މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. މެމްބަރުން އިންތިހާބުކުރުމަށް އަންނަ އަހަރު އިންތިހާބު ބާއްވާނެ.-- ފޮޓޯ: މަޖިލިސް
04 އޮކްޓޯބަރ 2023 - 11:17
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތްތަކަށް އިލެކްޝަންސް ކޮމިޝަނުން 300 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނުތަކުގައި ބުނީ ސެކިއުރިޓީ އާއި ލޮޖިސްޓިކް އޮފިސަރުންނާއި މެނޭޖަރުން އަދި އޮފިސަރުން ފަދަ މަގާމުތަކަށް 306 މުވައްޒަފުން ބޭނުންވާ ކަމަށެވެ.
އެ މަގާމުތަކަށް އަންނަ ޑިސެމްބަރު 31ގެ ނިޔަލަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ އެވެ.
އިންތިހާބަށް މުވައްޒަފުން ނަގަން އިއުލާނުކުރިޔަސް، އެ އިންތިހާބު ބާއްވާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އެކަމަކު، އީސީން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ވަނީ އަލަށް އިތުރުވާ ހަ ގޮނޑިއާއެކު އިންތިހާބީ ދާއިރާތައް ކަނޑައަޅައިފަ އެވެ.
މަޖިލީހުގައި މިހާރު ތިބީ 87 މެމްބަރުންނެވެ. އެ އަދަދު މި ވަނީ 93 އަށް އިތުރުވެފަ އެވެ.
މި ފަހަރުގެ އިންތިހާބަށް، ބައެއް ދާއިރާތަކުގެ ނަމަށް ވެސް ބަދަލު އައިސްފައިވެ އެވެ.
ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނު ދާއިރާއަށް، ކ. ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާއަށް އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރު ހުދަންބަރު
05 October 2023
މަވެސްމިހިންނަނީ އަމިއްލަގޮތުން ފުވައްްމުލަކުގެ ކޮންމެވެސްއެއްދާއިރާއަކަށް ކުރިމަތިލާން.. އެކަމަކު ތާއީދުކުރާމީހުންގެއަދަދަށްބަލާފަ ދެންއަންއަން ރިޔާސީއިންތިޚާބަށްވެސް ކުރިމަތިލުމުގެވިސްނުންއެބަހުރި. ރަނިންމޭޓަކަށް މުދިމެއްނަގާނީ.
އީސީ
04 October 2023
މިފަހަރުވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެކަމާމެދު އެއްވެސް ޝައްކެއް ނެތް. އީސީގެ ހުރިހާ ޑިޕާޓްމަންޓް ތަކެއްގައިވެސް ތިބޭނީ ވަރަށް ޒުވާން ކަމަށް ވަރަށް ޤާބިލް ކުޅަދާނަ މުވައްޒަފުންތަކެއް. މާދަމާ އިންތިޚާބު ބާއްވަން ޖެހުނަސް އެކަން ކުރުމުގެ ހިތްވަރާއި ފަންވަރު ހުންނާނެ އެ ޓީމުގައި.
536164546
04 October 2023
ގެޒެޓް ލިންކު ޝެއާރ ކޮއްލިނަމަ ދޯ މީީހަކަށް ފަސޭހަވާނީ
ކޮރަލް
04 October 2023
މަޖްލިސް އޮންނަ ތާރީހެ އިސީ އަދި ޕާޓިތަކުން ވެސް ކުރީބައިގަ ހާމަ އެއް ނުކުރާނެ އެވެ. ބޭނނުން ވަނީ ޕާޓީއަކުން ނޫން ގޮތަކަށް މީހަކަށް މަޖްލިސް އަށް ނުވަދެވޭ ގޮތް ހެދުމެވެ. ދެން އަނެއްކާ ޑިޕްލޮމާ ފެންވަރު ނެތް ގިނަ ބަޔަކު ޕާޓީ ތަކުން އަންނާނެ އެވެ.
ބަރުލަމާނީ ބޮންދު
04 October 2023
ދެންހޮވޭ ބަރްލަމާނީ މަޖިލީހުގަ އަންނިމެން ބައިވެރިނުވާނެކަމަށް ވ.ލަފާކުރެވޭ
އައިމިނާ
04 October 2023
ޖާބިރު ބައެއް ދުވަހު އެގޮތަށް ދިޔަޔަސް ޢާއްމުކޮށް ވަރަށް ހަރުދަނާ ބޭނުންތެރި ވާހަކަ ދައްކަވާ ފަރާތެއް. ކޮންމެހެންވެސް މަޖިލީހަށް ހޮވަން ޖެހޭ.
