މުއިއްޒު އަލް ޖަޒީރާ އަށް ދެއްވި އިންޓަވިއުގެ ތެރެއިން: މޫސުމީ ބަދަލާ ގުޅޭ ވާހަކަފުޅަށް ފާޑުކިޔުން އަމާޒުވި
16 އޮކްޓޯބަރ 2023 - 13:16
އަންނަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑަައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު މޫސުމީ ބަދަލުތަކުގެ ކަންކަން ނަންގަވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އިންތިހާބީ ރައީސް މުއިއްޒު ދާދި ފަހުން އަލް ޖަޒީރާ އަށް ދެއްވި ހާއްސަ އިންޓަވިއުގައި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ފާޑުކިޔުން އަމާޒުވެފައިވާތީ "މިހާރު" އިން ސުވާލު ކުރުމުންނެވެ.
އަލް ޖަޒީރާ އަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ، އެއީ ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ހިސާބު ޖަހާ ވަރުގެ ސީރިއަސް ކަމެއްގެ ގޮތުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި، ރާއްޖެ އަށް އަޑިއަށް އެ ބުނާ ވަރަށް ނުދާ ކަމަށް ބެލުމަށް ރާއްޖެ ޒިޔާރަތް ކުރުމަށް ވެސް މުއިއްޒު އެދިވަޑައިގަތެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މުއިއްޒަށް ފާޑުކިޔުން އަމާޒުވި އެވެ. ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ އާއި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސަބްރާ ނޫރައްދީން ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ކަމާއި މޫސުމީ ބަދަލާ ގުޅޭ ގޮތުން ރާއްޖެ އަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަކީ ސާފުކޮށް ފެންނަން އޮތް ސީރިއަސް ހަގީގަތެކެވެ.
އިންތިހާބީ ރައީސް މުއިއްޒުގެ ތަރުޖަމާން ވިދާޅުވީ ފާޑުކިޔުންތައް އަމާޒުކުރަނީ އިންތިހާބީ ރައީސް ދެއްކެވި ވާހަކަފުޅުގެ މުރާދު އޮޅުވާލައިގެން ކަމަށެވެ. އެ އިންޓަވިއުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ވެސް އިންތިހާބީ ރައީސް ފާހަގަކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"އެކަމަށް ތައްޔާރުވުމަށްޓަކައި ކްލައިމެޓް އެޑެޕްޓޭޝަނަށް ތައްޔާރުވާން ޖެހޭ ވާހަކަ ދެއްކެވި. އަދި ބޮޑެތި އިގުތިސޯދުތައް އަމަލު ކުރަމުންދާ ގޮތުން ދިވެހިރާއްޖެއަކީ ވިކްޓިމައިޒް ވެފައިވާ ގައުމެއްކަން ވެސް ފާހަގަ ކުރެއްވި. ކާބަން ނިއުޓްރަލް ވާހަކަ އާއި އެ މަގަށް ގެންދަން ކުރައްވާނެ ސިޔާސަތުގެ ވާހަކަ ވެސް ދެއްކެވި،" ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް މިއަދު ވިދާޅުވި އެވެ.
"އިންތިހާބީ ރައީސް މޫސުމީ ބަދަލުތައް ހަމަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި އެ ވަނީ. އޭގެ ސަބަބުން ހުރި ގޮންޖެހުންތައް ވެސް ފާހަގަ ކުރައްވާފައި އެ ވަނީ."
Here is the full clip of what Dr.@MMuizzu said about the Climate Change issue.
— Malsha (@malshasharyf) October 16, 2023
Some people are taking it out of context. He acknowledged that he takes the issue seriously and will take appropriate measures to carry out sustainable development.
He has also done a lot of… pic.twitter.com/eNhahWDOh7
އިންތިހާބީ ރައީސް ގަބޫލުފުޅު ރައްވަނީ ފިރުޒުލް ވިދާޅުވިގޮތުގައި، އެ ގޮންޖެހުންތަކާ އެކު ވެސް ގައުމެއްގެ ގޮތުގައި ރާއްޖެ އަށް ކުރިއަށް ގެންދެވޭނެ ކަމެވެ. އިންވެސްޓްމެންޓްތައް ވެސް ރާއްޖެ އަށް ގެނެވޭނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
އަލް ޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވެފައިވަނީ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ދުނިޔެ އަށް ކުރަމުންދާ އަސަރުތަކަކީ ބޮޑެތި ގައުމުތަކުގެ އަމަލުތަކުން ކުރިމަތިވާ ކަންކަން ކަމަށެވެ. އެއީ ރާއްޖެ ފަދަ ގައުމުތަކުން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށާއި ނަމަވެސް އޭގެ އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖެ ފަދަ ގައުމުތަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އމމމމމމމމ
17 October 2023
ރާއްޖެ އަޑިއަށް ނުދޭ. ރާއްޖެ ދަނީ އުފުލެމުން ހުޅުމާލެއަކީ އެއް ޒަމާނެއްގަ ފަޅެއްގެ ގޮތުގައި އޮތް ތަނެއް މިހާރު 3 އަކަ ކިލޯމީޓަރުގެ ބިމެއް.
