ބޮލީވުޑްގެ ތަރި، ޕްރިތީ ޒިންތާ.
31 އޮކްޓޯބަރ 2023 - 06:13
ފިލްމީ ދާއިރާއާ ދުރުގައި ހުރި ބޮލީވުޑްގެ ތަރި، ޕްރިތީ ޒިންތާ ދެކުނު އިންޑިއާގެ ފިލްމަކުން އަލުން ފިލްމު ކުޅެން ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމަކީ ދެކުނު އިންޑިއާގެ ސިނަމާގެ މަޝްހޫރު ޑައިރެކްޓަރަކު ގެނެސްދޭ ފިލްމެކެވެ. ނަމަވެސް، އެ ފިލްމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނޭނގެ އެވެ.
ޕްރިތީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ވަނަ އަހަރު ގެނެސްދިން "ބައްޔާޖީ ސުޕަހިޓް" އެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ. ޕްރިތީ އެ ފިލްމު ކުޅުނީ ވެސް ގިނަ ދުވަސްތަކެއް ވަންދެން ދާއިރާއާ ދުރުގައި ހުރުމަށް ފަހުގަ އެވެ.
އެ ފިލްމުގެ ކުރިން ޕްރިތީ ފެނުނީ 2013 ވަނަ އަހަރު އޭނާ އަމިއްލަ އަށް ޕްރޮޑިއުސްކޮށް ގެނެސްދިން ފިލްމު "އިޝްގް އިން ޕެރިސް" އެވެ. އެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހުނީ ނާމާކިޔާބީއާ އެވެ.
ޕްރިތީ ފިލްމީ ދާއިރާއާ ބޮޑަށް ދުރުވީ 2016 ވަނަ އަހަރު އޭނާ އެމެރިކާގެ މީހަކާ ކައިވެނިކޮށް، ދިރިއުޅުން ލޮސް އެންޖެލަސް އަށް ބަދަލުކުރި ފަހުންނެވެ. ނަމަވެސް، މިފަހުން އޭނާ ވަނީ ވަރަށް ގިނައިން ބޮންބޭ އަށް ދަތުރުކޮށް، ފިލްމީ ދާއިރާގެ އިވެންޓުތަކުގައި ވެސް ބައިވެރިވެފަ އެވެ.
"ވީރް ޒާރާ" އާއި "ކަލް ހޯނާ ހޯ" އަދި "ކޮއި މިލް ގަޔާ" ކަހަލަ މަޝްހޫރު އެތައް ފިލްމެއް ކުޅެފައިވާ ޕްރިތީ އަކީ 2000ގެ ކުރީކޮޅުގައި ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު އެކްޓްރެސުންގެ ތެރޭގައި ހިމެނުނު ތަރިއެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2023
31 October 2023
މިހާރު ތި ނުހިގާނެ މިހާރު ހިނގާނީ ކުރިތީމެން..... ބޮއިހަލަކި