ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު: މާދަމާއަކީ ބަންދު ދުވަހެއް ކަމަށް ވިޔަސް މަޖިލީހުގެ ޖަލްސާ އޮންނާނެ-- ފޮޓޯ: މަޖިލިސް
01 އޮކްޓޯބަރ 2023 - 17:39
ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ގާނޫނު އަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އަދި މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން އެޖެންޑާކޮށްފި އެވެ.
ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށްފަހު އެ ބިލް ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު އެވެ.
ނަމަވެސް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ އިއްވާނެ އެވެ.
މަޖިލީހުން ކުރިން އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް އޭރު އެގޮތަށް ފާސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހަށް ލިބޭ ބާރުގެ ތެރެއިންނެވެ.
ނިޒާމީ ވޯޓާ ގުޅޭގޮތުން މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވިޔަސް ރައްޔިތުންނާ އަހަންވީ ކޮން ސުވާލެއް ކަން އެ ގަރާރުން ސާފު ނުވާތީ އެކަން ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ. މާދަމާގެ ޖަލްސާއަށް ވަނީ މި ސިޓީއާ ގުޅޭ މައްސަލަ ވެސް އެޖެންޑާ ކޮށްފަ އެވެ.
ބަރުލަމާނީ ނިޒާމުގެ ވޯޓާ ގުޅޭ ގަރާރު މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އިރު އެ ކޮމިޝަނުގެ ނިންމުމަކީ އަންނަ މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕިއަށް ކުރިމަތިވި ނާކާމިޔާބަށް ފަހު އެ ޕާޓީން ވަނީ ބަރުލަމާނީ ތާއީދު ކުރުމަށް ދެކޮޅު ހަދައިފަ އެވެ. މަޖިލިސް ތެރެއިން ކަމެއް ފާސްކުރާނަމަ އެމްޑީޕީ މެންބަރުންގެ ތާއީދު މުހިންމު ވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާތިބު
02 October 2023
ތިޔައީ އިންތިގާލީ މަރުހަލާގައި ނުކުރެވޭނެ ކަމެއް. އަދި ކިއެއްތަ ތިޔަކަމެއް ކުރަން 2023 ގެ ބަޖެޓަކު ނެތް. އެހެންވީމަ ވެރިކަން ބަދަލުވުމަށް މިއޮތް ސާޅީހަކަށް ދުވަސްތެރޭ މުޅި ދައުލަތް ހިނގާ ގޮތް ބަދަލުކުރަން ފޫގަޅައިގެން ތިޔަ ނުކުންނަނީ ކޮންފަދަ ގާނޫނީ ލަފައަކާ ކޮންފަދަ ގައުމީ ފިކުރެއް އޮވެގެންތޯ؟ މިކަމާ ރައްޔަތުންގެ މަންދޫބުން މިއަދު ފުންކޮށް ވިސްނާ ރައްޔަތުންގެ ނިންމުމަށް އިޙްތިރާމްކޮށް ތިޔަ އިސްލާޙު ބަލައި ނުގަތުމަށް ގޮވާލަން.
ޢެމެރިކާ
02 October 2023
އަމިލްލަ އެދުމުން ފޯވެފަ.
ކަތްދައްތަ
01 October 2023
މީނާ ކުޅޭނެ ކުޅިއެއް ކުޅެން ސާލިހު ދީގެން ހުންނާތީ މައްސަލައަކީ. ހިފަންޏާ ހިފާފަ އެކީއެކައްޗަކަށް ދުރުވާންޖެހޭ.
އަކްމެޑް
01 October 2023
ޕާކިސްތާނުގަ ބަރުލަމާނީ. ޑުބާއީގަ ވިރާސީ ރަސްކަން. މައްސަލައަކީ ނިޒާމުގެ މައްސަލައެއް ނޫން
ޤައުމުގެދިރުން
01 October 2023
ރައްޔިތުން މި ފުރުޞަތު މި ކަލޭގެ އަށް ދީގެން ނުވާނެ. މި ކަލޭގެ ބޭނުންހައި އެއްޗެއް ހަދަން މި އުޅެނީ.
ބެއްޔާ
01 October 2023
ކެރެރީގޭ ނަޝީދުގެ އަމިއްލަ އަތުން އަމިއްލަ ސިޔާސީ ހަޔާތް ކަފުންކޮށް ފަސްލައިފި. ވައްސަލާމް. މިހާރު އަންނި އަށް ތާއީދުކުރާ ފަސްހާސް މީހުން މިރާއްޖޭން ނުކުތަށް ބާކީ ދުނިޔޭގަ އޮތްހާދުވަހު ލުނު ހަރާން.
ތެމާ
01 October 2023
މިމަސް ނުނިމެނީސް ކަލޭމެން އަންނި އާއި އީވާ ރިޔާސަތުން ބާލަބަލަ. ކޮންފަދަ ބޮޑު ދުއްޕާނެއް. ތި ނިޒާމީ ވޯޓް ނަގާނަމަ ނަގަންވާނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ނުވަތަ ކައުންސިލް އިންތިޚާބާއެކު. ވަކިން 40 މިލިއަން ޚަރަދުކޮށްގެން ތިކަން ކޮށްގެން ނުވާނެ. އަދި ނިޒާމް ބަދަލުވިޔަސް އެކަންކުރަންޖެހޭނީ މުއިއްޒުގެ ދައުރު ނިމުމުން. އަންނިގެ ސިޔާސީ ޙަޔާތް މި މަޖިލިސް ދައުރާއެކު ޚަތިމް ވާނެ އިރާދަ ކުރެއްވިއްޔާ.
މުސްރިފް
01 October 2023
މީ އަޅެކިހިނެތްވެގެންއުޅޭމީހެއްތަ ވެރިކަމާހެދި މޮޔަބޮލަށްއަރާފަ އިނގިރޭސިވިލާތަށްދޭބަލަ ބަރުލަމާނީކުޅެން ކިހާބޮޑުމުޞީބާތެއް
ބޮއްބެ
01 October 2023
ޕޯޑިއަމަށޭ. ދެން ނުވިސްނާ. އަންނި ކިޔާ މީހަކު ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގަ އުޅުނު. އެއީ މާޒީ. ދެން ދުވަހަހަކުވެސް އަންނި އެއް ނާންނާނެ. މިހާރު އަންނި އަށްވެސް އެކަން ވިސްނޭނެ. އަންނިއަށް ވަރަށް ފުރިހަމަޔަށް ވަގުތު ލިބުނު. އާދޭސްވެސް ކުރި. ނުވިސްނުނު. މިހާރު ވަގުތު ފާއިވެއްޖެ. އަންނިގެ ކަންތަކުން ދިވެހިން އުމުރަށް ސަލާމަތްވީ. އިބޫ އަށް ސާބަސް. ދަމުން ތިދިޔައީ އަންނިގެ ކަންތަށް ނިންމާފަ. އަލުން އެމްޑީޕީ އާއެކު އިބޫ ތެދުވޭ. ތާއީދު އެބައޮތް އިގޭތޯ.
ނުރަބޯ
01 October 2023
ނިޒާމު ބަދަލުކުރިޔަދީގެން ނުވާނެ. މީ ކީއްވެގެން އުޅޭ މީހެއްތަ؟