ޝަޒްލީ
17 October 2023
ރާއްޖޭއަށް ގެއްލުން ވާނެ އެއްވެސް ކަމެއް ޑރ. މުއިޒް އެއް ނުކުރައްވާނެ
ސާއިބް
17 October 2023
ތިތާގަ ބަޔަކު އެހާ ކަންބޮޑުވެ ވާނެ ފަދަ ވާހަކައެއް ނުދައްކާ. އަހަރެން އަހަރެންމެންގެ ރައީސް އަށް އިތުބާރު ކުރަން. އެއީ ކިޔަވައިގެން ހުރި ދުނިޔެއަށް ލޯ ހުޅުވަފައިވާ ބޭފުޅެއް.
ޢާރުސީ ކޮންކުރިޓު
16 October 2023
މީނަ ތިމާވެށި ނެރޭނީ ކޮންކުރިޓުން!
ތާށިވާ ކޮންކުރިޓު
17 October 2023
ތިޔައީ ވަރަށްވެސް ގާތްގޮތެއް. ތިފަދަ ކޮންސްޓްރަކްޝަން ކަންތަކަށް ވަރަށްވެސް މޮޅު ޤާބިލްބޭފުޅެއް.
އައިމިނާ
16 October 2023
ސާބަހޭ. މަނިކުފާނު.
ދެނެމިހާ
16 October 2023
މިތާ ސާބަހޭ މުއިއްޒޭ ކިޔާފަ މިކޮމެންޓު ކުރާ ބޮޓުންތައް ކޮންމެވެސް ވަރަކަށް މައުލޫއާ ގުޅޭ ވާހަކަ ދައްކާނަމަވެސް ރަނގަޅުތާ. ހަމަ ލިބޭ ފައިސާ ކޮޅު ހަލާލުކުރަން ކޮންމެ ކޮންމެ އެއްޗެއް ލިޔުނަސް ކަމަކު ނުދާނެ ދޯ. ދެން މާ އޮބިވިއަސް. އަނެއްކާ ކިތަންމެވަރަކަށް ސާބަހޭ މުއިއްޒު ގޮވިޔަސް އޭނާގެ ނެތް ފެންވަރެއް އޭނާއަކަށްވެސް ނުދެއްކޭނެ.
ނާހިފް
16 October 2023
މުއިޒްއަކީ ހުރިހާ ކަންކަމަށް ދޭންވާ ސަމާލުކަން ދެއްވާނެ ފަދަ ގާބިލު ލީޑަރެއް
އަފްޒަލް
16 October 2023
މުއީޒް ވިދާޅުވިހެން އަދި ރާއްޖޭ އަޑިއަށް ގޮސްދާނެތީ ބިރަކުން އަހަރުމެން ނޫޅެން. ގުދުރަތުން ވާންހުރި ކަމެއް ކޮންމެ މީހަކު ކިތަންމެ ތައްޔާރީތައް ވިޔަސް އަދި އަނގަ ފުޅާކޮށްފަ ވާހަކަ ދެއްކިޔަސް ބަދަލެއް ނުވާނެ
ރަފީގު
16 October 2023
5 ލައްކައެއްހާ މީހުންގެ އާބާދީއަކުން މުޅި ދުނިއޭގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް ކިތަންމެ މަސައްކަތެއް ކުރިޔަސް އޭގެން ނިކުންނާނެ މާ ބޮޑު ފައިދާއެއް ނޯންނާނެ. ތިއަށްވުރެ މާ މުހިންމު ކަންކަން މިވަގުތުން ވަގުތުތައް ކުރަން މި ގައުމުގަ ކުރަން އެބަހުރި
ބޮޑުމީހާ
16 October 2023
ބަލަ އަންނި ޑްރާމާކުޅެން ގައުމު އަޑިއަށްދަނީއޭ ކިޔައިގެން ކަނޑުއަޑީގައި ކެބިނެޓް މީޓިންގ ބޭއްވުމަކީ ބޭރުދުނިޔޭގެ އިންވެސްޓަރުން މިގައުމަށް ނާންނާނެ ސަބަބެއް. މޫސުމީ ބަދަލުތަކަށް މަސައްކަތްކުރާއިރު ގައުމު އަޑިއަށްދަނީއޭެ ކިޔައިގެން ޕްރޮމޯޓްކުރާކަށްނުޖެހޭ. 2050 ގަ މިގައުމު އަޑިއަށް ދާނަމަ ކީއްކުރަން ބޭކާރު ޚަރަދު މިތަނަށްކުރަނީ. އޭގެ ބަދަލުގައި މުއިއްޒު ބުނިގޮތަށް ބޭރުގެ އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުވާގޮތަށް ވާހަކަ ބައްޓަންކުރަންޖެހޭނީ