ބަޖެޓު ފޮތްތަކެއް. ސަބްލިމެންޓްރީ ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރަނީ އެސްއޯއީތަކަށް-- ފޮޓޯ: ނިޝާން އަލީ / މިހާރު
25 އޮކްޓޯބަރ 2023 - 12:55
ސަޕްލިމަންޓްރީގެ ބަޖެޓުގެ ގޮތުގައި ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭ ސަބްސިޑީ އާއި ލޯނާއި ގްރާންޑަށް ހޭދަކުރަން ކަނޑައަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ސަޕްލިމަންޓްރީ ބަޖެޓުގެ ތަފްސީލުގައިވާ ގޮތުން، އެންމެ ބޮޑު އަދަދެއް ދެނީ އިލެކްޓްރިކް ސަބްސިޑީގެ ގޮތުގަ އެވެ. އެއީ 420 މިލިއަން ރުފިޔާ އެވެ. އަދި ޓްރެޝަރީ ލޯނުގެ ގޮތުގައި 230 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ފެނަކައިގެ އިތުރުން ސްޓެލްކޯއަށް ދޫކުރާ އިލެކްޓްރިކް ސަބްސިޑީގެ ގޮތުގައި ވަނީ 110 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.
އާރްޑީސީއަށް ވެސް ޓްރެޝަރީ ލޯނުގެ ގޮތުގައި 60 މިލިއަން ރުފިޔާ ދޫކުރަން ހިމަނާފައިވެ އެވެ. ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނަށް 330 މިލިއަން ރުފިޔާ ދޭން ކަނޑައެޅި އިރު އެޗްޑީސީއަށް ވަނީ 280 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި 1.3 ބިލިއަން ރުފިޔާ ވަނީ ފިއުލް ސަބްސިޑީއަށް އިތުރުކޮށްފަ އެވެ. އަދި އާސަންދަ އަށް 1.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ސަބްލިމެންޓްރީ ބަޖެޓުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެންމެ ބޮޑު ހޭދައެއް އޮތީ އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށެވެ. އެ މަޝްރޫއުއަށް 344 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓަށް 335 މިލިއަން ރުފިޔާ ބަޖެޓުން ކަނޑައެޅި އިރު 34 ރަށެއްގެ ނަރުދަމާ ހެދުމަށް 290 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.
މީގެ އިތުރުން، ޕޮލްކޯ ހައުސިން ޔުނިޓްތަކުގެ މަޝްރޫއު ނިންމަން 150 މިލިއަން ރުފިޔާ އާއި މާލެ-ތިލަފުށި ބްރިޖުގެ މަޝްރޫއުގެ މަސައްކަތަށް 146 މިލިއަން ރުފިޔާ ވެސް ހިމަނާފައި އެބަ އޮތެވެ.
ޕީއެސްއައިޕީގެ 12 މަޝްރޫއުއެއް ހިންގުމަށް ސަޕްލިމެންޓްރީ ބަޖެޓުން ހޭދަކުރެ އެވެ. ޕީއެސްއައިޕީއަށް ޖުމްލަ 1.7 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅައިފަ އެވެ.
މިދިޔަ އަހަރު ވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އިތުރު 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އެވެ. ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރުން ފެށިގެން އަހަރުގެ މެދު ތެރެއިން އަންނަނީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޫލާސިރާޖު
26 October 2023
(34 ރަށެއްގެ ނަރުދަމާ ހެދުމަށް 290 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.) ކެމްޕޭނު ކުރެއްވިއިރު ވިދާޅުވީ ފެނާ ނަރޒދަމާ ޚިދުމަތް ނުލިބޭ ރަށެއް ނޯނއނާނޭ. މިހާރު ވިސްނާލީމާ މިއެނގުނީ. ރައްޔުތުން އަމިއްލައަށާ ފާޚާނާ ހޮޅި އަޅައިގެން އުޅުނު މީހުންވެސް މަނިކުފާގެ ޚިދުމަތުގެ ލިސްޓަށް ބަޔަކު ލައިދިމީމާ އަދަދު ކިޔަމުން އައިކަން.
1206
25 October 2023
ހެޔޮ ނުވާނެ. ތިޔަ ބޭކާރު ފައިސާތަކަށް ހޭދަކުރުން ހުއްޓައިލަ ބަލަ. ރައްޔިތުންގެ ކީސާތައް މި ދަނީ ދެ ފުށް ޖެހި ހަންޓޯޓޯ ވަމުން ވިއްޔަ. މި ކަމަށް ހައްލު ގެނެސްދޭނެ މީހެއް އަޅެފަހެ ނެތީތަ މި ގައުމުގައި. ހިނގާ ބަލަ ރައްޔިތުންގެ ފައިސާއިން ސަރުކާރު މި ކުރާ ބޮޑެތި އިސްރާފު ހުއްޓުވަން މުޒާހަރާ ކުރަން. ހުރިހާ ސިވިލް ސަރވަންޓުންވީ އެއްބަސް ކިޔައިފައި ހަފުތާއެއް ވަންދެން މަސައްކަތަށް ނުނިކުމެ އިހުތިޖާޖު ކުރަން. ނޫސްވެރިންނަށް އެއްޗެއް ބުނަން ކެރެނީކީ ނޫން.
