އިލެކްޝަންސް ކޮމިޝަނުން ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
30 އޮކްޓޯބަރ 2023 - 12:04
މީހުންނަށް ނޭނގި އެ މީހުން އެހެން ޕާޓީތަކަށް ބަދަލުކުރާ ކަމުގެ ޝަކުވާ ބޮޑުވުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ސިޔާސީ ޕާޓީތަކުގެ ދަފްތަރު މިއަދު އަލުން އާންމުކޮށްފި އެވެ.
އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާ އަދި ނޭނގި އެއް ޕާޓީން އަނެއް ޕާޓީ އަށް ޕާޓީތަކުގެ މެންބަރުން ބަދަލުކުރާ ކަމުގެ ޝަކުވާ ކެނޑިނޭޅި އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަލުން އާންމުކުރަން ނިންމީ އެ ޝަކުވާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންގެ މައުލޫމާތު އަނެއްކާވެސް ކޮމިޝަނުން އާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަށް،" އޭނާ ވިދާޅުވި އެވެ.
ހަބީބް ވިދާޅުވި ގޮތުގައި ރިވިއުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ލިސްޓު އެ ކޮމިޝަންގެ ވެބްސައިޓުން މިހާރު ފެންނާނެ އެވެ. އަދި އެސްއެމްއެސް އާއި ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އެ މީހަކު ރަޖިސްޓްރީ ކޮށްފައިވާ ޕާޓީގެ މައުލޫމާތު ޗެކު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" ހުށަހެޅުމަށް ވެސް ހަބީބް އެދިވަޑައިގަތެވެ.
މީގެކުރިން ވެސް މި ކަހަލަ މައްސަލަތައް ފެންމަތިވެގެން އީސީން އެކި ފިޔަވަޅުތައް އަޅާފައިވެ އެވެ. ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ބޮޑުވެގެން، މިދިޔަ އެޕްރީލް މަހުން ފެށިގެން ޕާޓީތަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ޕާޓީއެއް 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ވެސް ހެދި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
31 October 2023
ބޭންކު އެކައުންޓް ހުޅުވަން ބޭންކަށް ދާންޖެހޭގޮތަށް ސިޔާސީ ޕާރޓީއަކަށް ވަންނަންޏާ އިލެކްޝަންސް އަށް އަމިއްލައަށް ގޮސްގެން ހުށަހަޅާނެ. އެހެން ނޫނީ ޕާރޓީއަށް ވަންނަން ބޭނުން ނުވަނީކަމަށް ބަލަމާ. ކެނޑެން ވެސް އެމީހަކު އަމިއްލައަށް ދާންޖެހޭގޮތަށް ބާއްވާ. އެފަދަކަމަށް ނުކުޅެދޭ ފަރާތްތަކަށް، މެޑިކަލް ލިއުމާއި، ހަތަރު ހެކިންގެ ސޮޔާއި، އެމީހަކު ޝަރުޢީގޮތުން ބަލަމުންދާ ފަރާތެއްގެ ސޮއިވެސް ހުށަހަޅައިގެން ޕާރޓީއަށް ވަދެވޭގޮތަށް ހަދާ!
އަންދަލޫސިޔާ
31 October 2023
މީހުންގެ އައިޑީ ކާޑު ފޯޖުކޮށްގެން މަޢުލޫމާތު ބަދަލުކޮށްގެން ހުށަހެޅީމާ ވެސް އިލެކްޝަންސް ކޮމިޝަނުން އެކަން ފުލުހުންނަކަށް ހުށަހަޅާކަށް ނޫޅޭ. ދައުލަތުގެ އިދާރާއަކަށް ފޯޖަރީ ހުށަހެޅީމައި ކުށްވެރިނުވެ އުޅެވެންޏާ، އެކަން ކުރާ ބަޔަކު ކުރާނެ. ޕާރޓީއަށް ވައްދާ ކޮންމެ މީހަކަށް 5،000 ރުފިޔާގެ ރޭޓުން 20 މީހުން ވައްދާފަ 100،000 ރުފިޔާ ލިބޭކަމަށް ވަނީ. އެމީހުންނަށް އަދަބުދޭކަށެއް އީސީއިން ނޫޅޭ. ޕާރޓީން ވަކިކުރަން ހުށަހަޅަންޖެހެނީ އަމިއްލައަށް!
މާހިރު
30 October 2023
ތީގެން ތި އެނގެނީ އިލެކްޝަންސްގެ ނާޤާބިލްކަން. އެމީހަކު ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވުމުން އެމީހެއްގެ ފޯނަށް މެސެޖެއް ލިބޭގޮތް ނުހެދެންވީ ކީއްވެތޯ؟ އަދި އެމީހަކަށް ނޭނގި ޕާޓީއަކަށް ވައްދައިފިނަމަ އެޝަކުވާ ފަސޭހައިން ހުށަހެޅޭނެގޮތެއްވެސް އޮންނަންވާނެއެވެ. އެމީހަކަށް ނޭނގި ޕާޓީތަކުން ހިތުހުރިއެއްޗެއް ހެދިގެންނުވާނެއެވެ.
