ޚަބަރު / ފުލުހުން

ބްރިޖުގައި ބާރަށް ދުއްވައި ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ ނަމަ ނަސޭހަތުގެ މެސެޖެއް ފޮނުވަނީ

މާލެ: މާޗް 10، 2019- ބްރިޖާއި ހައިވޭން ދަތުރު ކުރާއިރު ހެލްމެޓް އެޅުން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވައި ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ ނަމަ ފުލުހުންގެ ނަސޭހަތުގެ މެސެޖެއް ފޯނަށް ފޮނުވަން ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ މެސެޖު ފޮނުވަން ފަށަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.

ބްރިޖްގައި ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭ ގޮތަށް އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ފޯނަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ފުލުހުން ދެނެގަންނަނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމަރާތައް މެދުވެރިކޮށެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ފުލުހުން މިފަދަ ފިޔަވަޅެއް އަޅާފައި ވަނީ ބްރިޖުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެ ނުރައްކާވާން ފަށާފައިވަނިކޮށެވެ.

51 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަދުނާނު (ތަބައް)

13 October 2023

ނިމުނުވެރިކަންވެސް ފެށުނުއިރު، ހިނގާމީހުން ހުރަސްކުރުމަށް، ފަހިކޮށްދީ ޓްރެފިކް ބަލަހައްޓައިދިން "ސަހަރޯ"އޭ ހީވާހާ "ހެޔޮފުޅު" މަގުމަތީގައި ދުއްވުމުގެ އަމާންކަން ބަލަހައްޓާފަރާތްތަކުގެ ލޮލުގައި"މަޑު"ލާފައިނޫންކަމެއް ނޭނގޭ މިހާރު؟......!

The name is already taken The name is available. Register?

ވަޓްމެސެޖް

12 October 2023

ބާރަށް ދުއްވާ މީހުންގެ ފޮޓޯ/ވީޑިއޯ ފެންނަ ގޮތަށް ބޮޑު ސްކްރީނެއް އެހިސާބުގަ ބަހައްޓަންވީ ލައިޓްގަ ޖެހި މަޑުކޮށްލައިގެން ތިބޭއިރު ފެންނަގޮތަށް. އަދި ތަކުރާރުކޮށް އެކަން ކުރުމުން އެމީހުންގެ ފޮޓޯތައް ސްކްރީންގެ އަރިމަތިން އަބަދު ފެންނަ ގޮތަށް ބަހައްޓަންވީ. ކޮންމެ ހަފްތާއަކު ބާރަށް ދުއްވުމުގެ ރިކޯޑް ހަދާ މީހުން އޭރުން އެނގޭނެ

The name is already taken The name is available. Register?

އަހަންމާކަލޯ

12 October 2023

ތި ކޮމެންޓު ފުލުހުންނަށް ވެސް ދާގޮތަށް ހަދާލާތި އެއީ ބުރިޖަށް އަރަން ދާއިރު އާއި ފައިބާ އިރު ފުލުހުންގެ ކާރާ ސައިކަލުތަށް ހިތުހުރި ގޮތަކަށް ޕާކު ކޮއްލާފަ ހުންނާތީ ކިރިޔާ އެކްސިޑެންޓް ނުވަނީ... ބޮޑު ވެހިކަލެއްގެ ފަހަތުގައި ދުއްވަމުން ސައިޑެކަށް ޖެހިލާ އިރަށް ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުން މިފެންނަނީ ޕޮލިސް ވެހިކަލްތަށް ލޭންތަކުގެ މެދުގައި އާއި ބުރިޖު ފައިބާ ދެކޮޅު ޕާކްކޮއްލާފަ ހުންނަތަން

The name is already taken The name is available. Register?

އަލިފުޅު3

12 October 2023

ޤަވާޢިދާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް މެސެޖެއް ފޮނުވުމަކީ ޤާނޫނާ ޤަވާޢިދު ދަންނަކަމެއް ނޫން! މީ ފުލުހުން ކުރާ ހެއްވާ ކަމެއް!

The name is already taken The name is available. Register?

ޓެކް

12 October 2023

ފުލުހުންނަށް ނަސޭޙަތް ދެވޭނެ ދޯ. އެކަން ކުރާނީ ކިހިނެތްކަން ޤަވާޢިދުގައި ނޯވެ. އެހެން ނޫނަސް ވަރަށް އަވަހަށް ޤަވާޢިދު ބަދަލުވާނެ އޮޓޯމެޓިކް ޖުރިމަނާ ކުރެވޭ ގޮތަށް ވެސް

The name is already taken The name is available. Register?

