09 އޮކްޓޯބަރ 2023 - 13:20
ގައުމީ އެއްބައިވަންތަކަމުގެ ވަރަށް ރަނގަޅު ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން ދަ ޑިމޮކްރެޓްސް އިން މިއަދު ލަފާދީފައިވާ ކަމަށް ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހަށް މިއަދު ވަޑައިގެން ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ އަދުލުއިންސާފު ގާއިމްވެފައި އޮތް ހަމަހަމަކަމާ އެކީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން ކަމަށާއި އެކަމާ ބެހޭ ގޮތުން ޑިމޮކްރެޓްސްގެ ހުރި ވިސްނުންތައް ހިއްސާ ކުރެއްވި ކަމަށެވެ.
"އެ ބޭފުޅުންނަކީ ކުރީގައި ވެސް ސަރުކާރު ހިންގެވި ބޭފުޅުން ވީމާ އެ ސަރުކާރުން ކުރި ތަޖުރިބާ އަޅުގަނޑުމެންނާ ހިއްސާ ކުރެއްވީ. ދިމާވެފައި ހުރި މައްސަލަތަކާ. އެއާ އެކީ އޭގެ އަލީގައި ކުރިއަށް ދިއުމުގައި ހިޔާލު ހުރި ގޮތް ހިއްސާ ކުރެއްވި،" އަދުރޭ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ސަރުކާރުގައި ބައިވެރިވުން އޮންނާނެ ވަރާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުސަތެއް ނުދެއްވަ އެވެ.
އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ، ތައުލީމާއި ގާބިލްކަމަށް ބަލައި އެ މަނިކުފާނުގެ ސަރުކާރެއްގައި އެންމެންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖުމު
11 October 2023
ބަލަ ޔާމީންއާ މަޝްވަރާ ނުކުރީ ކީއްވެތޯ. ޔާމީންގެ ފޮޓޯބަހައްޓައިގެން އަހަރެމެންގެ ވޯޓުގަ ހޮވުނީމަ އަހަރެމެން މަގުމަތިކޮއްލީ. ރީތި ބޮނޑިއެއްބޯނެ
ތުއްތުބެ
10 October 2023
ހެޔޮވެރިކަމެއް ކުރަން އައިބަޔަކު ކީއްުރަންތޯ އަންނި ކައިރިން ލަފާއަހަންވީކީ ޑޮކްޓަރ މުއިްޒުއަކީ ކިވައިގެންހުރި ޤާވިލް މީހެއްނޫތޯ އެހްނވީމާ އަންނި ކައިރިން ލަފާހަކާކަށް ނުޖެހޭ މިއުފެދޭ ސަރުކާރުގައި ޑިމޮކުރެސްގެ އެއްވެސް މީހަކު ކައިރި ނުކުރުމަށް އިންތިހާބީ ރަޢީސް އަށް ގޮވާލަން .... ވަރަށް ސަލާމް
އަސަރު69
10 October 2023
އެއެއްނޫން ވެގެން އުޅޭ ގޮތަކީ. ތިމާމެންގެ ބާރު އަތުން ދޫވެއްޖެކަން ޔަގީންވީމާ ހިކިފަސްތަނެއް އަތުޖެހޭތޯ މަސައްކަތް ކުރަނީ. އެއަކީ ރައްޔިތުންނަށް ހެވެއް އެދިގެން ކުރަންއުޅޭ ކަމެއްނޫން. ހެޔޮ ވެރިކަންކުރާން އައި ބައެއްގެ ގާތަށޤ ތިވެރީން ވައްދައިފިއްޔާ ދެންވެސް ވާނީ ހަމަ ކުރިން ކަންވީގޮތަށް. ތިޔަ ގާތްކުރަނީ މީހަކު ބާރަށް ފޮޑިއެއް ޖަހާލިޔަސް ދުވެ ފިލާ މީހެއް. އެހެޔޮ ރައްޔިތުންނަށް ކޮންމެ ފަދަގޮތެއް ވިޔަސް. ތިމާގެ އަންބޮނޑި ބޮޑުކުރަން އުޅޭކަން ވިސްނާ
އަސަރު69
10 October 2023
ރަނގަޅު ހެޔޮ ވެރިކަމެއް ގެނެސްދޭން މަސައްކަތް ކުރާ ބައެއްގެ ގާތަށް، މާ ބޮޑަށްވެސް ގާތަށް، މިހާރުވެސް ތިޔަ ގާތްކުރެވެނީ ކަތުރުފަނި. އެއަކުން ސަލާމަެއް ނުވެވޭނެ. އިބްރާހީމް ވެރިކަމުން ދުރުކުރުމަށޤ މިމާމެން ތިމާމެންގެ ޕާޓީ ދޫކޮށް އެހެން ޕާޓީއެއް އުފެއްދި ބަޔަކަށް ކޮން ރަނގަޅު ކަމެއް ކޮށްދެވޭނީ. އެމްޑީޕީ ހަލާކުކުރީވެސް އަދި އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައީވެސް ތިޔަ މުޑުދާރު މީހުން. ހައެއްކަބޯ ނެރެގެން ރައްޔިތުންގެ 15000 ވޯޓުލިބުމީ ތިމީހުންސައިޒު
ޢަލީމޫސާ
10 October 2023
ނަސީދުގެ ލަފައާ އެއްގޮތަށް ސަރުކާރެއް އެކުލަވާލައިފިނަމަ ތިންއަހަރުވާއިރު އެސަރުކާރެއް ވެއްޓޭނެ. ޢަބްދުލް ރަހީމް ނަމަ ނަމަ އެމޮޔަސޮރުގެ ވާހަކަ ގަބޫލުނުކުރާތި!
އަޙްމަދޔ
10 October 2023
އެންމެންވެސް ހިންގުން ވަރަށް ގޯހޭ ބުނި ސަރުކާރެއް ތިޔައީ. އެހެންވީމަ މިފަދަ މިކަހަލަ ބަޔަކު ބުނާ އެއްޗަކަށް ހެއްލިގެން ސަރުކާރު ހިންގަން އުޅޭނަމަ މުއިޒަށް އޮތް ތާއީދު ދާނެ. ވިސްނަވާތި.
އަޙްމަދުނަ
10 October 2023
އިންތިހާބީ ރައީސަށް؛ އަދި އަބްދުއްރަހީމަށް އެމީހުން ގެ ވާހަކަ ތައް އަޑުއެހިޔަސް ފަލަ ސުރުހީ ތަކަށް ނާރުވަބަލަ. އަޅުގަނޑުމެން ބޭނުމެއް ނޫން ރައީސްނަސީދު ކައިރި ކުރާކަށް. ޕްލީސް
އަހްމަދ
10 October 2023
ތިޔައީ ސަރުކާރު މެނޭޖް ނުކުރެވިގެން އަމިއްލައަށް އިސްތިއުފާދިން ބައެއް. ދެން ކިޔާދެވޭނެ އެއްޗެހި ވިސްނާ...
އިބޫއ
10 October 2023
އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ، ތައުލީމާއި ގާބިލްކަމަށް ބަލައި އެ މަނިކުފާނުގެ ސަރުކާރެއްގައި އެންމެންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ. އޭގެ ފުރަތަމަ ހެކި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަންސް ޕްރޮފެސަރ ޑރ އަލްއުސްތާޒު
ސހްޮުިދގއ
09 October 2023
ތިއޮތީ ހަލާކާ ގުޅިފަ