ޖަލުގައި ހުންނެވުމަށްފަހު ޔާމީން ގެއަށް ވަޑައިގެންނެވި ވަގުތު އެތަނަށް އެއްވެ ތިބި އެ މަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމްކުރައްވާއިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި.- ފޮޓޯ: ނިޝާން އަލީ | މިހާރު
02 ނޮވެމްބަރ 2023 - 18:10
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވަނީ ޕީޕީއެމާ އެއްވެސް ހިޔާލުތަފާތުވުމެއް އޮވެގެން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ޕީއެންސީގެ ފޯމު ފުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ. އޭގެ ފަހުން، މުއިއްޒު ވެސް ވަނީ ޕީއެންސީ އަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ކުރާއިރު، އެ ޕާޓީއާ ގުޅިފައިވާ ޕީޕީއެމުން މެމްބަރުން ވަކިނުކުރަން ސަމާލުވާން އެދިވަޑައިގަންނަވާފަ އެވެ.
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އައްޑޫ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ޕީއެންސީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރަނީ އެއީ ވެރިކަން ކުރާ ޕާޓީއަށް ވާތީ އިންތިހާބީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ނިމުނު ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު ކާމިޔާބުކުރެއްވި އިރު އެޕާޓީގައި ތިބީ 3،000 އެއްހާ މެންބަރުން ކަމަށާއި އަމާޒަކީ ޕީއެންސީގައި 10،000 މެންބަރުން ހަމަކުރުމެވެ.
އެކަމަކު، ޔާމީނާއި މުއިއްޒު ވެސް އިރުޝާދު ދެއްވާފައިވާ ގޮތަށް އެ މަސައްކަތް ކުރާނީ، ޕީޕީއެމްގައި ތިބި އެއްވެސް މެމްބަރަކު ޕީއެންސީއަށް ނުގެނެސް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އެއްގޮތަކަށް ވެސް ޕީޕީއެމާއި ޕީއެންސީގެ ހިޔާލުތަފާތުވުމެއް އޮވެގެން ހިނގާ ކަމެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.
ނިމުނު ރިޔާސީ އިންތިހާބުގައި މުއިއްޒުގެ ކެމްޕޭނު ޖަލްސާއެއްގައި އަދުރޭ ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ
އޭނާ ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ އަކީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށާއި، މުސްތަގުބަލުގައި ކުރިއަށްދާނީ ވެސް ދެ ޕާޓީގައި އެކުގައި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 38،704 މެމްބަރުންނެވެ. އެ މުއްދަތާ ހަމައަށް ޕީއެންސީގައި ތިބީ 3،159 މެމްބަރުންނެވެ.
މުއިއްޒު ބޭނުންފުޅުވަނީ ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ޕީޕީއެމް/ޕީއެންސީ ގުޅިގެން ވާދަކޮށް، މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާށެވެ. ޔާމީން ވެސް މި ހަފްތާގެ ތެރޭގައި ޕީޕީއެމް މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ބާރު އެޅުއްވީ، މަޖިލިސް އިންތިހާބުގައި ދެ ޕާޓީ އެއްކޮށް ވާދަކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
16 November 2023
"ޕީޕީއެމާއި ޕީއެންސީ އަކީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށާއި، މުސްތަގުބަލުގައި ކުރިއަށްދާނީ ވެސް ދެ ޕާޓީގައި އެކުގައި ކަމަށެވެ."އަދުރޭ، ހާދަ ހީނުވޭ ތިހެން ތިކަން ވެދާނެހެން، އެއް އުރައިގަ ދެކަނޑި.......، ރ ޔާމީނު އެންޑޯޒް ކުރައްވާފައިވާ ކެންޑިޑޭޓަކީ މުއިއްޒު، ދެބުރަށް ވޯޓު އެޅިއިރުވެސް ޔާމީނު ވޯޓުނުލާ، ހުވާކުރުމުގެ ރަސްމިއްޔާތަށްވެސް ނުދާން ނިންމީ ބަހަނާއެއް ދައްކާފަ، ޕިއްޗަރު އަދި ތިފެށެނީ ކަންނޭގެ.
