ބަންގްލަދޭޝްއާ ދެކޮޅަށް މި މަހު ގަލޮޅު ދަނޑުގައި ކުޅުނު މެޗަށް ފަހު ރާއްޖޭގެ ކުޅުންތެރިން ދަނޑުމަތީގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
27 އޮކްޓޯބަރ 2023 - 15:07
ގައުމީ ފުޓްބޯޅަ ޓީމު މި ފަހުން ހޯދި ދަށް ނަތީޖާތަކާ އެކު ފީފާ ރޭންކިންގައި ހަ ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
މިދިޔަ މަހު ނެރުނު ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 155 ވަނައިގަ އެވެ. އެކަމަކު އިއްޔެ ނެރުނު އެންމެ ފަހުގެ ރޭންކިންގައި ރާއްޖެ ވަނީ 161 ފުރޮޅާލައިފަ އެވެ.
މިއީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ރޭންކިން އަށް ފަހު، ރާއްޖެއަށް މިހާ ބޮޑު ވެއްޓުމެއް އައި ފަހަރެވެ. އެފަހަރު ރާއްޖެ، ރޭންކިންގެ 168 ވަނައަށް ވެއްޓުނެވެ.
ޖޫން މަހު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ކަޓައި ކުރިމަތިވި ބޮޑު ނާކާމިޔާބީ އަށް ފަހު، ގައުމީ ޓީމު ކުޅުނީ ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެ ލެގެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުހޯދި، ރާއްޖެއަށް ވަނީ ކޮލިފައިންގެ ގުރޫޕް ސްޓޭޖުގެ ޖާގަ ގެއްލިފަ އެވެ. ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަލމަ ލެގު 1-1 އިން އެއްވަރުވި އިރު، ބަންގްލަދޭޝްގައި ކުޅުނު ދެވަނަ ލެގު މެޗުން ރާއްޖެ ވަނީ 2-1 އިން ބަލިވެފަ އެވެ. އެއީ 20 އަހަރަށް ފަހު ބަންގްލަދޭޝްގައި ރާއްޖެ އެ ގައުމު އަތުން ބަލިވި ފުރަތަމަ ފަހަރެވެ.
ފީފާ ރޭންކިންގައި ރާއްޖެ އެންމެ ބޮޑަށް ކުރިއަށް ޖެހިލީ 2006 ވަނަ އަހަރެވެ. އެއަހަރު ރޭންކިންގެ 126 ވަނައަށް ރާއްޖެ ކުރިއަށް ޖެހިލި އެވެ. އެންމެ ދަށަށް ދިޔައީ 1997 ވަނަ އަހަރު، 183 ވަނައަށެވެ.
ދެކުނު އޭޝިއާ ސަރަހައްދުން އަދިވެސް އެންމެ ކުރީގައި އޮތީ 102 ވަނައިގައި އޮތް އިންޑިއާ އެވެ. ރާއްޖެއާ އެންމެ ގާތުގައި އޮތީ، ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު 173 ވަނައަށް ޖެހިލި ނޭޕާލެވެ. ނޭޕާލް ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ލާއޯސްގެ މައްޗަށް ކުރި ހޯދައި ދެވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.
އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާ ހޮންގް ކޮންގް ބަލިކުރި ބޫޓާން، އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު 182 ވަނައަށް ޖެހިލިއިރު، ރާއްޖެ ހިތްދަތިކޮށްލި ބަންގްލަދޭޝް ވަނީ ހަ ދަރަޖައިގެ ކުރިއެރުމަކާ އެކު 183 ވަނައަށް ޖެހިލައިފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައި ގުރޫޕް ސްޓޭޖުން ޖާގަ ހޯދި ޕާކިސްތާން ވެސް ވަނީ ރޭންކިންގެ ކުރިއެރުން ހޯދައިފަ އެވެ. އާ ރޭންކިންގައި ހަތަރު ދަރަޖައިގެ ކުރިއެރުމަކާ އެކު ޕާކިސްތާން އޮތީ 193 ވަނައިގަ އެވެ. ރޭންކިން އަށް ބަދަލެއް ނައިސް، ސްރީ ލަންކާ އޮތީ 202 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހަންމަދު ހަސަން
06 March 2024
ފޫޓްބޯލް ތެރެއަށް ގޭންގްތައް ހަރަކާތްތެރިވާން ފެށީމާ ދެނެއް ކުރިއަކަށް ނުކަނޑާނެ އޭގެތެރެއިން މާރާމާރީ ހިންގުން މިހާރު މިފެންނަނީ ، ގޭންގްތައް ކްލަބް ތަކަށް ރަޖިސްޓްރީވެ ރަސްމީ ސިފަ ޖައްސައިގެން އެމީހުންގެ އަސްލު މަސައްކަތާއިގެން އެމީހުން ކުރިޔަށް އެބަދޭ! މިހާހިސާބަށް ދައުލަތުގަ އެކި ދާއިރާތަކަށް ނުވަދެވި އޮތްތަން އެ ހަލާކުވަނީ ! މުޅި ދައުލަތުގެ ހުރިހާ ގުނަވަންތަކުގަ ގޭންގްތަކުގަ ބާރު ވަކިހިއްޕާފަ އޮތްވަރު ވަޒަންކުރެވޭ! ސިޔާސީން ދައުލަތް ލޫޓްވަނީ
ފީފާ ޕާރކިން
29 October 2023
މަޖީދީ މަގުގެ ޕާރކިންގ އަށް ގަލޮޅު ދަނޑު ދޭން ނިންމައިފިން- ފުރަތަމަ 100 ދުވަސްތެރޭ (ރިޔާސީ ވައުދު)
އެހެން ކަމެއް ނުވެޔޭކިޔާފަ މަހައްދޭބަލަ!
28 October 2023
އަލީ ރަމީޒުމެން ތުވާލި ބޮލުގަ އަޅަނީ ކަމެއްވެގެން. ދިވެހިން އެކަމައް ގޮސް ހުސްވެގެން ކުޅޭ ގައުމީ ކުޅިވަރު ފުޓުބާޅައިގަ، އަފްގާން ވެސް ދިވެހިންނައް ވުރެ ރޭންކިން މަތި ވިއްޔަަ!!
ތުނޑުހަސަނު
28 October 2023
ތިކަމަކާ ބައްސާމުމެން ހާސްނުވޭ. ގޭންގްތަކުން ވެސް ހާސްނުވޭ. ތިކަމާ ހާސްވަނީ އަހަރެމެންކަހަލަ ފުޓުބޯޅައަށް ލޯބިކުރާ މަދުބައެއް. ބައްސާމާއި ގޭންގުތަކުން ދަނީ އެމީހުންގެ މަޤުސަދުތައް ބަރާބަރަށް ޙާސިލުކުރަމުން.
ބސވސ
28 October 2023
އެއްބަޔަކަށް އެއީ ވަރަށް ބޮޑު ކުރިއެރުމެއް. ވޭތުވި 15 އަހަރަށް ބަލައިފިނަމަ އެނގެނެ ރާއްޖެ ދަނީ ކުރިޔަށްނޫންކަން. އަނގަތަޅާލައިގެން މިކަމެއް ނުވާނެ
ގުއިޒޯން
28 October 2023
ފީފާގެ ކޯޗިން ޓެސްޓުން ފާސްނުވެ ފޮނިއަނގަތަޅާ ގޭންގްސްޓާރުން ކޯޗުން ތިބޭހާ ހިނދަކު ފުޓުބޯޅަ ދާނީ އަޑިއަށް.
އަދިއޮތީ
28 October 2023
އަޑިއެޅުން އަދިއޮތީ. މިއަންނަމަހު ޗެކުކޮށްލާ. ނޭޕާލާއި، ބޫޓާނާއި، ބަންގްލަދޭޝް ވެސް ރާއްޖެ ދަށަށް ޖައްސާލާނެ!
ސަބަ ޓިނީ
27 October 2023
ބަރާ ބަރު! ބައްސާމުގެ މިންނެތް ބުރަ މަސައްކަތުން ފުޓުބޯޅައިގެ ދަރަޖަ ވަރަށް ރީއްޗަށް އެ އޮތީ އާ އުސްމިނެކައް ނަތީޖާ ނެރެ ދެއްވާ ފައި!!
ޢިހްސާސް..
27 October 2023
ތިޔަކަން ހުއްޓާލާފަ ކަސްރަތަށް ފުޓުބޯޅަ ދެން މިގައުމުގަ ކުޅުނިއްޔާ މާރަގަޅުވާނެ.
މިއައު
27 October 2023
ސޯ ސަޕްރައިޒްޑް