22 ނޮވެމްބަރ

November 22, 2020 29
ސިޔާސަތުތައް ޕާޓީގެ ތަސައްވަރާ އެއްގޮތެއް ނޫން: ހަސަން

ސަރުކާރުގެ ސިޔާސަތުތައް ހިނގަނީ އެމްޑީޕީގެ ތަސައްވަރާ އެއްގޮތަށް ކަމަށް ވިދާޅުވާން ދަތި ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

06 ނޮވެމްބަރ

November 06, 2020 6
އިސްލާހާ ހެދި ސަސްޕެންޑްކުރާނެ ކަމަށް ނުދެކެން: ހަސަން

ކުޅިވަރާ ބެހޭ ގާނޫނަށް އޭނާ ހުށަހަޅާ އިސްލާހުގެ ތެރޭގައި ހުރި ބައެއް ކަންކަމާ ހެދި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ސަސްޕެންޑްކުރާނެ ކަމަށް ދެކެވޭ ވާހަކަ އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

29 އޮކްޓޯބަރ

October 29, 2020 35
ހަސަންގެ އިސްލާހަށް ފާޑުކިޔުން އަމާޒުވެއްޖެ

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފް ކުޅިވަރާ ބެހޭ ގާނޫނަށް ހުށަަހަޅުއްވާ އިސްލާހުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ހިމަނުންވާފައިވާތީ އެކަމާ މެދު ކުޅިވަރުގެ ބައެއް އިސްވެރިން...

13 އޮކްޓޯބަރ

October 13, 2020 37
އަދީބުގެ މެސެޖުތައް އާންމު ކުރާނަން: ނަޝީދު

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ހެކީގެ ގޮތުގައި 70،000 ޓެކްސްޓު މެސެޖު ރައްޔިތުންގެ މަޖިލީހަށް ލިބި، އެ ތަހުގީގު ނުހިންގުނު ކަމަށާއި އެހެންވީމާ އެ ޓެކްސްޓްތައް އާއްމުކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

07 އޮކްޓޯބަރ

October 07, 2020 6
ހަސަން އާއި ޝިފާޒް ބައިވެރިވާން ކައުންސިލުން ފާހެއްނުވި

މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މާލޭގެ ރައްޔިތުންނާ ގުޅޭ ކަންކަމުގައި، އެމްޑީޕީގެ ފަރާތުން ލަފަ އާއި މަޝްވަރާ ދޭން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވާން ކައުންސިލުން ފާހެއް ނުވި އެވެ.

12 ސެޕްޓެމްބަރ

September 12, 2020 36
އުސޫލާ ޚިލާފަށް ނަޝީދު ނުފޫޒެއް ނުފޯރުއްވާ: އެމްޑީޕީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރު ކުރުމަށާއި އެ ނޫން ވެސް ބައެއް ކަންކަމުގައި މަގާމުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުއްވައި އަސާސީ ގަވާއިދާ ޚިލާފަށް އަމަލުކުރައްވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު...

09 ސެޕްޓެމްބަރ

September 09, 2020 149
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް އަންގަވައިފި އެވެ.

19 އޯގަސްޓް

August 19, 2020 20
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން

ކޮރަޕްޝަންގެ މައްސަލަތައް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނުވަތަ އެހެން އިދާރާއަކުން ހާމަކުރަންދެން މަޑުނުކޮށް ސަރުކާރުން އިސްވެ އެ މައްސަލަތަައް ބަލައި ހުއްޓުވަން މަސައްކަަތްކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

24 ޖޫން

June 24, 2020 17
މަޖިލީހުން ފުލުހުންގެ މިނިވަންކަމަކާ ނުބެެހޭނެ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީން) ފުލުހުންގެ ހިންގުމުގެ މިނިވަންކަމާ ނުބެހޭނެ ކަމަށް އެ ކޮމިޓީގެ މުގަައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

16 ޖޫން

June 16, 2020 91
ފުލުހުންގެ ބިލުގައި 241 ކޮމިޓީއަށް ބޮޑެތި ބާރުތަކެއް

ފުލުހުންގެ ގާނޫނު އަލުން ހެދުމަށް ޓަކައި ސަރުކާރުން ހުށަހެޅި ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ބާބެއް ހިމަނައިފި އެވެ.

