ރައީސް ވިދާޅުވީ ދައުރުގެ ތެރޭގައި ހެޔޮވެރިކަމެއް ކޮށްދެވުނު ކަމުގެ އުފާވެރި އިހްސާސްކުރެއްވޭ ކަމަށާއި އަދި އެ ވާހަކަ ރައްޔިތުން ފަހުން ދައްކާނެ ތަން ވެސް ފެނިވަޑައިގަންނަވާ ކަމަށް
ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
02 އޮކްޓޯބަރ 2023 - 13:22
ހެޔޮ ވެރިކަމެއް ކޮށްދެއްވުނު ކަމުގެ އިހުސާސް ކުރެއްވޭ ކަމަށާއި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖަވާބުދާރީ ނުވެވޭ ވަރުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީގެ ފަހުން ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ 25 އަހަރުގެ ސިޔާސީ ތަޖުރިބާއާ އެކީގައި ކަމަށެވެ. ނަމަވެސް، މިދިޔަ ފަސް އަހަރުގެ ކޮންމެ ދުވަހަކު ވެސް އާ ތަޖުރިބާތަކެއް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ހިޔާލު ތަފާތުވުންތައް ބޮޑު ކޯލިޝަނަކާ އެކު ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުމެވެ. ރައީސް ވިދާޅުވި ގޮތުގައި، އެއީ އެމަނިކުފާނަށް ކުރައްވަން ޖެހުނު ވަރަށް ބުރަ މަސައްކަތެކެވެ. ގިނަ ބަޔަކު އެކުލެވޭ ސަރުކާރެއް ހިންގުމަކީ އެމަނިކުފާނުގެ ގަބޫލުކުރެއްވުމެއް ކަމަށް ވާތީ އެގޮތުގައި ކުރިއަށް ވަޑައިގަތީ އެވެ.
ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ކޮށްދެވުނު ހެޔޮ މަސައްކަތްތަކާއި ތަރައްގީގެ މަޝްރޫއުތަކަކީ ގިނަ ބަޔަކު ބައިވެރިވެގެން ސަރުކާރު ހިންގަން މަސައްކަތް ކުރެއްވުމުގެ ރަނގަޅު ނަތީޖާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑަށް ފާހަގަކުރެވޭ އެއް ކަމަކީ ހެޔޮ ވެރިކަމެއް އަޅުގަނޑަށް ކުރެވުނު ކަން. ރާއްޖޭގެ ސުލްހަޔާއި ހަމަޖެހުން ގާއިމްކޮށްދެވުނު ކަން: ރައީސް
"އަޅުގަނޑުގެ ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓު އަދި އަވަސް ކަންނޭނގެ ތަރުތީބުކޮށްލަން. އެކަން ޖަޖުކުރައްވާނީ ރައްޔިތުން،" ރައީސް ވިދާޅުވި އެވެ.
"އެކަމަކު، އަޅުގަނޑަށް ފާހަގަކުރެވޭ އެއް ކަމަކީ ހެޔޮ ވެރިކަމެއް އަޅުގަނޑަށް ކުރެވުނު ކަން. ރާއްޖޭގެ ސުލްހަޔާއި ހަމަޖެހުން ގާއިމްކޮށްދެވުނު ކަން."
ތައުލީމު ބޭނުންވެފައި ތިބި ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވޭ ފުރުސަތާއި ރާއްޖޭގެ ރަށްރަށަށް ބޭނުންވެފައިވާ އެންމެ އަސާސީ ހިދުމަތްތައް ގާއިމްކޮށްދެއްވައި އަދި ކޮވިޑް-19ގެ ބޮޑު ވަބާއިން އަރައިގަތުމަށް ކުރެއްވި މަސައްކަތް ކަހަލަ އެތައް ކަމަކީ އެމަނިކުފާނުގެ ވެރިކަމުގެ ކާމިޔާބީތައް ކަމަށް ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިން ކުރި އެހެން ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޖަވާބުދާރީ ނުވެވޭ ވަރުގެ ކަމެއް ވެސް ކުރައްވާފައި ނޯންނާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވައިފަ އެވެ.
