ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
02 އޮކްޓޯބަރ 2023 - 12:02
ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ގާނޫނުއަސާސީ އަށް ގެންނަ އެއްވެސް ބަދަލެއް އެމަނިކުފާނު ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ވޯޓަކަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމާ ބެހޭ ގާނޫނަށް މިހާރު ހުށަހަޅައިގެން އުޅޭ އިސްލާހު މަޖިލީހުން ފާސްކުރެވޭނީ 75 ޕަސެންޓް ވޯޓު ލިބިގެން ކަމަށެވެ. އަދި ވިދާޅުވީ، މަޖިލީހުން ނިންމައިގެން އަޔަސް، އެ އިސްލާހެއް ތަސްދީގު ކުރައްވަން ރައްޔިތުންގެ އާން ބަސް ބޭނުންވާނެ ކަމަށެވެ.
"[ތަސްދީގުކުރަން] އަޅުގަނޑަށް ފޮނުވީމާ އެ ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ބަހެއް ހޯދައިގެން. ގާނޫނުއަސާސީގެ އެފަދަ މާއްދާއަކަށް ބަދަލު ގެނަންޏާ އެއީ ގާނޫނުއަސާސީގައި އެކަން ކުރަން އޮތްގޮތް. އެހެންވީމަ އެ ޕްރޮސެސް އައީމަ އަޅުގަނޑު ދާނަން ރައްޔިތުން ކައިރިއަށް،" ރައީސް ވިދާޅުވި އެވެ.
"ރައްޔިތުން [އެ ބަދަލު ގެންނަން] ގަބޫލުނުކޮށްފިއްޔާ އަޅުގަނޑަކަށް ތަސްދީގެއް ނުކުރެވޭނެ."
ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ދެން އަންނަ ފަސް އަހަރަށް ރައްޔިތުން ވެރިއަކު އިންތިހާބުކޮށްފި އެވެ. ރައްޔިތުންގެ އެ ބޮޑު ނިންމުން ބޮލާލައިޖަހައި، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫނެވެ.
ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށް ފަހު، އެ ބިލު ރައީސް ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ.
ނިޒާމު ބަދަލުކުރުމުގެ މަސައްކަތަށް ބޭނުންވާ ކަންކަން މަޖިލީހުން ނިންމަން މަސައްކަތް ކުރަމުންދާއިރު، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އިސްލާހެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ ބިލު ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ، އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށެވެ.
މަޖިލީހުން ކުރިން އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް އޭރު އެގޮތަށް ފާސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހަށް ލިބޭ ބާރުގެ ތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
02 October 2023
1.4 ބިލިއަން ބަދަލަށް ބެހީ ރައްޔިތުން ކައިރީ އަހާފަތޯ
ބޮޑުމީހާ
02 October 2023
ކޮބާހޭ ފްލެޓްތައް! ޕޯޓަލްއަކުން ލިބެއޭ ޖެހިޔަސް އަދި ނުވާނެ. އިންތިހާބު ނިމުނަސް ދޭން ވައުދުވީ ފްލެޓްތައް ކޮބާހޭ؟ ނިޒާމަކަށް ވުރެ މުހިންމީ ވަންނާނެ ބޯހިޔާވެހިކަމެއް
ނިލިސް
02 October 2023
ޝުކުރިއްޔާ ރައީސް ޞާލިޙް
އިނގިރޭސިވިލާތުގަ ވެސް ބަރުލަމާނީ
02 October 2023
ބަރުލަމާނީ ގެނެވޭނެ ރައްޔަތުން ކައިރި މެޖޯރިޓީ ދެޕާޓީގެ ލީޑަރުން އެކަމަށް އެދުނީމަ ވީހޭވް 2 ރޫހާނީސް ދެޓްއިޒް އަންނި އެންޑް ޔާމީނު
އެދުރުކަލޭގެފާނު
02 October 2023
އަންނި ރައްޔިތުންނޭ ކިޔައިގެން ވެރިކަން ހޯދަން ގެންނަން އުޅޭ ތިޔަ ނިޒާމަކީ ދިވެހިން ތާއީދުކުރާ ނިޒާމެއް ނޫނެވެ. ފައްޔަޒުއާއި ނަޝީދު އަދި ރޮޒެއިނާވެސް ޖެހެނީ ސިޔާސީ މައިދާނުން ބޭރުކުރާށެވެ.
