އިންތިހާބީ ރައީސް މުއިއްޒު، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ (ކ)، އާއި މަންމަ އަދި ދޮންބައްޕަ އާއި މުއިއްޒުގެ އެއްބަނޑު ކޮއްކޮ ސައުދާ، ވޯޓުލާން ދިއުމުގެ ކުރިން އިއްޔެ ނެންގެވި ސެލްފީ.
01 އޮކްޓޯބަރ 2023 - 17:55
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެންމެ ބޮޑު އުފަލެއް ލިބިވަޑައިގެންނެވި އެއް ބޭފުޅަކީ އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ މަންމާފުޅު ހުސްނާ އާދަމެވެ.
މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި މުއިއްޒު ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސްކަމަށް ހޮވުނުކަން ޔަގީންވުމާ އެކު އެމަނިކުފާނުގެ ގެކޮޅު، މ. ދިމްޔާތަށް އައީ "ބޮޑު އީދެކެވެ." މާފަންނު ކޮޅުގައި ހުންނަ ގެކޮޅުގައި އަނިކަނބަލުން ސާޖިދާ މުހައްމަދުގެ އާއިލާއެކު އެންމެން ވެސް ތިބީ މުއިއްޒުގެ އިންތިޒާރުގަ އެވެ.
ހ. މީރުމާގައި ބޭއްވި ނިއުސް ކޮންފަރެންސްއަށް ފަހު މުއިއްޒު ދިމްޔާތަށް ވަޑައިގަތުމުން މާބޮނޑިއަކާ އެކު އެމަނިކުފާނަށް މަރުހަބާ ދެންނެވީ މަންމާފުޅު ހުސްނާ އެވެ. އަދި އުފަލުގެ ކަރުނައާއެކު މުއިއްޒުގެ ގައިގައި ހުސްނާ ބައްދާލެއްވީ އެވެ. އެވަގުތު ކައިރީގައި ދޮންބައްޕަ ވެސް ހުންނެވި އެވެ.
މުއިއްޒުގެ މަންމާފުޅާއި ދޮންބައްޕަ އަދި އަނބިކަނބަލުން ސާޖިދާގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ދިމްޔާތުގަ އެވެ.
އެތަނުގައި ހުރި މީހަކު ބުނީ އިންތިހާބުގެ ނަތީޖާއަށްފަހު ދެ ފަރާތުގެ އާއިލާއިން ވެސް ތިބީ މުއިއްޒަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށެވެ.
"ޕްރެސް ނިންމާފައި ގެއަށް ވަޑައިގަތުމުން އެންމެންނަށް ވެސް ވަރަށް ފުން އަސަރެއް ކޮށްފައި ތިބީ." އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖުތާޒު
01 October 2023
ﷲގެ ރަހުމަތްފުޅުން އަދި އެކަލާގެ އޯގާވަންތަވެރިކަމުން 5 އަހަރުފަހުނއވެސް ހުންނަވާނީ އުފަލުގަ އާމީން
ރަދީފު ބިން ރަފައިދާ
01 October 2023
ކޮންމެމީހެއްގެވެސް އެންމެފުރަތަމަ ފޭނަކަށް ވާނީ އެމީހެއްގެ މަންމަ.
ކަތްދައްތަ
01 October 2023
ތިޔަ މަންމަގެ ލޮބުވެތި ދަރިކަލުންނަށް މިދުނިޔެމަތީގައި އެޙަވާލުވެވުނީ އުފުލައިގަންނަން ބުރަ ބޮޑު އަމާނާތަކެވެ. ދަރިކަލުންނަށް ލިބުނު ކާމިޔާބީގައި އުފުލާއެކު އެދަރިފުޅާ ބައްދަލުކުރި ފަދައިން ދަރިކަލުންގެ ވެރިކަމުގައި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ ރައްޔިތުންނަށް އަނިޔާ ކުރާނަމަ ހަމަ އެންމެ ފުރަތަމަ ތިޔަ މަންމަ އިސްވެ ނުރުހުމާއެކު ދަރިފުޅުގާތަށް ގޮސް ނަޞޭހަތްދޭށެވެ. ވެރިންނަކީ ރައްޔިތުންގެ ކަންކަމާމެދު ސުވާލުވެވޭނެ ބައެކެވެ.(އހ)
ދޮހޮއްތު
01 October 2023
މަރްހަބާ …ހަވާލޭ ގައުމް.. ސާފު ބާރު ދުވެލީގަ ގައުމުގެ ހުންގާނުގައި ހުންނަވައި ގައުމައިގެން ކުރިއައް ވަޑައިގަންނަވާ
ކަޅިޗީ
01 October 2023
އުފަލުގެ ކަރުނަ މީގެ 5 އަހަރުފަހުން ހިތާމައިގެ ކަރުނައަކަށް ބަދަލު ނުކުރައްވާތޯ ދުއާ ކުރަން.
އަފްރާސިޔާބު
01 October 2023
ފިތުރަތުގެ އުސޫލާ ދެކޮޅު ހަދާނީ ކީއްވެބާ؟