ޚަބަރު / ހުޅުމާލެ

ހުޅުމާލެ އަށް އިތުރުކުރާ 63 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަނީ: -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހުޅުމާލެ އަށް އިތުރުކުރާ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. އެކަމަކު ޕްރޮޖެކްޓްގެ އަގާއި އެ ބިން އެއްކޮށް ހިއްކައި ނިމޭނެ ތާރީހެއް އާބަންކޯ އިން އަދި ނުބުނެ އެވެ.

ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓާ ކުންފުނި، އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ފޭސް 3 ހިއްކައި ނިމުމުން ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ ފޭސްތަކާ އެއްގޮތަށް އާ ބިމުގައި ވެސް ލުއިފަސޭހަ ވާނެހެން ގިނަ ހިދުމަތްތައް ދޭނެ ކަމަށެވެ.

ފޭސް ތިނެއްގައި ވެސް ބްރިޖާއި ޕާކުތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމަށް ފުރުސަތުތައް ހުޅުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެ އިން އިތުރަށް ހިއްކަނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ.

އާބަންކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފޭސް ތަކަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފޭސްގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭ ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގައި އުޅަނދުތަކެއް އަޅާފައި. ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކަމަކު، ފޭސް 3 ގެ ތަފުސީލީ ޕްލޭނެއް އަދި އާބަންކޯ އިން އާންމެއް ނުކުރެ އެވެ.

ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތްތައް އާބަންކޯ އިން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުނިންނެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.

މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމި އިރު ހުޅުމާލެއިން 1،400 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރޭގައި މިއަދު ހިއްކަން ފެށި ހުޅުމާލެ ފޭސް 3 ވެސް ހިމެނެ އެވެ.

ހުޅުމާލެ ހިއްކަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ 1997 ގަ އެވެ. އޭރު ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، ދެވަނަ ފިޔަވަހި ހިއްކީ އެ މަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ.

32 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

23 September 2023

ޑރ މުއިއްޒު ވިދާޅުވަނީ "އެއްރަށްދައުލަތް ސިޔާސަތުދޫކޮށް" ޤައުމީ ތަރައްޤީގެ ޕްލޭނެއްގެ ދަށުން ތަރައްޤީގެ މަޝްރޫއު ފައްޓާނެކަމަށް. # އުއްމީދަކީ ޙަޒާނާ ކ.އަތޮޅު ކަނޑު ފަޅަށް ތަޅާ ހުސްކޮށް "ކުލީ އަޅުންގެ ގޮތުގައި" ތިރަށަށް ޖަމާކުރުމުގެބަދަލުގައި ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ވިލިގިލި، ފަރެސްމާތޮޑާ އަދި އައްޑޫ ބިންހިއްކާ ވަސީލަތްޤާއިމްކޮށް މިކަމުން މިންޖުކޮށް ދިނުން.

The name is already taken The name is available. Register?

ހުސޭނާބި

23 September 2023

ބްރޯ، ފޭސް1ގެ ފަޅުވެސް އެއްކޮށް ހިއްކާލާ.... މާލޭގެ ފަޅުވެސް

The name is already taken The name is available. Register?

ހުސޭނާބެ

23 September 2023

ފަހުނޭވާގައި....

The name is already taken The name is available. Register?

ހަވަރު ތިނަދޫ ސިޓީގެ "މޭރު"

23 September 2023

ގދ.ހަވަރު ތިނަދޫގަވެސް 64 ހެކްޓަރު ބިން ހިއްކާފަ އޮންނަތާ 8 އަހަރުވަނީއެވެ. ލޭންޑްޔޫސް ޕްލަެނެއް ނެހެދިގެންނޯ ގޯތި ނުދީގެން އެނީ. ތަންތަން އިތުރަށް ނުހިއްކާ މިހާރު ހިއްކާފަ ހުރި ބިންތަކުން ގޯތިދެވޭތޯ ބަލާބަލަ ފުރަތަމަ. ވަރަށް ސާފު ތިނަދޫއިން ގޯތި ނުދެނީސް ވޯޓު އަޅާކަށް ނުނިކުންނާނަން. މަށަށް ވަރިހަމަ ކޮންމެމީހަކު ވެރިކަމުގަ ހުއްޓަސް

The name is already taken The name is available. Register?