"އަޅުގަނޑު މި ހުރީ ތައްޔާރަށް އެއިން ކޮންމެ ކަމަކަށް ޖަވާބުދާރީ ވާން. އަޅުގަނޑާ ދޭތެރޭގައި މައްސަލައެއް ޖެއްސޭވަރުގެ ކަމެއް ނޯންނާނެ، ވަރަށް ސާފުކޮށް މި ދެންނެވީ. އެހެންވީމަ، އަޅުގަނޑަށް ކުރިމަތިލެވޭނެ އެއިން ކޮންމެ ކަމަކާ. އެއްވެސް ކަހަލަ ކަންބޮޑުވުމެއް އަޅުގަނޑުގެ ނެތް. އަޅުގަނޑު ޖަވާބުދާރީ ނުވާ ވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހެޔޮވެރިކަމެއް ކޮށްދެވުނު ކަމުގެ އުފާވެރި އިހްސާސްކުރެއްވޭ ކަމަށެވެ. އެ ވާހަކަ ރައްޔިތުން އަދި ފަހުން ދައްކާނެ ތަން ވެސް އެމަނިކުފާނަށް ފެނިވަޑައިގަންނަވަ އެވެ. އެކަމަކު، ރައްޔިތުން އިންތިހާބުގައި ގޮތް ނިންމެވުން އެކަން ގަބޫލުކުރައްވާ ކަަމަށާއި އެ ނިންމުމާ އެއްގޮތަށް ވެރިކަން ބަދަލުކުރުމުގެ ކަންކަން ސަރުކާރުން ފައްޓާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ ރާއްޖެއަށް ޒިންމާދާރު، ވަރުގަދަ އިދިކޮޅު ޕާޓީއެއް މުހިންމު ކަމަށާއި ޑިމޮކްރަސީ ކުރިއެރުވުމުގައި ކުރަން ޖެހޭ އެ މަސައްކަތުގައި އެމްޑީޕީއާ އެކު އެމަނިކުފާނު ދެން ވެސް ދެމިހުންނަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
03 October 2023
އިންޑިޔާއަށް ގޮސް ރަގަޅު ހެލްތް ޗެކަޕެއް ހަދަންފެނޭ.
ބުއްދިކުރީމާ ފެނުނުގޮތް
03 October 2023
ހެޔޮ ވެރިކަމެއް ކޮށްދިންކަމުގެ އިޙްސާސް ވާނެ. ޞަލާޙުއްދީނުގެ މިބަސްފުޅުން "ލިބޭމިންވަރު ނިކަންދެނެގެން ވިބޭނުންތައް ބަހާލައިގެން ތިބޭނަމައީ ފިކުރުކޮށްގެން މިބޭޒާރެއް ނުވެސްވާނޭ" މަނިކުފާނަށް ދިވެހިންނަށް ދަސްކޮށްދެވުނީ ކޮންކަމެއްތޯ. ދިވެހިންގެ މަސައްކަތް ތެރިކަން ހުއްޓާލާފައި ފައިސާ ފަހަތުން ދުވަންނޫން އެއްޗެއް މަނިކުފާނަށް ދަސްކޮށްދެވުނުތޯ. ހެޔޮވެރިކަމަކީ ފުދުންތެރިކަންއިތުރުވެ ހަމަޖެހިގެން ދިރިއުޅެން ދަސްވުން. ނިމުންދެއްކީ ރިޝްވަތުންނޫންތޯ؟
ޔާޏު
03 October 2023
ހިޔާ ގެ ރައްޔިތުން ހެކިވާނެ މަނިކުފާނުގެ ހެޔޮފުޅުކަން.
