މިއަދު ނައިފަރު ސްކޫލުގައި ފެންބޮޑުވެފައި: ނަމަވެސް ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދޭ.-- ފޮޓޯ: ޝައުކަތު ޒަކަރިއްޔާ/ފޭސްބުކް
04 އޮކްޓޯބަރ 2023 - 13:29
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ.ނައިފަރުގައި ފެންބޮޑުވެއްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު ވެހެން ފެށި ވާރޭ އަދިވެސް ހުއްޓައި ނުލާ ކަމަށެވެ. މިހާރު މުޅި ރަށުގައި ފެންބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ހުރި ގެތަކަށް ފެން ނުވަންވަ ގޮތަށް ވެލި ބަސްތާ ޖެހުމާއި މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
ވާރޭ ވެހިއްޖެ ނަމަ ފެން އެންމެ ބޮޑުވަނީ ރަށުގެ ބޮޑު މަގުތަކާއި ސްކޫލުގަ އެވެ. ވާރޭ ވެހޭ ބައެއް ދުވަސްތަކުގައި ސްކޫލުގައި ފެންބޮޑުވެ، ކިޔެވުން ވެސް މެދުކަނޑާލަން ޖެހެ އެވެ.
ނައިފަރުގައި ފެންބޮޑުވެފައި.
އެމްއެންޑީއެފުން ބުނީ ނައިފަރުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާތީ މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްބު
05 October 2023
ދުއާކުރޭ. އެނޫން ގޮތެއް ނެތް. އަބަދު ސެންޑީޕީ ސީއެންސީ ސީޕީއެން ކިޔަސް ހައްލެއް ނެތް ހަމަ.
ހޯހޯ
04 October 2023
ދެން ނައިފަރީން ވޯޓުދިން ބޭފުޅާ ވަރަށް އަވަހަށް ރަށުގެ މަގުތައް ހަދާ ދެއްވާނެ . ކެތްކުރައްވާ.
އަފްރާސިޔާބު
05 October 2023
ނައިފަރުގެ ހާލަތާމެދު ހަމްދަރުދީ ވަން. އިލްމުވެރިން އުފެއްދި ތަނެއް. އެކަމަކު މިހާރު އެކަންވަނީ މާޒީއާ އެކުވެފައި.
ސިޔާބާ
05 October 2023
ދަތިހާލުގަ އުފެދޭނެ މާ ފައްކާ އިލްމުވެރިން. ދުނިޔަވީ ހުރިހާ ފަސޭހަތަކަކީ މީހާ ކަންނެތްކޮށް ކަންކަމާ ވިސްނުމުން ދުރުކުރާ ކަމެއް. ދަތި ހާލުގަ އުޅުމަކީ އެއްގޮތަކަށްވެސް ލިބޭ ދެރައެއް ނޫން. އެއީ އަސްލު ލިބޭ ނިއުމަތެއް.
ސިޔާ އިސްތިއުފާ
04 October 2023
ވޭތުވެދިޔަ ސަރުކާރުތަކުން ވ ބޮޑަށް ނައިފަރާމެދު ވަނީ އިހުމާލުވެފަ. މާ ކުދި ރަށްރަށުގަ މަގުތަށް ހަދާ ދީފަވަނީ. ނައިފަރަކީ 6000 މީހުންގެ އާބާދީއެއް. ފެން ތިއްކެއް ޖަހައިފިއްޔާ މީ އުޅެން ޖެހޭ ހާލު
ޙިނި
04 October 2023
ވާރޭ ވެހެންޏާ ފެންބޮޑުވާނެ.
ބުސް
04 October 2023
ވޯޓާ ބަންގަލޯ އަޅައިގެން ދިރި އުޅެން ދަސްކުރަން ވެއްޖެ، ރާއްޖެ އަޑިއަށް ދާނީ އޭ މިޙަރު ކިޔާތާ 50 ހަކަށް އަހަރުވަނީ މިހާރު
ފޫރައްބަ
04 October 2023
ނައިފަރުގައި ފެން ބޮޑުވާ ސަރަހައްދެއް އޮތްއިރު އެމްޓީސީސީން ބަނދަރު ހަދާފަ އޮތީ ރަށުން ފެންގަޑު ބޭރު ނުވާގޮތަށް. ބަނދަރަށް އުސްކޮށް. ބަނދަރު ސަރަހައްދަށް އަންނަ ހުރިހައިފެން ޖަމާވަނީ ފެން ބޮޑުވާ ސަރަހައްދަށް. ޢެއީ ބާއިންޖީނުގެއާ ދިމާލުން ރަށު ތެރެއަށް ފެން ގަނޑު ދެމިގަންނަނީ. ބޭންކާ އަތޮޅު އޮފީހާ ރަށު ކައުންސިލްގެ ދޮރުމަތީން ފެށިގެން މިބުނި އިންޖީނުގޭގެ ބަނދަރުގަ ހުސް ކިސަޑު ޗަކަ އޮންނާނީ. ކިސަޑު ޗަކައިން ނައުފަރު ފުރިފަ އެއޮންނަނީ. ޒިންމާ މޓސސ
އަފްރާސިޔާބު
05 October 2023
ތިބުނީ ފެންބޮޑުވާ ސަރަހައްދަށޭ ފެންޖަމާވަނީ. އެހެންވީމާ އެއްވެސް ފަރާތުގެ ގޯހެއް ނެތް.
ސިފްލީ
04 October 2023
މެޓުން ބުނާއެއްޗެއް ދުވަހަކު ދިމާވޭތަ؟؟