އަފްރާސިޔާބު
03 November 2023
ކީއްވެ ވަކި މެންބަރު ކަމަށް މީހަކު ފޯމް ފުރީމާ އޭނާ އަކީ އެމްޑީޕީ މެންބަރެއްތޯ ޕީޕީއެމް މެންބަރެއްތޯ ބަލާފައި ނުވަދެވޭނޭ ބުނާކަށް. އެމީހަކު ވަންނަން ބޭނުންވާ ޕާޓީ އަކަށް ވަދެވެން ވާނެ. އެނޫން ގޮތަކަށް އެކަން އޮތްނަމަ ނާއިބު ރައީސަކަށް ހޮވުނީމާ އޭނާ ނުޖެހޭނެދޯ ޕީއެންސީގެ ފޯމް ފުރައި ޕާޓީ ބަދަލު ކުރާކަށް.
ބޮޑުމީހާ
02 November 2023
މަޖްލީހަށް މިފަހަރު ތަންކޮޅެއް ހަމަޖެހޭ އިލްމީ މީހުން ހޮަވަންޖެހޭ، ގައުމުގެ ހުރި ހުރިހާ މައްސަލަތައް ގޮސް މިިނިމެނީ މަޖްލީހާ ހަަމައިން. ޕާޓީ މީހާ، އާއިލާ މީހާ، ރައްޓެހި މީހާއަށް ނުބަލައި ގާބިލު މީހުން ހޮވަންޖެހޭ
ޢަރުތަ
16 November 2023
ދާއިރާތަކަށް ކުރިމަތި ލައިގެން އުޅެނީ ވެސް ވަރަށް ޤާބިލު މީހުން، މަހަމަ އަންތަރީސް.
އިސްހާޤު.
02 November 2023
އައްޑޫ ކައުންސިލްގައި ތިބި އެމްޑީމީ އެންމެން ހިސާބު ސޯރ ގެ ޕާތީއަށް ސޮއިކުރަން ހަމަޖެހިއްޖެ. މިފަހަރު ވަރަށް ރީއްޗަށް ކެޔޮގަނޑުގެ ފޫވައް ވެއްޓޭނެ.
ކައްދާގެ މަރިޔަންދީދީ.
02 November 2023
އައްޑޫ މޭޔަރު މިފަހަރު ޕީއެންސީއަށް ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން ޙަބަރު ލިބޭ. މިރަސްމީއްޔާތު އެއްވެސް ޗެނަލަކުން ދައްކާ ލައިވްކޮށް ދައްކާ ގޮތަށް އޮންނަމަ ސޮއިކުރުމުގެ ކުރިން އެންގުން ވަރަސް މުހިންމުވާނެ.
ޢަރުތަ
16 November 2023
ސިޔާސީ ދާއިރާގަ ގިނަވާނީ "ބޯވަ"، މާޒީގަ އޮތީ އެތަން ފެންނަން.
ކަލޯނޭ
02 November 2023
ތިއީ ތެދެއް ކަމަށްވާނަމަ 2 ޕާޓީއެއްގެގޮތު އޮތުމުގެ މާނައެއްނެތް
އޮނަރަބްލް އަފީފު ދީދީ
02 November 2023
ރިޔާސީދައުރު ފެށޭދުވަހާއި، މަޖިލިސް އިންތިޙާބާއިދެމެދު ވަރަށް ވަގުތު އެބައޮތް. # ހުޅުމީދޫ ހިތަދޫ ބްރިޖާއި އައްޑޫމީހުންގެ ހިތްކަމަށް އެމީހުންދެކޭ އިޤިރޭސި ދައުލަތުން ތަރައްޤީކޮށްފައިވާ GAN International Airport ގައި ނުފޫޒުގަދަބައެއްގެ މަސްލަހަތަށްޓަކާ އަޅުވާފައިވާ "މަރުގެ ތަޅު" ނައްޓާލާ އެއަރޕޯޓް ފުލްފުލޭޖްގައި އޮޕަރޭޝަނަށް ގެންނަން ވައުދުވުމުން އައްޑޫމީހުން ވޯޓްދީފި. ދެންއިތުރަށް ވޯޓާއި، ސޮއިހޯދަން އަންނާންވާނީ ބަޔަކާއި މަސައްކަތް ޙަވާލުކޮށްފައި.