ޒުލްމު
03 October 2023
ބިންވެރިޔާ ސްކޭމް ނޫނީ ނެތް މާ ބޮޑު ލައްގަނޑއެއް. އެކަމަކު އެކަން ތާރީޚުގަ ލިޔެވޭނީ ވަރަށް ހުތުރު ބޮޑު ރޭސިސްޓް ޕޮލިސީއެއް ގޮތަށް.
އިހުސާސް
02 October 2023
ވޯޓުން ހޮވުނުނަމަ ރަނގަޅު ތިހެން ބުނަން. އަމިއްލަ އަށް އިހުސާސް ކުރެވިދާނެ ކޮންމެ އެއްޗެއްވެސް. ރައްޔިތުންނަށް އިހުސާސް ނުވީމަ ރައްޔިތުން ނޫނެކޭ ބުނީ.
ރީފާފް
02 October 2023
ރެސްޕެކްޓް..
ޕެލޭ
02 October 2023
އަސްލު ކޮއްދިނީ ބޮޑު ވަރިހަމަ އަށް ދޫކޮއްލެވިފަ އޮތް ވެރިކަމެއް. އެހެންވެ އެއްވެސް ކަމެއް ނުނިމި އޮވެ ނިމުނީ!
ޙިނި
02 October 2023
ބަންދަރާ އޭތިމީތި ހެދި އެކަމު ޜައްޔިތުންނައް ވަރައް ދެރަކޮއް ހިތީ. ޜައީސް ކާރީ ތިބި މަޖުލިސް މެންބަރުން އެތިބީ އެމީހުން ބުނިކަމެއް ކޮއްދިނީމަ. ޙޮވުނުތާ މާދުރަކު ނޫން 2019 ގެ ފަހުކޮޅު އެމްޑިޕީ އައްވޯޓުދިން 2 އެކުވެރިން ބުނި ދެނެއް ނުދޭނަނޭ ވޯޓެއް ސޯލިހުއަކައް. 2023 އައިއިރު ވޯޓު ނުދޭނަމޭ ބުނާ މީހުން މިއޮތީ 30000-40000 ބަދަލުވެފަ
ކަތްދައްތަ
02 October 2023
ރައްޔިތުންނަށް ތިޔަ އިހުސާސް ވާންފަށާނީ ބަންދު ދުވަސްތައް ނުލައި 100 ދުވަސް ފާއިތުވާ ފަހުން. އިރާގުގެ ރައްޔިތުން ޝަހީދު ސައްދާމުޙުސައިންގެ ވާހަކަ މިއަދު ދައްކާ ލީބިޔާގެ ރައްޔިތުން ޝަހީދު ޣައްޒާފީގެ ވާހަކަ ދައްކާފަ އެހަދާންތައް މިއަދު އައުކުރޭ. އޭރު ލީބިޔާގަ ކަރަންޓްހިލޭ މެޑިކަލްހިލޭ ބޯހިޔާވަހިކަން ކާވެންޏާއެކު ލިބޭ އަލަތު ދަރިފުޅާއެކު އެލަވަންސް ލިބޭ ނަމަވެސް ޣައްޒާފީގެ ވެރިކަން ވައްޓާލާފަ އެތިބެނީ ރެފިއުޖީންގެގޮތުގަ ފަސްއިގިިލި އެއްކޮށް ނުލެވި.
ވުގުތުގާތްވަނީއޭ
02 October 2023
ރައީސް އިބޫގެ ވެރިކަން ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ އިންޑިއާ ސިފައިން ބޭރުވާންވާ ވަގުތު ކުޑަތަން ވަނީއޭ އިންޑިއާ ސިފައިން މިހާރު ޕެކްކުރަންވީއޭ އޭއި އިންޑިއާ އަވަރު ކަންޓްރީ އަވަރު ވާޓަރު ރަށަށް ކަނޑާލަން ޖެހޭ ވަގުތުގާތްވަނީ ވަގުތުގާތްވަނީ ވަގުތުގާތްވަނީ ވަގުތުގާތްވަނީ ވަގުތުގާތްވަނީ ވަގުތުގާތްވަނީ