ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ސްކައި ލައިޓް އެޑްވަޓައިޒްއިން އިންތިޒާމްކޮށްގެން ރަސްފަންނު ސަރަހައްދުގައި ކުރިޔަށްގެންދާ މާލެ ސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓްގެ ތެރެއިން--. ފޮޓޯ: ނިޝާން އަލީ/މިހާރު
01 އޮކްޓޯބަރ 2023 - 13:14
ނައިޓް މާކެޓް ހިންގުމުގެ ހުއްދަ ދެން ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ކަނޑައަޅައިފި އެވެ.
ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުން މީގެ ކުރިން އޮންނަނީ ސިޓީ ކައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ މައްޗަށެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު އިސްލާހުކޮށް ގެޒެޓް ކޮށްފައިވާ އުސޫލަށް ވަނީ ހަ އިސްލާހެެއް ގެނެސްފަ އެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ފެއާ އާއި ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމަށް ދެން ހުއްދަ ދޫކުރާނީ މިނިސްޓްރީން ކަމަށެވެ.
ނައިޓް މާކެޓް ބޭއްވުމަށް އެދި ހުށަހަޅަން ޖެހޭނީ އޮންލައިން ފޯމަކުން ކަމަށާއި ހުއްދަ އަށް އެދި ހުށަހަޅާތާ ފަސް ދުވަހުގެ ތެރޭގައި މިނިސްޓްރީން ނިންމި ގޮތް ހުއްދަ އަށް އެދި ހުށަހަޅާ މީހާއަށް އަންގާ ގޮތަށް ވެސް އުސޫލު ވަނީ އިސްލާހުކޮށްފަ އެވެ.
މާކެޓް ބާއްވާއިރު ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ ވިޔަފާރި ކުރެވޭ ގޮތަށް ބާއްވާނަމަ ބޭއްވޭނީ މުނާސަބަތަކާ ގުޅުވައިގެން ކަމަށް މިނިސްޓްރީގެ އުސޫލުގައިވެ އެވެ.
މާކެޓް ބާއްވާ އުސޫލުގައިވާ ކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ނުވަތަ އުސޫލާ ހިލާފުވެއްޖެ ނަމަ ހުއްދަ ދޫނުކުރުމާއި ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެބޫހުއްތު
02 October 2023
ވެރިކަމައް އައީ ލާމަރުކަޒީ ވިއްކާފަ ..
ހަސީނުބެ
02 October 2023
މިއީ ލާމަރުކަޒީ ސަރުކާރު ދެއްތޯ؟ ބަހާއި އަމަލާއި ދިމާވާ ހަމަ އެއްކަމެއްވެސް ނެތީމަ ރައްޔިތުން ނިކުމެ ބޮޑުތަނުން ވޯޓުން ތަޅާ ބަލިކޮއްލީ!
ބޭހޮއްކޮ
01 October 2023
ތިއޮތީ ލާމަރުކަޒީ ގިރައިގެން ބޮއެފަ
އާދަނު33
01 October 2023
ބޭކާރުކަމެއް. މުޅިތަން ހަޑިކޮށްފައޮންނަނީ ހީވަނީ ފަގީރު އަވައްގަޑެއްފެންނަހެން.