05 ޖޫން

June 05, 2020 41
"ތަހުގީގުކުރުމަކީ މަޖިލީހުގެ އިންތިޒާމާ ބެހުމެއް ނޫން"

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިޔަސް ޖިނާއީ ކަމެއް ހިންގައިފި ނަމަ ފުލުހުންނަށް ބެލޭނެ ކަމަށާއި އެއީ މަޖިލީހުގެ އިންތިޒާމުގެ ތެރެއަށް ވަނުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

11 މާޗް

March 11, 2020 90
ކުރެއްދޫގެ ވެރިން ހައްޔަރުކުރަން ގޮވާލައިފި

ކޮވިޑް-19 ރާއްޖެއަށް ފެތުރެން މެދުވެރިވި ގޮތުގެ ޖިނާއީ ތަހުގީގު ހިންގާ އިރު ކުރެއްދޫ އައިލެންޑް ރިސޯޓްގެ ވެރިން ހައްޔަރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގައި މިއަދު ގޮވައިލައްވައިފި އެވެ.

11 ފެބުރުއަރީ

February 11, 2020 28
އެމްޑީޕީ ގައުމީ މަޖިލީހުގެ 53 ޕަސެންޓު ސަރުކާރުގައި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 53 ޕަސެންޓު މެމްބަރުން ތިއްބެވީ ސަރުކާރާއި ކުންފުނިތަކުގެ މަގާމުތަކުގައި ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

22 ނޮވެމްބަރ

November 22, 2019 21
ރިޕޯޓް އެކުލަވައިލީ ގަވައިދާ އެއްގޮތަށް: ހަސަން

ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނެގި ސަބް ކޮމިޓީން މަަަސައްކަތް ކޮށްފައި ވާނީ އުސޫލުގެ ތެރެއިން ރަނގަޅަށް ކަަމަށް އެ ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

21 ނޮވެމްބަރ

November 21, 2019 19
ސަބް ކޮމިޓީގެ ދިރާސާގައި އިދިކޮޅުގެ ބައިވެރިވުމެއް ނެތް

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނެގި ސަބް ކޮމިޓީ ގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށް، އެ ކޮމިޓީގައި ދެން ތިއްބެވި އިދިކޮޅު ދެ މެމްބަރުން ކަމަށްވާ...

18 ނޮވެމްބަރ

November 18, 2019 36
އުއްތަމަ ފަނޑިޔާރަށް 15 ތުހުމަތެއް!

މަގާމުން ވަކިކުރަން މިއަދު މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ކުރާ ތުހުމަތުތައް މަޖިލީހުން ހާމަކޮށްފި އެވެ.

13 ނޮވެމްބަރ

November 13, 2019 25
ޖޭއެސްސީގެ ނިންމުން ބާތިލް ކުރަން އުޅޭ ކަމުގެ ތުހުމަތު

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ސަސްޕެންޑްކޮށް، އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމި ނިންމުން ބާތިލް ކުރަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތު...

08 ނޮވެމްބަރ

November 08, 2019 52
ނުފޫޒު ފޯރުވި މީހުންގެ ނަންތައް ހާމަކޮށްދީ: ހަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރު ކަން ދިނުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ އަރިހުން އެދިވަޑައިގެންނެވި ސަރުކާރުގެ އިސް ބޭފުޅުންގެ ނަންތައް ހާމަކޮށް ދިނުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ގޮވާލައްވައިފި އެވެ.

25 އޮކްޓޯބަރ

October 25, 2019 117
އިިދިކޮޅަށް ހިތްވަރު ލިބޭ ކަންކަން ނުކުރަން އަންގައިފި

އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށް، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންނަށް އެ ޕާޓީން މިއަދު އިލްތިމާސްކޮށްފި އެވެ.

23 އޮކްޓޯބަރ

October 23, 2019 20
ހިޔާނާތުގެ ލިސްޓު ހާމަކުރަން ގޮވާލާ ކުއްލި މައްސަލައެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ނަންތައް ހާމަކޮށް އެމީހުންނާ މެދު ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައި ބަހުސް ފަށައިފި އެވެ.