ޚަބަރު / އާސަންދަ

ޑިސްޕެންސިން ކޯޑު ދިނުމުން ނޫނީ އާސަންދައިން ބޭސް ނުނެގޭ ގޮތް ހަދަނީ

ބޭސް ފިހާރަތަކެއް: އާސަންދައިން ބޭސް ދޫކުރާއިރު އިތުރު މައުލޫމާތުތަކެއް ދޭންޖެހޭ ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފާމަސީތަކުން އާސަންދައިގެ ދަށުން ބޭސް ދޫކުރާއިރު ބޭސް ގަންނަ މީހާގެ ފޯނަށް ފޮނުވާ ޑިސްޕެންސިން ކޯޑު ޖަހައިގެން ނޫނީ ބޭސް ނުނެގޭ ގޮތް ހަދަން ހަމަޖައްސައިފި އެވެ.

އެ ކުންފުނީގެ މީޑިއާ އޮފިޝަލު، އާޝިޔާ ސޯލިހު އިއްޔެ ވިދާޅުވީ ބޭސް ނަގަން ދާ މީހާގެ އައިޑީކާޑު ނަމްބަރާއި ފޯނު ނަމްބަރުގެ ތަފްސީލު ހޯދައި، ޑިސްޕެންސިން ކޯޑު ދިނުމުން ނޫނީ ޓްރާންސެކްޝަން ފުރިހަމަ ނުވާ ގޮތަށް ނިންމީ އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.

ކްލިނިކަށް ދެއްކުމުން، އެ ކްލިނިކްގެ ތެރޭގައި ހިންގާ ކްލިނިކްގެ ބޭސް ފިހާރައިން ބޭސް ނުނަގައި، އެހެން ފާމަސީއަކުން ބޭސް ނަގަން ދާއިރު، ކްލިނިކްގެ ފާމަސީން ބޭސް ނެގި ކަމަށް ދައްކާކަމުގެ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށް އާޝިޔާ ވިދާޅުވި އެވެ.

ބޭސް ފިހާރަތަކުން މީގެ ކުރިން ބޭސް ދޫކުރުމުގައި އިތުރު އެއްވެސް މައުލޫމާތެއް ނުހޯދަ އެވެ. ހަމައެކަނި ބޭނުންވަނީ ޑޮކްޓަރުގެ ބޭސް ސިޓީ އެވެ.

"އެކަމަކު، ބޭސް ނަގަން ދާ މީހާގެ ފޯނަށް ލިބޭ ކޯޑު، ފާމަސިސްޓަށް ދިނުމުން ނޫނީ އާސަންދަ ޓްރާންސެކްޝަން ދެން ފުރިހަމައެއް ނުވާނެ. އެފަދަ ޝަކުވާތައް ލިބެމުންދާތީ އެޅި ފިޔަވަޅެއް މިއީ." އޭނާ ވިދާޅުވި އެވެ.

އާޝިޔާ ވިދާޅުވި ގޮތުގައި، މާލޭގެ ބައެއް ފާމަސީތަކުގައި އެ ފިޔަވަޅު އަޅަން ފެށިތާ ދެތިން ހަފުތާ ވެއްޖެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި، އާސަންދަ ލިބޭ ހުރިހާ ފާމަސީއެއްގައި އެކަން ތަންފީޒުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2020 ނިމުނުއިރު 400 އަށް ވުރެ ގިނަ ފާމަސީއަށް ވަނީ ހުއްދަދީފަ އެވެ. އެކަމަކު، އޭގެ ތެރެއިން އާސަންދަ ބަލައިގަންނަ ތަންތަނެއް ނޭނގެ އެވެ.

29 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 35%
icon wow icon wow 10%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒިންމާދާރިކަން ކުޑަ

28 October 2023

"ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2020 ނިމުނުއިރު 400 އަށް ވުރެ ގިނަ ފާމަސީއަށް ވަނީ ހުއްދަދީފަ އެވެ. އެކަމަކު، އޭގެ ތެރެއިން އާސަންދަ ބަލައިގަންނަ ތަންތަނެއް ނޭނގެ އެވެ." ނޭންގެންވީ ކީއްވެ. ވަރަށް ޒިންމާދާރުކަން ކުޑަ

The name is already taken The name is available. Register?

ވަހީދުބެ

27 October 2023

200 މިލިޔަން ރުފިޔާގެ ބިލް އަހަރެއްގެ މައްޗަށް ހުއްނަ ކަމަށްވޭ ހިސާބު ކިތާބު ދިމާނުވެ.

The name is already taken The name is available. Register?

ާހަސަނަނާ

27 October 2023

ބޭސް ސިޓީއަށް އެކަނިއެއްނޫން ތިހެން ކޯޑުދޭގޮތް ހަދަންވ، ޑޮކްޓަރަށް ދައްކަންވެސް ކޯޑުދޭން ޖެހޭގޮތް ހަދަންވީ، އޭރުން އާސަންދައިން ވައްކަން ކުރުން މަދުވާނެ!

The name is already taken The name is available. Register?

ޙައލގ

27 October 2023

އޭޑީކޭ ފާރމަސީގައި ނުކުރޭ

The name is already taken The name is available. Register?

ވަލާމް

27 October 2023

ތިޔަބުނާ ބޭސްފިހާރައަށް ފިޔަވަޅު ނާޅާ ރައްޔިތުންނަށް ފިޔަވަޅު އެޅީ..

The name is already taken The name is available. Register?

ކިމް

27 October 2023

އުނދަގުލެއް ވިއްޔާ ޖައްސާތި.

The name is already taken The name is available. Register?