އެގުޅި
04 October 2023
ކޮބާ މިފަހަރު ސުމޯޓޯއެއް ނެތްތޯ. ޔާމީނުގެ ފުރަގަހުގަ ހުރެގެން ޔާމީނުގެ ސިޔާސަތުތައް ދަމަހައްޓާކަމަށްވާނަމަ ފުއާދު މެން ޖެހޭނެ ސުމޯޓާގަ ޖައްސާ ބޭރުކޮށްލަން.
ޒުވާން
04 October 2023
300ވަޒީފާގެ ވާހަކަ ޖަހާލީމަ ނޭންގޭނެ.މުސާރަވެސް ޖަހާލިނަމަ..ގިނަ ވަޒީފާތަކުގެ މުސާރަ އުޅެނީ 3875ރފގައި..މަޖިލީސް މެންބަރުން 85ހާސްރުފިޔާގައި...
އޮނަރަބްލް އަފީފު ދީދީ
04 October 2023
ސްޕަރމެޖޯރިޓީ އޮތް އެމްޑީޕީގެ ފަރާތުން ޤއ އިސްލާޙްކޮށް އިންތިޙާބީ ދާއިރާތަކަށްބަދަލުގެނެސް މަޖިލީހުގެ ގޮނޑީގެއަދަދު އެއްވަރެއްގައިހިފެހެއްޓުމަށް މަޖިލީހުގެ ޖުމްލަ ގޮނޑީގެއަދަދަކީ 90 ކަމަށް ހަމަޖައްސާ ވެރިކަމުގެނިޒާމް ޙަޤީގީމާނައިގަ ލާމަރުކަޒުކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ ކޮންމެ ރީޖަނަކަށް 30 ގޮނޑި ކަޑައަޅުއްވަންވީ ނޫންތޯ؟
އޮނަރަބްލް އަފީފު ދީދީ
04 October 2023
މަތީގައި ދެންނެވި "ހެޔޮ ބަދަލާއިއެކު" ރާއްޖޭގައި ބާރުމިނެއްގައި ފެތުރި އާލާވަމުންދާ "ވޯޓް ވިއްކުމުގެ މުޑުދާރު ސަޤާފަތަށް" ނިމުމެއް ގެނައުމަށްވެސް މަގުފަހިވާގޮތަށް މިކަން ކުރެވިދާނެ. # އެގޮތުން މިދެންނެވި 3 ދާއިރާއިން މެންބަރުން ހޮވުމަށްވެސް ބާއްވާ އިންތިޙާބުގެ ވޯޓް ކަރުދާހުގައި "ކުރިމަތިލާ އެންމެންގެ ނަން ހިމަނާ" އެތަނުން ފެންނަ 30 މީހެއްގެނަމުގައި ފާހަގަ ޖަހަން ދާއިރާ ނުވަތަ ރީޖަންގެ އެހެން ނޫންނަމަ ޕްރޮވިންސްގެ ރަށްވެހިންނަށް ފުރުސަތު ދެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
04 October 2023
މިދެންނެވި ގޮތަށް (މަތީގެ 2 ވަނަ ކޮމެންޓް) އިންތިޙާބުގައި ވާދަކުރާ ހުރިހާ މެންބަރުންގެ ނަން ވޯޓް ކަރުދާސް ކޮޅުގައި ހިމަނާ ރީޖަންގެ ހުރިހާ ރައްޔިތުންނަށްވެސް 30 މެންބަރެއްގެ ނަމުގައި ފާހަނގަ ޖަހަން ފުރުސަތު ދިނީމާ "ރިޝްވަތު ދީގެން ވޯޓް ގަންނާން އުޅޭމީހާއަށް ޖެހޭނީ" ކޮޅުމަޑުލުން އައްޑުއަށް ނިމެނޭ 70 ވަރަކަށްހާސް ރައްޔިތުންނަށް ރިޝްވަތުދޭން. # އެއީ ކުރާންފަސޭހަ އަދި ކުރެވޭނެކަމެއްވެސް ނޫން. އެހެންވީމާ "ވޯޓް ވިއްކުމާއި ގަތުމަށް" ދާއިމީ ހައްލު ހޯދޭނެ.
ގައުމުގެ ޖާނު.
04 October 2023
ކަލޭ ތިވަރަށް ތިވާހަކަ ނުދައްކާ ތިޔަބުނާ މާއްދާގެ މާނަ ހޯދުމަށް ނުވަތަ ޤާނޫނުއަސާސީގެ 72 ހ މާނު ކުރަން ދުސްތޫރީ މައްސަލައެއްގެ ގޮތގައި ސުޕުރިމްކޯޓަށް މައްސލަ ވައްދަނަލަ.
އައިމިނާ
04 October 2023
ޖާބިރު ކޮންމެހެންވެސް ހޮވަން ޖެހޭނެ.