 ވަނަ އަތޮޅު
ޝުކުރު
21 September 2023
އަލްޙަމްދު ލިﷲ. މާތް ﷲ އަށް ތިޔަ ކަމަށް ޝުކުރު ކުރާ ޙާލު ތިކަން ހެޔޮ ގޮތުގައި ކުރުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް މާތް ﷲ ހެޔޮ ގޮތް މެދުވެރި ކުރައްވަވާށި! އާމީން ހިތާމަ އަކީ ދިވެހި ރައްޔިތުންނަށް ތިޔަފަދަ ކަމެއް ވެސް މި ލިބުނީ ޤައުމު މިނިވަން ވިތާ އެތައް އެތައް އަހަރެއް ފަހުން ކަން. ތިޔައީ މީގެ 30 ވަރަކަށް އަހަރު ކުރިން ވެސް ލިބިފައިވާން ޖެހޭނެ ފެންވަރުގެ ކަންކަން ކަމުގައި އަޅުގަނޑު ދެކެނީ. ވެރިން މިކަންކަމާއި މެދު ވިސްނަވާނަމަ އެވެ.
މިވެސް ދުވަހެއް
21 September 2023
މީވަރަށް ބޮޑު ތެދެއް. 30 އަހަރު ކުރިން ފާޚާނާ ތައްޓަށް ސީވެސް ލެވެން ޖެހޭނެ. އެކަމަކު އޭރު އަހރެން ފާޚާނާ ތައްޓެއް ނުދެކެން. ތަށި ފެނުނީ އެ 30 އަހަރު ކުރި މަސައްކަތުގެ ކޮޅުމަތިން. މިއަދު އެންމެންނަށް ތަށި ފެނިއްޖެ. ޢެ 30 އަހަރު ފާއިތުވިއިރު. ހުރިހާ އެންމެން ސީލަނީ ފާޚާނާ ތައްޓަށް. 30 އަހަރުގެ ވާހަކަ މިވަރުން ފުދޭ. 1978 ވަނަ އަހަރު މާލޭގެ ކޮންމެ ގެއަކު ބުންތޫރަ ކޮޅެއް "ހަންޑެސް ބުރި" ކިޔާ ސީލާން ވަޅުޖަހަން ވަކިތަނެއް ހުރޭ. 30 އަހަރުން ފިލައިފި.