ކަނބިލި

23 September 2023

ވޯޓު ހޯދުމަށް ޓަކައި ކޮންމެ ކަމެއް ވެސް މިވެރިން ކޮށްފާނެ. ވެރިކަމުން ފައިބައިގެން ދަމުން ސިއްރު އެގްރީމެންޓެއްގެ ދަށުން ބޭރު ބަޔަކަށް ގައުމު ވިއްކާލަން ވެސް ފަހަތަކަށް ނުޖެހޭނެ. ތަރައްގީކުރާނެ ތަރައްގީގެ ޕްލޭނެއް އޮއްވާ އެއްވެސް ކަމަކަށް ވިސްނާލުމެއްނެތި ހިންގާ ބޮޑު ޖަރީމާއެއް.

The name is already taken The name is available. Register?

ސޖއކސޖޮއސޮ

23 September 2023

އިބޫ އަކީ ހިކުމަތްތެރި ވެރިޔެކޯ... ހެއްކަކީ ކޮވިޑު މެނޭޖު ކުރިގޮތޯ ކައިރީގެ އުޅޭ ގުނބޯލަތައް އެބަ ކިޔާ...

The name is already taken The name is available. Register?

ދުންމާރި އާދަނު

23 September 2023

މިހަފްތާތެރޭގަ ވާނެ ގޯތިކޮމިޓީ މެމްބަރުންނާ ދެންވެސް ތިބި ގާތްމީހުންނަށް ތިޔަ ބަހާލާ ހުސްކޮށްލަން. އިންސާފުވެރިވެވޭނީ މިހާކަށްވަރަށް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 September 2023

"ކުލީއަޅުން އިތުރުކުރުމުގެ އާ ޕްރޮޖެކްޓެއް" ފެއްޓެވީތޯ! ރާއްޖޭގައި މިއޮތް "ވިރާސީ ރަސްކަމެއްގެސިފައަށްހިންގާ ރިޔާސީ ނިޒާމްގެބަދަލުގައި، ފެޑަރަލް ޕާލަމެންޓަރީ ސިސްޓަމެއް ގެނެސްގެން ނޫނީ" މާލޭސަރުކާރުން ގެންގުޅެމުންމިދާ "އެއްރަށްދައުލަތް ސިޔާސަތު" ބަދަލުކޮށް ރާއްޖެ އިދާރީޤާނޫނީ 3 ސަރަޙައްދެއްގެގޮތަށްހިންގާން ފުރުސަތުލިބި، ތުރާކުނުން އައްޑުއާއި ދޭތެރޭ މީހުންދިރިއުޅޭ ރަށްރަށުގެމައްޗަށް "އަދުލު ވެރިކަމާއިއެކު" ވެލްތް ޑިސްޓްރިބިއުޓް ކުރަން" ޖާގަނުދޭނެ.

The name is already taken The name is available. Register?

އޮނަރަބްލް ޔަހުޔާ

23 September 2023

އޮނަރަބްލް އަފީފު ދީދީ މިމާލެއަށް ފެއްސިގަނެގެން އުޅެނީ ކުލީއަޅެކައްނުވެތޯ، ތިޔަބޭނުންވެގެންއުޅޭ ބަރުލަމާނީ މިތާކަށް ނުގެނެވޭނެ އެއީތިކަހަލަ ދެއުޅިއެއްނުވާ 15% މީހުންގެ ވިސްނުމެއް. ނިކަންބަލާގެންހުރެ ވޯޓް ނެގީމައިއަންނަ ނަތީޖާއަށް.

The name is already taken The name is available. Register?

1206

23 September 2023

ސާބަހޭ. މި ސަރުކާރަށް ކެމްޕޭން ކޮށްފައި ބަހައްޓާ. ބޮޑުތަނުން ބަލިވާނެ އިރާދަކުރެެއްވިއްޔާ. މިއީ ވަކި ފަރާތަކަށް ވިކި ހުސްވެފައިވާ ބަޔެއް.

The name is already taken The name is available. Register?

ސެންޗޯޯ

23 September 2023

ތި ހުއްޓޭނެ ސަފާރީ ތަކާ ހަމައަށް ނުދަނިސް. ހަމަ ވޯޓަށް ޖަހާ ކަޑަތީ

The name is already taken The name is available. Register?

ހުސެން803

23 September 2023

ބިންވެރިންނަށް އެތައް މިލިޔަން ރުފިޔާގެ އަގުބޮޑެތި ބިން ދިނުމަށް ބިންހިއްކުމަށް ސަރުކާރު ހޭބޯނާރާ އުޅޭތަން މިހާރު ފެނިގެންމިދަނީއެވެ. ނަމަވެސް ނިކަމެތިންނަށް އޮތް ދާއިމީ ފުލެޓްލިސް މިނެރީ މިނެރީ ޖަހާލަ ޖަހާލާ ތިބެނީއެވެ. މިކަން ކަށަވަރު ނުވަންޏާ މިސަރުކާރަށް ދޭނެ ވޯޓެއް ނޯންނާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454