ނޭނގުނޭތިވާގޮތެއް

27 October 2023

އާސަންދައިން ބޭސް ނެގީމަ ފާމަސީތަކުން ތައްގަނޑެއްޖަހާ އެ ބޭސް ނެގިކަމުގެ. ދެން އެހެން ތަނަކުން 2 ވަނަ ފަހަރަށް އެ ސިޓީއަށް އާސަންދައިން ބޭސް ނުނެގޭކަމަށް އެނގިފަ އޮތީ. 3 މަހަށް ދޭ ބޭސް ދެފަހަރުން ނެގޭނެތޯ އެހީމަ ފާމަސީން ބުނަނީ އެއްފަހަރު އާސަންދައިން އެ ބޭސް މަދުން ނެގިއަސް ދެން ނުނަގާ އޮތް ބައި އާސަންދައިން ނުނެގޭނެ ކަމަށް. އާސަންދައިން ބޭސް ނެގީމަ ފޯނަށް މެސެޖް އާދޭ އާސަންދައިން ކެނޑުނުކަމަށް.

The name is already taken The name is available. Register?

މޯދީ

27 October 2023

ތައްގަޑު ޖެހިޔަސް އިނގިލީގެ ނިޞާން ޖެހިޔަސް އެކަން ވެރިފައި ކުރެވޭނެ ގޮތެއްނެތް ތަނެއްގަ ހުރިހާ ވައްކަމެއްކުރާނެ

The name is already taken The name is available. Register?

ތަރުތީބު

27 October 2023

މިގައުމުގަ ހުރިހާކަމެއް މިސްޔޫށް. އެކަމާގުޅޭ ގާނޫނާ ހުރިހާ ގަވާއިދެއް ފުރިހަމައަށް ބްލެކް އެންޑް ވައިޓުން ލިޔެވީ އެގޭކަށެއް ނުހުރޭ. ހުސް ލޫޕްހޯލް. ދެން ގަވާއިދެއް އޮތަސް އެކަން ރަގަޅަށް އިންޕްލިމެންޓްކުރާތޯ ނުބަލާ، ކަންނެތްކަމާއި އިންޑިފަރެސްންސް. އެއްވެސް ކަމެއް ހުދޫދުގެތެރޭ ނުހިގާ. ނިކަންދެކިބަލަ ލައްކައިން އިލީގަލްކޮށްއުޅޭ ބިދޭސިން. ދުނިޔޭގެ ކޮންގައުމެއްގައި އެގޮތައް އުޅޭވޭނީ.

The name is already taken The name is available. Register?

ބަރަކޫޑާ

27 October 2023

އައިޖީއެމްއެޗް ކުރިމަތީ ހުންނަ އާސަންދަ ނުލިބޭ ބޭސްފިހާރަކުން އިންތިހާ އަގުބޮޑުކޮށް ބޭސްވިއްކާ. ރައްޔަތުންގެ ޝަކުވާތައް ކިހާވަރަކަށް ދިއަމަ އެކަމަގުޅޭ އޮތޯރިޓީހޭލަނީ. ހަތަރުދަމު މީޓީންބައްވާފަ ސައިމޭޒު ދޮށުގައި އަގަތެޅީމަ ނިމުނީތަ!

The name is already taken The name is available. Register?

ޚަދީޖާ އަޙްމަދު

27 October 2023

މިހާރު ޑޮކްޓަރަކަށް ދައްކައިފިއްޔާ 3 މަހުގެ ބޭސް ނުދޭ މީހަކު ނެތް. ޑޮކްޓަރުންގެ ނަމުގައި ތިބެ ދައުލަތުގެ މާލިއްޔާ ފޭރެމުން މިދަނީ. ޑޮކްޓަރުންވެސް ވައްކަން ކުރީމަ ވާނީ ވަގުންނަށް .

The name is already taken The name is available. Register?

އެ ބޭސް

27 October 2023

3 މަހަށް ބޭސް ދީފަ އެބަ ބުނޭ ޓެސްޓްތައް ލިބުނީމަ އަދި ފަހުން ދައްކަން ދާން. ދެން ދާއިރު ބޭހެއް ބަދަލުކޮށްފިނަމަ އެއްކަލަ ކުރިން ނެގި ބޭހަށް ވާނީ ކިހިނެތް؟

The name is already taken The name is available. Register?

ކަނދޮޅުދޫ އާދަނު

29 October 2023

3 މަހަށް ބޭސް ދީފަ އެބަ ބުނޭ ޓެސްޓްތައް ލިބުނީމަ އަދި ފަހުން ދައްކަން ދާން. ދެން ދާއިރު ބޭހެއް ބަދަލުކޮށްފިނަމަ އެއްކަލަ ކުރިން ނެގި ބޭހަށް ވާނީ ކިހިނެތް؟ ދެން އެބޭސްތަށް ކާލާނީކީ ނޫން އެއްފަހަރާ

The name is already taken The name is available. Register?

2222

27 October 2023

އެއްބަޔަކަށް ދުނިޔޭގެ ބޭނުން ޤައުމަކުން ބޭނުންވަރަކަށް ބޭސްފަރުވާ ކުރެވޭއިރު އަނެއް ބަޔަކު މިޖެހެނީ ސަލާންޖަހަން.

The name is already taken The name is available. Register?

ސެކް

27 October 2023

ފުލުހުން އާއި ސިފައިން ވާހަކަ ދޯ

The name is already taken The name is available. Register?

ޖުދީސަރީ

27 October 2023

ކޯޓުތަކު އުޅޭ ގުރޫޕުގެ ވާހަކަދޯ؟ އެވެރިންނަށް ހުރިހާކަމެއް އެންމެ މޮޅުކޮށް ދިނީމަވެސް ހުކުމް އޮންނާނީ އަގުބޮޑު ކޮޅަކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454