ގދ. ވާދޫ މަތިން ފެންނަ ގޮތް: އެ ރަށަށް އިޒްރޭލު ޓޫރިސްޓުން އެރުން ހުއްޓުވުމަށް ވެސް މާދަމާގެ ކައުންސިލް ބައްދަލުވުމުގައި ފާސް ކުރުމަށް ވަނީ ހުށަހަޅާފައި.--
01 ނޮވެމްބަރ 2023 - 11:43
ފަލަސްތީނުގެ މީހުންގެ ތެރެއިން 1،000 މީހަކަށް ގދ. ވާދޫން ބިން ދޫކުރަން ކައުންސިލްގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.
މާދަމާ ބާއްވާ އެ ރަށު ކައުންސިލްގެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނިންމަން ހުށަހެޅުއްވީ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ.
ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ވާދޫގެ އާބާދީއަކީ 1،500 އެވެ. އާންމު ގޮތެއްގައި އެ ރަށަށް ޓޫރިސްޓުން ދަނީ ރާޅާ އެޅުމަށެވެ.
ހަސަން ހުށަހެޅުއްވީ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންގެ ތެރެއިން 1،000 މުސްލިމުންނަށް، ކުޑަކުދިންނާ އެކު، ވާދޫގައި ވަޒަންވެރިވުމަށް ބިން ދިނުމަށާއި އިޒްރޭލުގެ މީހުން އެ ރަށުގެ ބްލޫބޯލްސް (ސާފިން ޕޮއިންޓު) ބޭނުން ކުރުން ހުއްޓުވުމަށާއި ވާދު އަށް ޒިޔާރަތް ނުކުރެވޭނެ ގޮތް ހެދުމަށެވެ.
ހަސަން ވިދާޅުވީ، ކައުންސިލާއި ވާދޫގެ އާންމުން މަޝަވަރާކުރީ އެ ރަށަށް ރާޅާ އެޅުމަށް ދާ އިޒްރޭލުގެ ޓޫރިސްޓުންނަށް އެ ރަށަށް ނޭރޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އަދި ފަލަސްތީނުގެ އާއިލާތަކަށް އެ ރަށުން ބިން ދޫކުރުމަށް ހިޔާލު ކުރީ ވެސް ރަށު ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާފައި ވަނީ 1،000 މީހުންނަށް ބިން ދިނުމަށް. އެއީ އެ އާއިލާތަކުން އަންނަ ކުޑަކުދިންނާ އެކު. އަންނަ މީހުން [ފަލަސްތީނަށް] ދާން ބޭނުން ވެއްޖެ ނަމަ ދެވޭނެ. އަޅުގަނޑުމެންނަށް ވެސް އެނގޭ އަންނަ މީހުން އަބަދު އުޅެން ނައިސްދާނެކަން،" ހަސަން ވިދާޅުވި އެވެ.
"މި ވަގުތުގެ ހާލަތަށް ބަލާފައި އަޅުގަނޑުމެން އެ ގޮތަށް ބިން ދިނުމަށް މަޝްވަރާ ކުރީ. އެ މީހުން ދަނޑު ހައްދަން ނުވަތަ ކާންބޯން މަސައްކަތެއް ކުރަން ބޭނުން ނަމަ ދަނޑު ބިން ދޭން ވެސް އަޅުގަނޑުމެން ވާނީ މަޝްވަރާ ކޮށްފައި."
ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި، ފަލަސްތީނާއިއެކު ދިވެހިން ތިބިކަން އަންގައިދިނުމުގެ ގޮތުން ވާދޫގައި ބޭއްވި ހިނގާލުން.-- ފޮޓޯ: ވާދޫ ކައުންސިލް
ހަސަން ވިދާޅުވީ، އެ ހުށަހެޅުން ހުށަހެޅުއްވީ ރަށުގެ އާބާދީ އިތުރު ކުރުމަށާއި މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ ފަލަސްތީނުގެ މީހުންނަށް އެހީވުން ކަމަށް ވާތީ ކަމަށެވެ.
"އަޅުގަނޑުމެން ރަށަކީ 197 ހެކްޓަރުގެ ބިމެއް. ކުރިއަށް އޮތް 50 އަހަރަށް ގޯތި ދޫކުރުމަށް ފަހު ވެސް ގޯތި ދޭނެ ޖާގަ މި ރަށުގައި އެބައޮތް. އެހެންވެ އަޅުގަނޑުމެން އެކަމާ މަޝްވަރާ ކުރީ،" އޭނާ ވިދާޅުވި އެވެ.
ވާދު އަށް ރާޅާ އެޅުމަށްދާ އިޒްރޭލު މީހުންގެ އުނދަގޫ އާންމުނަށް މިހާރު ވެސް ވަމުންދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެ ރަށުން ބިން ދިނުމާއި ރަށަށް އިޒްރޭލުގެ ޓޫރިސްޓުން އެރުވުން ހުއްޓާލަން މަޝްވަރާ ކުރި ނަމަވެސް އެކަން ވާނީ ސަރުކާރުން ކޮށްދީގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އިޒްރޭލުގެ ޓޫރިސްޓުން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ބައެއް ކައުންސިލްތަކުން އަންނަނީ ސަރުކާރުގައި އެދެމުންނެވެ. އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައި ވެ އެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތް ހަދައިދިނުމަށް ޕެޓިޝަނެއްގައި ހުށަހެޅުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. އެކަމަކު، ސަރުކާރުން އެކަމާ އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟީޔާ
08 November 2023
ތުލުސްދޫގަ އިސްރައިލް މީހުން އަޅާފަ އޮތީ، ޓުއަރިސްޓުން. އެމީހުން ހޯދާ ބާލަން ޖެހޭ
އޭއި އޭއި.