އޮނަރަބްލް އަފީފު ދީދީ
02 November 2023
ސޯލިޙްވެސް ވޯޓްހޯދަން އައްޑޫ ފަޅުގައިއޮތް ކަންނެލި އޮނޑިއެއްގައިހުރެގެން އެތައް ވައުދުތަކެއްވި. އަދި މަޖިލިސް ހުރިހާ ގޮނޑިތައް އައްޑޫރައްޔިތުން އެބޭޅާގެޕާޓީއަށް (ކުރީގެ އެމްޑީޕީއަށް) ދިނީ "އައްޑޫ ރަރައްޤީވެގެންނޫނީ ރާއްޖެ ތަރައްޤީނުވާނެ" ކަމަށް ދެއްކި ހީލަތްތެރި ވާހަކަތަކުގެސަބަބުން. # ކުރީގެ ތަޖުރިބާއާއި ހެދި މިދަތުރުގައި ޕީއެންސީއަށް ސޮއި ނުލިބުނުކަމަށްވިޔަސް އައްޑޫބްރިޖް ބިޑަށްލައި ބަޔަކާއި ޙަވާލުކުރުމަށްފަހު ތަފާތުބައްލަވަން ވަޑައިގަންނަވާ.
އއއޓ
02 November 2023
ރައީސް ޔާމީނުގެ ހުނަރުވެރިކަމުން އުފައްދައި، ބާރުގަދަކޮށްފައިވާ ދެޕާޓީގެ ހިންގުމުގައި މިހާރު މައްސަލައެބައުޅޭ. އަނގައޮތީވިއްޔާ ކާޅެއްނުކާނެ. ދެޕާޓީގެ މުގޫމިހާރުއޮތީ ދެއަތެއްގައި. ވާނެެގޮތް ވަރަށްސާފު. އަދުރޭތަޅާހައި އަނގައެއްތަޅަނީ އަނދަމުންދާ އަލިފާންގަނޑު ޕާޓީގެ ރައްޔިތުންނަށް އޮޅުވާލަން. ރައީސް ޔާމީންގެ ބަހާއި ޢަމަލު ހުރިގޮތުން ނުރުހުން ވަރަށްސާފުކޮށްފެނޭ. ނޮވެންބަރު 17އިގަ އިތުރަށް ސާފުވާނެ.
ސޮރީ
03 November 2023
ޕޕ އުފެއްދީ ޔާމީނެއް ނޫން.
ޢަރުތަ
16 November 2023
ޕީޕީއެމްއަކީ ޔާމީނު ފޭރިގަނެފަ އޮތް ޕާޓީއެއްކަމަށް ރަށުތެރޭ ކިޔަނީ، މައުމޫނު ޕޕމ އުފެއްދިފަހުން އައިސް އެޕާޓީއާ ގުޅުނު މީހެއް ޔާމީނަކީ.
ނަދީރު
02 November 2023
ހިސާބު ސަރ އައްދޫގެ ބުރިޖް ހިފައިގެން އައްޑުއަށް ވަޑައިގަންނަވަން އުލޭ ވާހަކަ އަޑުއެހިން. ބުރިޖުގެ ތަންކޮޅެއްތޯ ނުވަތަ ބުރިޖްގެ ފޮޓޯ ގަނޑެއްތޯ ނޫން ނަމަ ބުރިޖް އެއްކޮށް ހިފައިގެންތޯ އައްޑުއަށް ވަޑައި ގަންނަވަނީ؟