ވިޔަފާރި / އެޑްވަޓޯރިއަލް

ޕައިލެޓްކަން ކިޔަވަން ދާންވީ ފްލައިން އެކަޑަމީއަށް

02 އޮކްޓޯބަރ 2023 - 13:15

5 comments

ޕައިލެޓްކަން ކިޔެވުމުގެ ހުވަފެން ދެކޭ ގިނަ ބަޔަކު އިންތިޒާރުކުރަމުން ދަނީ ފެންވަރު ރަނގަޅު ތަމްރީނުތަކެއް ޔަގީންކޮށްދޭނެ ފްލައިން ސްކޫލެއްގެ ފުރުސަތަކަށެވެ. އަދި ތަފާތު ތަޖުރިބާތަކެއް ލިބޭނެ، ހިތްގައިމު މާހައުލެއްގައި ތަމްރީނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައަށް ކަށަވަރުކޮށްދޭނެ ފްލައިން ސްކޫލެއްގެ ފުރުސަތަކަށެވެ. ޕައިލެޓުކަން ކިޔަވަން ބޭނުންވާ ދަރިވަރުން އެދޭ ފަދަ ފުރުސަތުތަކެއް ފަހިކޮށްދީ، ފެންވަރު ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދޭނެ އެއް ފްލައިން ސްކޫލަކީ ފްލައިން އެކަޑަމީ އެވެ.

ދުނިޔޭގެ އަށް ލޮކޭޝަނެއްގައި ޓްރެއިނިން ފެސިލިޓީތައް ގާއިމުކޮށްފައިވާ މި އެކަޑަމީގެ ހަތަރު ފެސިލިޓީ އެމެރިކާގައި އަދި ހަތަރު ފެސިލިޓީ ޔޫރަޕުގައި ހުރެ އެވެ. އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު ދަރިވަރުންނަށް އުދުހުމުގެ ތަމްރީނުތައް ލިބޭނީ މި ތަންތަނުގެ ހިތްގައިމު ރީތި މާހައުލުތަކުގަ އެވެ. މި ފްލައިން އެކަޑަމީ އަކީ ތަފާތު މޫސުންތަކުގައި އުދުހި، އެކި މޫސުންތަކުގެ ރީތިކަން ތަޖުރިބާކުރުމަށް ވެސް ދަރިވަރުންނަށް ލިބޭނެ ފުރުސަތެކެވެ.

އެންމެ ބޭސިކުން ފެށިގެން އެޑްވާންސް ލެވަލްއަށް ދިއުމަށް މި އެކަޑަމީއިން ހިންގާ ޕައިލެޓް ޓްރެއިނިން ކޯހުގެ މޮޑިއުލްތަކާއި ޓްރެއިނިންތައް ފަރުމާކޮށްފައި ވަނީ ދަރިވަރުންނަށް ވަގުތު ބޭކާރުނުކޮށް ފަސޭހައިން ކިޔެވޭނެ ގޮތަށެވެ. އެގޮތުން ޕައިލެޓް ކޯހުގެ ތިއަރީ ބަޔަކީ ދަރިވަރުންނަށް ގޭގައި ފެށޭނެ ބައެކެވެ. އަދި ކިޔަވަން ފެށުމުގައި ލަސްތަކެއް ކުރިމަތިނުވެ، ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތަށް ކޯހުގެ މޮޑިއުލް ސްޓްރަކްޗާކޮށްފައި ވާއިރު، ޓްރެއިނިން ފެސިލިޓީތައް ވެސް ފަރުމާކޮށްފައި ވަނީ ހުރިހާ މޫސުމެއްގައި ވެސް މެދުކެނޑުމެއް ނެތި ތަމްރީނުކުރިއަށް ގެންދެވޭނެ ގޮތަށެވެ. އަދި މި ތަނުން ދަރިވަރުންނަށް ދޭންޖެހޭ އަހައްމިޔަތު އެންމެ ފުރިހަމައަށް ދިނުމުގެ ގޮތުން ދަރިވަރުންނަށް އިންސްޓްރަކްޓަރުންނާ އެކު ވަކިން ވަން އޮން ވަން ސެޝަންތަކެއް ނެގުމުގެ ފުރުސަތު ދެ އެވެ.