ހޮޓްކިންގ

12 October 2023

ފުލުން މެސެޖެއް ފޮނުވީމާ ވާޖިބު އަދާވީތޯ؟ ބައެއްފަހަރު ބުރިޖަށް އަރާކޮޅުގާ ވެހިކަލް މަޑުކުރުވައިގެން އޭގެ ސްޓިކާ ހަމަތޯ ބެލުމަކުންވެސް އެއީ އެކްސިޑެންޓް މަދުކުރެވޭނެ ކަމެއްވެސްނޫން. ފަހަތު ލައިޓް ނުދިއްލި ކިތައް ވެހިކަލްތޯ ހައިވޭގައި ދުއްވަނީ؟ ސްޕީޑްބާރުކަމުން އެހެންމީހުން ވިއްސައިގެން ދާވަރުވޭ، ލޭން ބަދަލު ކުރަނީވެސް ސިގްނަލް ނުދީ. ނުބައި ލޭނަށް އަރާ ތިބެފާ ދުއްވަނީވެސް ނުބައި ލޭންގަ. ބައެއްގައުމުތަކުގާ ފުލުހުން ފަހަތުން ގޮސް ހުއްޓުވާވެސް ހަދާ.

The name is already taken The name is available. Register?

އެޑަމް

12 October 2023

ބައެއްމީހުންހީކުރަނީ މުއިއްޒަކީ,ޑރމުއިއްޒުކިޔާތީ ޑރ.ސަހީމުމެންކަހަލަބޮޑުދީނީޢިލްމުވެރިއެއްކަމަށެވެ.ވީމާރައީސްކަމުގެ,ހުވާ ކުރުމުގެކުރިންއެމަނިކުފާނު ޕީއެޗުޑީ ނެންގެވީކޮންރޮނގަކުންކަން ސާފުކޮއްދެއްވާފިނަމަވަރައްއުފާކުރާނާމެވެ.

The name is already taken The name is available. Register?

ކޮންކުރީޓް

12 October 2023

ތިބޭފުޅާ ނޫސް ގަޑެއް ބަލީލީ މި ކޮމެންޓް ކުރަން އެކަނިތަ

The name is already taken The name is available. Register?

ހައްވައްތަ

12 October 2023

އެޑަމް އެކަންޏަށް ކަންނޭނގެ ތިހެން ހީވެގެން ތި އުޅެނީ. ކެމްޕެއިން ދުވަސްވަރު މުއިއްޒުގެ ހަޔާތަށް ލިޔެފަ ހުރި އާރޓިކަލެއް ކިޔާލި ނަމަ އެނގުނީސް ޕީއެޗްޑީ އާ މާސްޓާރސް އާ ޑިގްރީ ހެދީ ކޮން ދާއިރާ އަކުންކަން

The name is already taken The name is available. Register?

ނެޑަމް

12 October 2023

އެޑަމް ގޫގަލް ސާރޗެއް ޖަހާލީމަ ވިކިޕީޑިއާއިންވެސް ފެންނާނެ އަދި މާ ގިނަ މައުލޫމާތު. ހަމައެކަނި ޕީއެޗްޑީ ހެދި ރޮނގެއް ބަލާލަނީ ކީއްކުރަން..

The name is already taken The name is available. Register?

ކުޑަކަތީބު

12 October 2023

ކޮބާ މަގޭ ސައިކަލުގެ ފަހަތު ލައިޓް ނުދިއްލި ހުރީއޭ ކިޔާފަ ނެގި -/750ރ ކޮބާހޭ ތިބުނާ އިންސާފު!

The name is already taken The name is available. Register?

1828

12 October 2023

މާލޭ މީހުންވީމައި ނަސޭހަތުގެ މެސެޖެެއް. ތިޔައީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ދަންނަ ކަމެއްނޫން. ޤާނޫނު ތަންފީޒްކުރޭ. ނުކުރެވޭކަމަށް ވަނީނަމަ އިސްތިއުފާދީ.

The name is already taken The name is available. Register?

މައިތިރި

12 October 2023

ނަސޭހަތުގެ މެސެޖް އެ ފޮނުވަނީ ސިސްޓަމް ޗެކް ކޮށަލަން. ޖޫރިމަނާ މެސެޖް އަދި އޮތީ ކުރިއަށް. ސިސްޓަމް އަށް ނަންބަރ ކިޔަން އެގޭކަން ޔަޤީން ވީމަ. ކެއްކޮއްލާ

The name is already taken The name is available. Register?

ދޯޕައްޓާ

11 October 2023

އެއުޅެނީ އަނެއްކާ ޖޫރިމަނާކުރަން ފަށަންތޯއްޗެ، މިލިއަނުން ރިސްވަތުނަގައިގެންހުރިކަން ސާބިތުވެފަ ހުންނަމީހާއަތުން ބައިރުފިޔާވެސް އަތުނުލެވޭހާލު ޕާކިން ސްޓިކާ ޖަހައިގެން މިލިއަނުން އެބަ އަތުލާ ރައްޔިތުން އަތުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454