ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ އަތްމަތިން ކަމަށް ރައީސް ވިދާޅުވި.-- ފޮޓޯ: ރައީސް އޮފީސް
05 އޮކްޓޯބަރ 2023 - 10:43
ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ ޓީޗަރުންގެ އަތްމަތިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ހެޔޮލަފާ ޒުވާނުންތަކެއް މުޖްތަމައުގައި އުފެދިގެން އަންނަނީ ޓީޗަރުންގެ ފުރިހަމަ ތަރުބިއްޔަތާ އެކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމު ތަރައްގީކޮށްދޭނެ އުފެއްދުންތެރި އީޖާދީ ހުނަރުވެރިންތަކެއް ތައްޔާރު ކުރެވެނީ ވެސް، ޓީޗަރުންގެ މިންނެތް މަސައްކަތުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދުނިޔެއަށް އަންނަ އިގްތިސާދީ، އިޖްތިމާއީ ބަދަލުތަކާ އެއްހަމައެއްގައި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އާ އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކަށް ކަމަށާއި ޓީޗަރުން ވެސް އެކަމަށް އަހުލުވެރި ކުރުވަން ޖެހޭ ކަމަށެވެ.
"ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކަށް. އެހެންކަމުން ދުނިޔެއަށް އަންނަ އިގްތިސާދީ ކުރިއެރުމާއި އިޖްތިމާއީ ބަދަލުތަކާ އެއް ހަމައެއްގައި އަޅުގަނޑުމެންގެ ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ރާއްޖޭގެ ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައި ދެކެން،" ރައީސްގެ ހިތާބުގައިވެ އެވެ.
ދިވެހިންގެ ދީނީ އަގީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށާއި ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ޓީޗަރުން އަދާކުރާ ޒިންމާތަކާއި ވާޖިބުތަކާ މެދު އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ވެސް އެތައް ގުނައެއް އިތުރުވެއްޖެ. ބައިނަލްއަގުވާމީ ފެންވަރުގައި ޓީޗަރުންނާ މެދު މިހާ ބޮޑު ސަމާލުކަމެއް ދީފައިވަނީ، ހެޔޮލަފާ ހަރުދަނާ މުޖްތަމައެއް ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ފުޅާކަމުން."
ރައީސް ވިދާޅުވި ގޮތުގައި، ފެންވަރު ރަނގަޅު ޓީޗަރުން އުފައްދައި، ޓީޗަރުންގެ ލާބަ އާއި މަންފާއަށްޓަކައި މަސައްކަތް ކުރުމަކީ، ސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސަތެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
LaamuonlineDOTcom
07 October 2023
ޒިންމާދާރު ޓީޗަރުން ބިނާވެގެން އަންނަނީ ކާކުގެއަތްމަތިން؟ ފުރަތަމަ ފެންވަރުރަނގަޅު ޒިންމާދާރު ޓީޗަރުން ބިނާކުރެވިގެންތާ ޓީޗަރުންގެ އަތްމަތިން ރަނގަޅުޖީލެއްބިނާވާނީ؟ މިހާރުދެން އިބޫގެ ސަރުކާރަށްފާޑުކިޔާކަށްނެތިން ރައްޔިތުންގެ ވޯޓުން އިބޫގެސަރުކާރު މިވަނީ ބަދަލުކޮށްފަ، ނަމަވެސް ޓީޗަރުންބިނާކުރާކަށް އިބޫގެސަރުކާރަކުން އެކަށީގެންވާ މަސައްކަތެއްނުކުރޭ، ފަހުވަގުތު މުސާރަބޮޑުކޮށްދިން ނަމަވެސް އެކަންވެސްކުރީ ހަމަހަމަ އުސޫލަކުންނޫންކަމަށް އަޑުތައްފެތުރެނީ
ކިނާރީ
06 October 2023
އެމެރިކާއިން ކިޔަވައިގެން އެއްކަމެއް ނުކޮއް ފަތްބޯކުދިންނާއެކު ރާޅާއަޅަން މަގޭދަރިއަކު ކުރިއަސް ހިތްހަމައެއް ނުޖެހޭނެ . ދަރިން ނަށް ތައުލީމު ފޯރު ކޮއްދެނީ އަމިއްލަ ދެފައިމައްޗަށް ތެދުވެ ހިންދެމިލާ ޒިންމާދާރު ބަޔަކަށް ހަދަން . މައިން ބަފައިން ގެ ފައިސާ ފޮތީގަ ލިބިފަވާ މުއްސަދިކަމެއްގަ ދަރިންނަށް އުޅެވޭނެ ކަމަށް ކިޔައިދެވިގެން ނުވާނެ . މިސާލުން މިސާލު ދެއްކެއް ޖެހޭނެ .
ސިރާޖުބެ
05 October 2023
ރައިސް ކޮބާ ފުލެޓް ފަައިނަލް ލިސްޓު ޕޮއިންޓު ލިބުން ވަރު ޖަހާފަ
މަނިކުފާނަށް ތާއީދު
05 October 2023
ޓީޗަރުންނާއި ލެކްޗަރާއިންގެ މުސާރައާއި އެޑިޔުކޭޝަންގެ ކަންކަމަށް މި ދައުރުގައި ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާފައިވޭ.
