ހަނިމާދޫ: އެ މައްސަލާގައި ހައްޔަރު ކޯށްފައި ވަނީ 25 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނޭ.-- ފޮޓޯ: އެމްޓީސީސީ
04 އޮކްޓޯބަރ 2023 - 13:52
ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގެންފި އެވެ.
ފުލުހުން ބުނީ ރޭ 11:45 ހާއިރު ހަނިމާދޫގައި ގެޔަކަށްވަދެ އެ ގޭގައި އުޅޭ 63 އަހަރުގެ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ ހާއްސަ އެހީއަށް ބޭނުން މީހެކެވެ.
ފޭރެން ހަމަލާ ދިނުމުން ޒަހަމްވި މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށައި ހަމަލާދީ ފޭރުނު މައްސަލައިގައި 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަނިޔާވި މީހާގެ ހާލަތާ ގުޅޭ ތަފްސީލެއް ނުލިބެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ މަރަދޫގައި ވެސް 81 އަހަރުގެ މީހަކު ބަނުމަށް ފަހު ފޭރުނު މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޭލ
05 October 2023
ފުލުހުން ކަމެއްވޭބާ؟
ހުސެންތަކުރު
05 October 2023
މިކަންކަން ހުއްޓުވަން ހަރުކަށި އަދަބެއް ދީބަލަ. އިންތިޚާބުގަނޑެއް ބޯމައްޗަކު އޮތީކީނޫން. ޕޮލިޓިކަލީ ކަރެކްޓު ވާން ބޭނުން މީހުންނަށް.
ކޮރަލް
04 October 2023
ހައްޔަރު ކޮށްރަނގަޅަށް ކާންދީ ނިންދަވާފަ ދޫކޮށްލާނަމަ ކުއްކުރުން ގިނަ ވާނެ އެވެ. ކާންދީ ނިންދަވަންވީ މަސައްކަތެއް ކުރުވާފަ އެވެ. އޭރުން އިސްލާހް ވެދާނެ އެވެ.
މަކީ
04 October 2023
ފޭރޭ މީހުންނަށް އިސްލާމްދީނުގަ ދޭން އޮންނަ އަދަބުތައްދީ ތަންފީޒުކުރާށޭ. އެއްދޮރުން ޖަލަށް އަނެއްދޮރުން ނުކުންމާ ނިޒާމެއްނޫނޭ ބޭނުމީ. ރަށްރަށަށް މާލެއިން ގުންޑާއިން އަރާ ދުވަސްވަރު މިކަހަލަ ކުށްތައް އަބަދުވެސް ގިނަވޭ. ފުލުހުންގެ ކަމިސަނަރު ދެން ލަދެއް ހަޔާތެއް ނެތިގެން ބުނާނެ ފަރުދީ ޒިންމާ އަދާކުރާށޭ. ދެން ފައިސާ ރައްކާކުރަން ދިރުވާލައިގެންތަ އުޅެންވީ.
ޗަކޮއި
04 October 2023
މީ ހަމަ އެބުނާ އަމާން ދިވެހިރާއްޖެ. އެއަމާން ދިވެހިރާއްޖެ ބާއްވަން ފޫގަޅައިގެން އެމަސައްކަތްކުރީ.
ފަޒުނާ
04 October 2023
"އަމާން ދިވެހިރާއްޖެ" ؟ އިންޝާﷲ ކުރިއަށް އޮތް ސަރުކާރުން ތިކަން ހައްލުކުރާނެ
އޮނަރަބްލް އަފީފު ދީދީ
04 October 2023
ސިވިލް އެއަރޕޯޓްތަކުގައި މިލިޓަރީ އާރމީން ތަމްރީނުކުރަން ރޭންޖްހަދައި، ބަނޑި ފަރިތަކުރުންފަދަ ކަންކަމާއި "ކުށްވެރިން" ބަންދުކޮށްގެން ގެންގުޅޭ "ޖަލު" ބެހެއްޓުމަކީ ICAO އާއި IATA ވަރަށްބޮޑަށް މަނާކޮށް އަދި "އެކަންއެގޮތަށް ކޮށްގެން ނުވާނެކަމަށް" ބުނެފައިވާ ކަންކަން. # ޑރ މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ބައިނަލްއަޤުވާމީ އެއްވެސް އެއަރޕޯޓެއްގައި މިދެންނެވިފަދަ ޙަރަކާތެއް ނުހިންގަން ކަނޑައެޅުމުން "އިންޑިޔާ އައުޓް" މައްސަލައަށް ބޮޑުތަނުން ހައްލުހޯދޭނެ.
މީރުމާ
05 October 2023
ބަލަ ޚަބަރާއި ނުގުޅޭ ކޮމެންޓް ތިކުރަނީޔޯ؟؟
ބޭރު
04 October 2023
ކުޅިވަރު ފެށުނީ. އެމީހުންނަށް އެނގޭ އެ މީހުންނަަކަށް އެއްވެސް ކަމެއް ދެނެއް ނުކުރެވޭނެކަން. އެމީހެއްގެ ޖާނާމާލުގެ ރައްކާތެރި އެމީހަކު ހޯދާށެވެ.
ކޮރަލް
04 October 2023
އިންތިހާބުގަ ވ ގިނަ ކުއްވެރީން ވަނީ ދޫކޮށްލާފަ އެވެ.
ބުރުގާ
04 October 2023
ރީނދޫ ކުދިން ބުނާހެން "އަމާން އޮމާން ރާއްޖެ"، އުތަ؟؟!