އަލްމުދިޝް
30 October 2023
އޭޓީއެމަކުން ފިހާރަޔަކުން ކާޑުން އެކައުންޓުން ބައިސެންޓް ކެޑިއްޖެނަމަ އެކަމެއް ގެ ތަފްސީލް އެމީެހީއްގެ ފޯނަށް އެބައާދެއެވެ. މިއުސޫލުން ޕާޓީ ނޫން ޕާޓީއެއްގައި ރަޖިސްޓްރީ ކޯށްދެވޭނީ އިސީއަށެވެ. އެހެންނަމަ އެކަން ކުރުމުގެ ކުރިން ޕާޓީން ވަކިވާން އެދިފަވާތޯ އެންގުމެއް ފޯނަށް އީސީން އެނގޭގޮތް ހެދެން އޮށްވައި 10000 ރ ފިޔާ ލިބޭގޮތް ހެދީމާ އެލަވަސް ތަށް ބޮޑުކޮށް ލަން ލިބޭފުރުސަތެކެވެ. ހިޔަޅު އުސޫލުން ކަންކުރީމާ މީތި ކަޑައެވެ.
ނުރަބޯ
01 November 2023
ވަރަށް މޮޅު ޚިޔާލެއް.
އޮނަރަބްލް އަފީފު ދީދީ
30 October 2023
އިލެކްޝަން ކޮމިޝަންގެ ޒިންމާއިން މިކަންބޭރުކޮށް، ޕާޓީ ދަފުތަރުބެލެހެއްޓުން ޕާޓީތަކާއިޙަވާލުކުރުމަށާއި، ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާދޭ އުސޫލު އިސްލާހުކޮށްދިނުމަށް ދައުލަތުގެ ބަންޑާރަ ނައިބްގެފަރާތުން މަޖިލީހަށްހުށަހެޅުން މުހިންމު. # މިހާރު މިއޮތްގޮތަށް މިކަންއޮތުމުން ސަރުކާރު ބަދަލުވުމާއިއެކުގައި ދައުލަތުގެ ސިވިލްސާވަންޓުންނަށް މަޖުބޫރުވޭ ސަރުކާރާއި ޙަވާލުވާޕާޓީއަށް ސޮއިކުރަން. މިކަމުންއަރައިގަނެވޭނީ މިދެންނެވި ޤާނޫނު އިސްލާޙް ކޮށްގެން.
އޮނަރަބްލް އަފީފު ދީދީ
31 October 2023
މަތީގައިދެންނެވި ބަދަލުގެންނައިރު ރެޖިސްޓްރީކޮށްފައިވާ ކޮންމެޕާޓީއަކަށް އަހަރަކު އިދާރީކަންކަމަށް 2 ލައްކަ ރުފިޔާ ދީފައި އިތުރަށް ފައިސާދޭނެ އުސޫލަކީ އެޕާޓީއަކުން އިންތިޙާބީ ގޮނޑިތައް (ރައީސުލް ޖުމްހޫރީއްޔާ އާއި ނައިބް، މަޖިލިސް މެންބަރުން، މޭރަރުން، ސިޓީ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން، ރަށު ކައުންސިލަރުން އަދި WDC މެންބަރުން ފަދަ) ކާމިޔާބުކުރާ ނިސްބަތުން އެގޮނޑިތަކަކަށް ކަޑައަޅާއަދަދުތައް ޕާޓީއަށްދިނުންކަމަށް ޤާނޫނުގައިލިއުން ރަނގަަޅު.
އަސްލު...
30 October 2023
ފުއާދު ރައީސްކަމުގައި ހުންނަވައިގެން އެއްވެސް ކަމެއްރަގަޅެއްނުވާނެ ނާގާބިލު ބޭފުޅެއް އެބޭފުޅަވިދާޅުވާގޮތުން ބަލަދުވެރިކުދިން ކުއްކުރިއަސް ޖޫރިމައިނާ ކުރާކަށްނުކެރޭ، އެކަމަކު ގާނޫނާއި ގަވާއިދުތަކުގައި ހުރި އަދަބުތަށް ވެސް....
ކޮރަލް
30 October 2023
ދެން ތިޔަ މައްސަލަ ހައްލުވެސް ކުރެވޭނީ އިލެކްޝަން އަށެވެ. ތިޔަ ވާހަކަ ދައްކާތާ 15 އަހަރު ވެއްޖެ އެވެ.
ކުރު ސީ
30 October 2023
މަ ގޭ އޮތީ ކޮންޕާޓީ އެއްގެ ކަމަށް ވެސް ނޭގިގެން ތިން ހަތަރު މީހުން ކައިރީގައި އަހާލާފިން
LaamuonlineDOTcom
30 October 2023
ނޭންގިޕާޓީބަދަލުކުރުން ދުވަހަކު ޕާޓީއަކާނުގުޅޭމީހުން ޕާޓީއަށް ނޭންގިވައްދާފައިއޮތުން، މިއީ އީސީގެ ފުރިހަމަ ސަޕޯޓާއެކު ހިންގަމުންދާކަންކަން! ވަރަށްތާކުންތާނުނުޖެހޭ ސިސްޓަމަކަށް ޕާޓީއަށް ވެއްދުމާ ޕާޓީބަދަލުކުރުމުގެ ވެރިފިކޭޝަން އީސީ ކުރިޔަށްގެންދަނީ