LaamuonlineDOTcom
07 October 2023
ނޯ، ތަޖުރިބާއެއްނެތް އެޑިއުކޭޝަން މިނިސްޓަރަކު އަރާ ރާއްޖޭގެ މުޅި ތައުލީމީނިޒާމް ވަނީ ގަޑުބަޑުކޮށްލާފަ، އަދަބެއްސަދަބެއް އަހުލާގެއް ކުރިޔާއަޅާބަލާއިރު މިހާރުކުދިންގެނެތް، ކިޔެވުމުގެ ފެންވަރުވެސް ކުރިޔަށްވުރެންދަށް، ވަރަށްކަމުނުދާ އެޑިއުކޭޝަންމިނިސްޓަރެއް، މި އެޑިއުކޭޝަންމިނިސްޓަރުއަރާ ގެނައިބަދަލުތަކުގެ ސަބަބުން ޓީޗަރުންނާ ސުކޫލުތަކުގެ މެނޭޖުމަންޓުގެ ފަރުވާކުޑަވެކަންފަސޭހަވެއްޖެ! ކުދިން ކިޔަވާކަށްވެސްނުޖެހޭ، އަދަބެއްދީގެންނުވޭ ވަޓުއިޒްދިސް
ޖޯކް
05 October 2023
5އަހަރުން ކުޑަ ބްރިޖްއެއް ނޭޅުން މީހަކަށް ކޮން ޖީލެއް ބިނާކުރެވޭނީ.
ސްކޫލަށް އާދޭ
05 October 2023
ރައީސް ހިއްވަރުގެ މެސެޖް އެ ދެއްވަނީ ޓީޗަރުންނަށް. އަމިއްލަ ނަފްސުގެ ވާހަކަފުޅެއް ނޫން އެއީ. ޖޯކުވެސް ދަސްކުރޭ.
އުގެނުމާއި އުގަންނައިދިނުމުގެ ހައްގު
05 October 2023
ލައިސަންސޭކިޔައ އެތަކެއް ޓީޗަރުންގެ މަސައްކަތް ހުއްޓުވި މީހުން
ރާއްޖެ
05 October 2023
ވެރިކަން ނިމުނު އިރު އޯލެވެލް 5 މާއްދާ އިން ފާސްވާ ނިސްބަތް ހުރީ 50% ގަ. ދެރަ ދެއްތޮ؟
ދަރީގެބެލެނިވެރިޔާ
05 October 2023
ޓެބްލެޓަށް މަލާމާތްކުރި މިނިސްޓަރެއް ބަހައްޓައިގެން ދަރިވަރުންނަށް ޓެކްސްޓްފޮތް ނުދީ ކިޔަވައިދެވޭތަ؟ 3 އަހަރުވީ ސެކަންޑްރީ ދަރިވަރުންނަށް ޓެކްސްޓްފޮތް ދޫނުކުރާތާ؟ ދަރިވަރުން ބާކީކޮށްގެން ކުރިއަކަށް ނާރާނެ. ކޮވިޑްގައިވެސް ކިޔަވައިދެވުނީ ކުރީސަރުކާރުން ޓެބްލެޓްދީފައި އޮތީމަ. އެހެންނަމަ އަހަރެމެން ނިކަމެތިންގެ ދަރިންތިބޭނީ ކޮވިޑްތެރޭވެސް ނުކިޔެވިފައި.
އ
05 October 2023
އެބަޖެހޭ ޓީޗަރުންގެ ދުވަހާ ގުޅިގެން ބެލެނިވެރިންގެ އަތުން ކުރަންޖެހޭ ކަމައްދެކޭ ހަރަދު ސުކޫލުތަކުން ހުއްޓާލަން... ދެރަކަމަކީ ކުޑަކުދިންގެ ދުވަހު ސުކޫލުތަކުން ކުއްޖަކައް ފަންސުރެއްވެސް ދިއްކޮއްނުލާ... އެކަމަކު ކުލާހަކުން 3000 ރ. އެބަނަގާ ޓީޗަރައް ހަދިޔާ ގަނެދޭން.... މިއަދުވެސް ދެއަތް ފުރާ އެގެންދާ ތަކެތި އެފެންނަނީ...
ޓީޗަރެއްގެ ހައިސިއްޔަތުން
05 October 2023
ލޮބުވެތި ދަރިވަރުންނަށްޓަކާ ބެލެނިވެރިން އުފުއްލަވާ ބުރަ ތަކްލީފަށްވުރެ އިތުރު އުނދަގުލެއް އެބޭފުޅުންނަށް ޖެއްސެވުމަކަށް އެއްވެސް ވަރަކަށް ތާއީދެއް ނުކުރަމު.
ޕޮއިންޓް ކެޑޭތީ ދެރައީ
05 October 2023
މަނުވޭ މިހާރު ރައީސް ދައްކަވާއެއްވެސް ވާހަކައަކަށް ރައްދުދޭހިތެއް . ސަބަބަކީ ތީ ކުރީގެ ރައީސް ވީމަ . ރައީސްގެ ސަބަބުން ތައުލީމީ މަސއްކަތް ދަސްކޮއްދެވެން ޖެހޭ ޖީލެއް 5 އަހަރުގެ މުހުލަތަށް ހަލާކުވެގެން ދިއައީ . އެކަން އެގި ފެނިފަވާތީ ލިޔަނީ . ނިކަމެތިން ނަށް ނިކަމެތި ގޮތް ފުރުސަތު ލިބެންއޮތް ބަޔަކަށް ފަހި ފުރުސަތު . ރައްޔިތުން ނާމެދު މިހާބޮޑަށް ތަފާތު ކުރުން ގެންގުޅުއްވި ރައީސެއް ދުވަހަކު ވެސް ނުފެންނާނެ ކަމަށް އުއްމީދު ކުރެވޭ .