ހދ. ކުޅުދުއްފުށީގައި ބަހުގެ ދަތުރުތައް ފެށުމަށް ކުރި ފުރަތަމަ ދަތުރު-- ފޮޓޯ: މިހާރު
28 ސެޕްޓެމްބަރ 2023 - 10:51
ހދ. ކުޅުދުއްފުށި ގައި އާރްޓީއެލް ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ބަހުގެ ދަތުރުތަކުގެ ޓެސްޓިން މަރުހަލާ ކަމަށެވެ. ޓެސްޓިން މަރުހަލާގައި ހިލޭ ދަތުރު ކުރެވޭނެ އެވެ.
ރާއްޖޭގެ އުތުރުގެ ވިޔަފާރީގެ މައި ހަބް ކަމަށްވާ ކުޅުދުއްފުށީގައި ފެށި މި ހިދުމަތުގައި ކަސްޓަމަރުންގެ ތަޖުރިބާ އާއި ލިބޭ ހިޔާލުތަކާ އެކު ހިދުމަތް އިތުރަށް ރަނގަޅު ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކުޅުދުއްފުށީގައި ބަސް ދަތުރުތައް ފެށުމުގެ ގޮތުން ކުރި ދަތުރެއްގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް (ކ) ބައިވެރިވެ ވަޑައިގަނަންވަނީ. -- ފޮޓޯ: އެމްޓީސީސީ
އެމްޓީސީން ހއ. ދިއްދޫ އާއި ލ. އަތޮޅާއި ފުވައްމުލައް އަދި އައްޑޫގައި އަންނަނީ ވެސް އާރްޓީއެލް ބަހުގެ ހިދުމަތް ދެމުންނެވެ. އަދި މާލެ ސަރަހައްދުގައި 12 ވަރަކަށް ރޫޓުން ބަސް ދަތުރުތައް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
28 September 2023
ދައުލަތުން ސަބްސިޑައިޒް ކޮށްގެން ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނި MTCC މުޅި ރާއްޖެއަށް އެއްގަމާއި ކަނޑުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ފުޅާކުރާއިރު އެ ހިދުމަތް ހޯދަން އާންމުންނަށް ބާރުއަޅާ ސިޔާސަތެއް ސަރުކާރުން ގެންގުޅެން ވާނެ. # މިގޮތުން އެންމެފުރަތަމަ ކުރާންޖެހޭކަމަކީ ކ.ހުޚުމާލެ ބްރިޖުން ދަތުރުކުރުމަށް ޕްރައިވެޓް ހުރިހާ ވެހިކަލްތަކުން (ސައިކަލްވެސް) ފީއެއްނަގާން ކަޑައެޅުން. އާ ސަރުކާރާއި އެކު މިދެންނެވި ބަދަލު ގެނެސް ފީ ނެގުން ރަނގަޅު.
ހުސެންބެ
28 September 2023
ވޯޓް ޗިޕް ނުހިގާނެ… ތީ ވޯޓަށް ކަޑަ ޖެހުން