1206
25 October 2023
ހެޔޮ ނުވާނެ. ތިޔަ ބޭކާރު ފައިސާތަކަށް ހޭދަކުރުން ހުއްޓައިލަ ބަލަ. ރައްޔިތުންގެ ކީސާތައް މި ދަނީ ދެ ފުށް ޖެހި ހަންޓޯޓޯ ވަމުން ވިއްޔަ. މި ކަމަށް ހައްލު ގެނެސްދޭނެ މީހެއް އަޅެފަހެ ނެތީތަ މި ގައުމުގައި. ހިނގާ ބަލަ ރައްޔިތުންގެ ފައިސާއިން ސަރުކާރު މި ކުރާ ބޮޑެތި އިސްރާފު ހުއްޓުވަން މުޒާހަރާ ކުރަން. ހުރިހާ ސިވިލް ސަރވަންޓުންވީ އެއްބަސް ކިޔައިފައި ހަފުތާއެއް ވަންދެން މަސައްކަތަށް ނުނިކުމެ އިހުތިޖާޖު ކުރަން. ނޫސްވެރިންނަށް އެއްޗެއް ބުނަން ކެރެނީކީ ނޫން.
1206
25 October 2023
ގައުމުގެ ކަންކަން އިސްލާހުން ނެއްޓި ހަލާކަށް ހުށަހޮޅި ދަނީ ދަންނަ މީހުން އެނގި ތިބެ ދަނެ ތިބެ ނުދަންނަ ކަމަށް ހެދި އަޅައިލުން ދޫކޮށް ފަރުވާ ކުޑަވެ ތިބެން އާދަ ވެއްޖެ ނަމަ އެވެ. މިހާރު މި ގައުމު މި ދަނީ އެ މަގަށް ކަމާ މެދަކު އަހަރެންގެ ހިތުގައި ރެވި ޝައްކެއް ވެސް ނުހިނގައެވެ. އެހެނަސް ހިތާމަޔަކީ މިންޖު ނެތް މަޖުބޫރަކުން ބަނދެވިފައިވާ ދޫތައް ގިނަ ކަމެވެ.. އެއް ބަޔަކު ފައިސާއާއި ހެދި. އަނެެއް ބަޔަކު ޢަބުރާ ހެދި. ހަލާކުގެ ލޮލަކަށް މިއެއް ނުފެންނާނެ.
ކޮރަލް
25 October 2023
އާރްޑީސީއަށް ވެސް ޓްރެޝަރީ ލޯނުގެ ގޮތުގައި 60 މިލިއަން ރުފިޔާ ދޫކުރަން ހިމަނާފައިވެ އެވެ. ސަރުކާރު ހިއްސާ ވާ ކުންފުނި ތަކަށް ކިތަންމެ ބައިވަރު ފައިސާ އެއް ދިނަސް ހަމަ ދޭއިރަށް ކުޑަ ދުވަސް ކޮޅެއް ތެރޭ ހުސްކޮށްލާނެ އެވެ. 1 ހާސް ރުފިޔާ އަށް ލިބޭ އެއްޗެއް ބިލުގަ 5 ހާސް ރުފިޔާ ޖަހައިގެން ވައްކަން ކުރާ އިރު ބަލާނެ މީހަކު ނެތެވެ.
ގޯރީ
25 October 2023
ވާނުވާ ނޭނގުނަސް ޙަސަދަވެރި ހިތަކާއިއެކު ކޮމެންޓެއް ކޮއްލެވޭތޯ ބަލާށެވެ. މާތް ﷲ ތިބާއަށް ހެޔޮ ވިސްނުން ދެއްވާށި. އަދި ތިބާގެ ނެގަޓިވް ވިސްނުން ޕޮޒިޓިވް ވިސްނުމަކަށް ބަދަލުކުރައްވައި ހެޔޮގޮތް މިންވަރު ކުރައްވާށި. އާމީން
ކޮރަލް
25 October 2023
އާރްޑީސީ، ފެނަކަ ފަދަ ތަންތަނުގެ ކޮރަޕްޝަން ގެ ވާހަކަ ތައް ނޫސް ތަކުގަ އާ ސޯސަލް މީޑިޔާ ގަ އެދަނީ ދައުރު ވަމުންނެވެ. ސްކޫލް ނިންމާ ފަ ، ޑިޕޮލޮމާ ހަދާފަ ، ޑިގްރީ ހެދިއަސް ވަޒީފާ ހޯދުމަކީ ވ އުނަދގޫ ކަމެކެވެ. ސަރުކާރު ޕާޓީ އަށް ވަނީމަ ނޫނީ މެމްބަރަކާ އެއްބައިވީމަ ވަޒީފާ ތައް ލިބެނީ ވަކި ވަރެއް ބަލާފަ އެއް ނޫނެވެ.