02 November 2023
ތިޔައީ އިޒުރޭލުން ފަލަސްތީން ހުސްކޮށް ލުމަށް ރޭވިފައިވާ ރޭވުމަށް ބައިއަތު ހިފުން ފަދަކަމެއް. ޒިންމާދާރުވުމަކީ ފުންކޮށް ވިސްނައިގެން ކުރެވޭނެ ކަމެއް.
އަހުމަދޭ
02 November 2023
ރަނގަޅުކަމެއް.
ފައިކޮޅޭ
02 November 2023
ދިވެހިންނަސް ގެދޮރުގެ ދަތިކަން ލިބިފަ ތިބިއަސް ތިމީހުންނައް ބިންކޮޅު ކަނޑަފައި އަވަހައް ދޭންވީ ދޭންވީ.
އާޕިސްސ
02 November 2023
ތި ދެން ނުކުރެވޭނެ ކަމެއް. ސުޕަހެޑުލައިން އަކައްވެސް ނުވޭ ދިވެހިގާނޫނު އެގޮތަކައް ނުރުހޭ. ގާނޫނު ފުޑާލުމުގެ ނިމުން ނިމިނަމަ އަދަބުލިބެން ވާނެ. ފަލަސްތީނު ރައްޔިތުން އެއްކޮށް ވާދޫއަށް އެޅިނަމަވެސް އެބިމުގެ އަދި މުސްލިމުންގެ ފުރަތަމަ ޤިބުލަގެ ދިފާއުގާ ނުކުނަންޖެހޭ ތިޔަކައުންސިލުން ވެސް
ލޯލީޓި
02 November 2023
ދިވެހީންގެ ގަމާރުކަމާއެ!
އަލްމަސް
02 November 2023
ތީ އިޒްރޭލުން ބޭނުންވާ ގޮތް. މިސުރުންނާ އުރުދުން ބޯޑަރު ނުހުޅުވާ އެތިބެނީވެސް އެހެންވެ.
އެޑަމް
02 November 2023
މޮޔައިންގަޔައްޖަހާ އިންޖެކުސަން ހުރޭތޯ? ކުރިންމޮޔައިންފެންނަނީމަގުމަތިން ނަމަވެސް މިހާރަކައްއައިސްސަރުކާރުގެ ދާއިރާތަކުން ރަނގަޅުމަގާމުތަކުންވެސް މޮޔައިން ފެންނަންފަށާފި މޮޔަމީހުންނަކީ ހަމައެކަނިމީހުންނަށްު އުނދަގޫކޮއް,މަގުމަތީއަވުގުރާނަ ގޮވަމުންހިނގާމީހުނެއްނޫނެވެ.ސާހީމޮޔައިންވެސްއުޅޭނެ އެއީކޮސްވާހަކަދަޢްކާމީހުން!
ތިކަމެއްނުކުރެވޭނެ
02 November 2023
މި ނުކުތާތަށް ކިޔާލަ: 1-އިނގިރޭސި ވިލާތުން ފަލަސްތީނުގައި ޔަހޫދީން ގެ ދައުލަތެއް ހަދާ، ފަލަސްތީނު މީހުން ނިކަމެތި ކޮށްލީ މީގެ 75 އަހަރު ކުރިން. އެމެރިކާ އިޒްރޭލާއެކު އޮތްހާދުވަހަކު މައްސަލަ ޙައްލެއް ނުވާނެ 2-ފަލަސްތީނު މީހުން ދުނިޔޭގެ އެތަންމިތަނަށް ހިޖްރަކޮށް ވިއްސިވިހާލިވެ، ފަލަސްތީނުގެ ބިމުން އެމީހުން ނުކުތުމަކީ އިޒްރޭލު ބޭނުންވާނެގޮތް. 3-ވާދޫ ރައްޔިތުން ފަލސްތީނާ މެދު ހަމްދަރުދީ ވިޔަސް، މި ޙަޤީޤަތާ އަދި ރާއްޖޭގެ ޤާނޫނަށް ވިސްނާލާ
އަބްޑޫޅް +
02 November 2023
ދިވެހިރާއްޖެ އަކީ، ޒަމާނޫއްސުރެން ސުލުހަމަސަލަސްކަން އޮތް ތަނެއް. މިތަނަށް ޓެރަރިޝްޓުން ގެނެއްސިއްޔާ މިނިވަންކަންވެސް ގެއްލޭނެ. ކަލާކޮއްޓާކާ، ތިޔަކަން ނުކުރޭ!
މަބަލްދީބް؟
02 November 2023
ޓެރަރިސްޓުންނޭ؟ ކަލޭގެ ލަދުހަޔާތްކޮބާ؟
ޓެރަރ
02 November 2023
1500 މީހުން މެރި ބަޔަކު 300 މީހުން ކިޑްނެޕް ކުރި ބަޔަކު ޓެރަރިސްޓުންނަށް ވާނީ