ސސސސސސ
02 October 2023
ރައްޔިތުންކާރިނާހާ ރައްޔިތުންގެމަޖިލިހުގެ މެންބަރުންވެސް އިންތިހާބުކުރެވެންޖެހޭ. ޔައްޔިތުންގެ މަޖިލިސްމެންބަރުންގެ ހޮވުމުގެބާރު ބޮޑުވަޒީރަ ދޭންޖެހޭ. އަދި ހަފްތާގެ ދުވަސްތައް ބަދަލްކުރުމުގުބާރު ރައްޔިތުން މަޖިލިހަ ލިބެންޖެހޭ.
ކްރޭޓޯސް
02 October 2023
ނަޝީދަކީ މި ގައުމުގެ ހަލާކު!
އެލޮކޮސް
02 October 2023
މި %7 ށް ނުނިދިގެން މިއުޅެނީ ކީއްވެގެންހޭ؟ ނިކަން މަޖިލީހުން ފާސްކޮށް ތަސްދީދު ކޮށްބަލަ މަގުމައްޗަށް ނުކުންނާނީ އެންމެންގަނޑު ބަލާ ޖަލަށްލާން. ރައްޔިތުންނޫނެކޭ ބުނެފައޮތްކަމަކަށް ކެނެރީގޭ ސޮރަށް ވެރިކަމަަށްނާދެވިގެން ކުރާ ހުރިހާ ކަމަށް ދިވެހިރައްޔިތުން ރައްދުދޭނެ. ދެން އޮތީ މިގައުމުން ކެނެރީގޭ ސޮރުބާލަންދެން މަގުމަައްޗަށްނުކުމެ މުޒާހަރާކުރުން. އިންޝާﷲ މިކަންވެް ކުރާނަމު
އޮނަރަބްލް އަފީފު ދީދީ
02 October 2023
ދައުލަތުގެ ބަންޑާރަ ނައިބަށް އެގުމެއްނެތި ރާއްޖޭގެ ކަނޑުގެސަރަޙައްދުގެ މައްޗަށް މޮރިޝަސް ސަރުކާރުން ދިވެހިދައުލަތާއި ދެކޮޅަށް އިޓްލޮސްގައި ކުރި ދައުވާއަށް (އެމީހުނަށް ބާރުލިބޭގޮތަށް) ބޭޅާގެ ފޮރިންގ މިނިސްޓަރ މެދުވެރިކޮށް ފޮނުވި "ސިއްރު ސިޓީ" ފޮނުވީ ރައްޔިތުނަށް އެގިގެންތޯ!؟ އަދި ސަރުކާރު ޒިންމާދާރުކުރުމާއި ޤާނޫނުހެދުމުގެ ބާރުކަމަށް ދައުލަތުގެ ޤާނޫނުއަސާސީގައި ކަޑައަޅާފައިވާ "ރައްޔިތުންގެ މަޖިލީހުން އެދުމުންވެސް" ސިޓީނުދެއްކިކަން ހަދާނެތް ނުވޭތޯ!
ބްރޯސް
02 October 2023
ހަނދާންވޭ.. އެކަމަކުވެސް %7 ރައީސަށް ދެން މނިގައުމުގެ ވެރިކަމަކާ ގާތެއް ނުވެވޭނެ. ދެން ލަލަލާ
ބޮސް ގެ ބޮސް
02 October 2023
އަފީފޫ އެކަމަކުވެސް ބަރުލަމާނީ ބޭނުމެއް ނޫން
އަފުން
02 October 2023
މަނިކުފާނު ވަރަށް ގިނަ ރަނގަޅު ކަންކަންވެސް ކުރެއްވި. ނަމަވެސް ރޯމާދުވާލު ފެންނަން ހުންނަ ތިޒާތު ކަންކަމުގައިވެސް މަނިކުފާނު އިތުރުފުޅުހެއްދެވުން ހައްދުން ނެއްޓީމަ. އެހެން ގޮތެއް ހޯދަން ޖެހުނީ.