ފްލައިން އެކަޑަމީގެ ސީއީއޯ އޯލްބްރެޗްޓް ވިދާޅުވީ އެ އެކަޑަމީ އަކީ ގާބިލު ޕައިލެޓުންތަކެއް ތަމްރީނުކޮށް، މި ދާއިރާއަށް ނުކުންނަން ބޭނުންވާ ދަރިވަރުން ބާރުވެރިކުރުވާ އެކަޑަމީއެއް ކަމަށެވެ. އަދި މި އެކަޑަމީއިން ދަރިވަރުންނަށް ބޭރުގެ ހިތްގައިމު މަންޒިލުތަކުގައި އުދުހި، ތަފާތު ގިނަ ތަޖުރިބާތަކެއް ހޯދުމުގެ ފުރުސަތުތައް ލިބޭނެކަން ފާހަގަކުރެއްވި އެވެ.

ފްލައިން އެކަޑަމީ އަކީ ބޮޑެތި އެއާލައިނުތަކުގެ އިތުބާރު ހުރި، ގާބިލު އެތައް ޕައިލެޓުންނެއް ތަމްރީނުކޮށް އެ ކަމުގެ ތަޖުރިބާ ހުރި އެކަޑަމީއެކެވެ. މި އެކަޑަމީގައި ތަމްރީނުތައް ދޭ އިންސްޓްރަކްޓަރުންނަކީ ސެޓިފައިޑް، އަދި ތަޖުރިބާ މުއްސަނދި ބައެކެވެ.

ބައިނަލްއަގުވާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ މި އެކަޑަމީގެ ޕްރޮފެޝަނަލް ޕައިލެޓް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ޕްރޮގުރާމާ ގުޅޭ މައުލޫމާތުތައް އެކަޑަމީގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި ވަޓްސްއެޕް މެދުވެރިކޮށް 4367655420 41+ އަށް އަދި 4202288244 41+ އަށް މެސެޖުކުރުމުން ކޯހާ ގުޅޭ މައުލޫމާތު ލިބޭނެ އެވެ.

ފްލައިން އެކަޑަމީގެ ޕައިލެޓް ޓްރެއިނިން ޕްރޮގްރާމަކީ ފެޑެރަލް އޭވިއޭޝަން އެސޯސިއޭޝަން އަދި ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ ގައިޑްލައިންތަކަށް ފެތޭ ކޯހެކެވެ.

ނޯޓް: މިއީ ފްލައިން އެކަޑަމީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

5 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Gold

03 October 2023

ތިޔަކޯސްތަކަށް އޭޖު ރެސްޓްރިކުޝަން އޮންނާތީ ކަމަކުނުދޭ!! އަޅުގަނޑުގެ އޭޖުން ބޮޑަކަސް ތިޔަބުނާ ޅަކުދިން އާޓިކަލްގެ ފޮޓޯއިން ފެންނަންއެތިބަ އެންމެނަށްވުރެން މޮޅަށް ރަނގަޅަށް ފުރިހަމައަށް ހުރިހާކަމެއްވެސް މިހާރުވެސްކުރާނަން، އަދި ގައިބާރުވެސް އެމީހުނަށްވުރެން ގަދަވާނެ ފިޓުވާނެ، ދެން ޕައިލެޓުކަންކިޔަވަން ކޮން އޭޖުރެސްޓްރިކުޓެއްކުރާކަށް! 65 ފަސްއަހަރު ނުވަންޏާ ކޯހުގަބައިވެރިވެވޭގޮތަށް ގަވައިދު ބަދަލުކުރަންފެނޭ!

The name is already taken The name is available. Register?

ފްލައިންގ އެކަޑަމީން ކިޔެވި ކުއްޖެއް

03 October 2023

މިއީ ކިޔަވަން ދިއުމަށް ކަމުދާ ތަނެއް ނޫން. ތި އާޓިކަލް ލިޔުނު މީހާ ކައިރީގައި އަހާބަލަ ތިތާގައި 5 އަހަރު ވެފަ ތިބި ކިތައް ކުދިން އެބަތިބި ތޯ؟

The name is already taken The name is available. Register?

ިަްއެފް.އޭ.އޭ

02 October 2023

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިނގޭތޯ

The name is already taken The name is available. Register?

ކޮރަލް

02 October 2023

ފައިސާ ނެތި ކިޔަވާއިރު ގިނަ ބަޔަކު ދާނީ އަގު ހެޔޮ ތަންތަން ބަލައިގެން އެތަންތަނަ ށެވެ.

The name is already taken The name is available. Register?

ނުބުނާނަން

02 October 2023

ފިލިޕީނސް އިން ކިޔަވައިގެން އަންނަ ކުދިން މަަލްޓި އިންޖީން ރޭޓިން ޖަހާއިރު ކޮންމެހެން ކުރަން މަޖުބޫރު ކަންތައް ވެސް ނުކޮށް އަންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454