ފެނަކައިން މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނީގެ މުވައްޒަފުންތަކެއް ބައިވެރިވަނީ-- ފައިލް ފޮޓޯ: މިހާރު
04 ނޮވެމްބަރ 2023 - 20:54
ފެނަކަ ކޯޕަރޭޝަންގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް ލީކުކުރާ ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.
ހެޑް އޮފީހުގެ ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ ސީނިއާ އޮފިސަރުގެ މަގާމުގައި ހުންނެވި ޔޫސުފް ރަމީޒު ވަކިކޮށް، މިދިޔަ ބުދަ ދުވަހު ދިން ޗިޓުގައި ބުނީ ކުންފުނީގެ ސިއްރު މައުލޫމާތު އާއްމު ކުރުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ.
ޖޫން 1، 2016 ގައި ފެނަކައާ ގުޅިވަޑައިގެންނެވި ރަމީޒު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކުންފުނިން އޭނާއަށް ކުރަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފެނަކައިގެ ދަރަންޏާ ގުޅޭ ލިޔެކިޔުންތަކެއް އާންމުކުރި ކަމުގެ ތުހުމަތުތައް ކަމަށެވެ.
އެ މައްސަލާގައި މިދިޔަ ހަފުތާގައި ޑިސިޕްލިނަރީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމުން އެ ހުރިހާ ސުވާލަކަށް ޖަވާބުދީފައިވާނެ ކަމަށް ރަމީޒު ވިދާޅުވި އެވެ. ނަމަވެސް، ވަޒީފާއިން ވަކިކުރީ އެއްވެސް ހެއްކެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮމިޓީއަށް ހާޒިރުކޮށް ކުރި ހުރިހާ ސުވާލަކަށް ޖަވާބު ދިނިން. ބަޔާނުގައި ސޮއިކުރަން ދިނީމަ އަޅުގަނޑު ބުނިން ސޮއެއް ނުކުރާނަމޭ، އެއީ އަޅުގަނޑު ނުކުރާ ކަމެއް ކަމަށް." ރަމީޒު ވިދާޅުވި އެވެ.
އޭނާ ވަނީ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ނިންމައިފަ އެވެ.
ފެނަކައިގެ ޒިންމާތަކުން އެކަހެރި ކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދު ވެސް ވަނީ މިދިޔަ ސެޕްޓެމްބަރު 26 ވަނަ ދުވަހު މަގާމުން ވަކިކޮށްފަ އެވެ.
ވަހީދު "މިހާރު" އަށް ވިދާޅުވީ އޭނާ މަގާމުގެ ޒިންމާތަކުން އެެކަހެރި ކުރި ސީދާ ސަބަބު މިހާތަނަށް އަންގާފައި ނުވިޔަސް ބޮޑަށް ލަފާ ކުރެވޭ މައްސަލައަކީ ކުންފުނީގެ ދަރަންޏާ ބެހޭ ކަންބޮޑުވުންތައް ހާމަކުރުން ކަމަށެވެ. އެ މައްސަލަތައް ފެނަކައިގެ ބޯޑަށް ގެންދިޔައީ އެއީ ކުރަންޖެހޭ މަސައްކަތަކަށް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެރޭސް
05 November 2023
ފެނަކައިގެ ފަސާދަ އެއްމެބޮޑަށް އެނގެނީ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް... އިންތިޚާބިތަކާ ދިމާކޮށް މުއައްޒަފުން ނަގާގޮތުން ވެސް މީހުން ތިބެނީ އަޖާއިބިވެފައި
عامي
05 November 2023
ތިތަނުގެ ދަރަންޔަކީ ކޮންމެ ކުއާޓާ އެއްގަ އާންމު ކުރަންޖެހޭ އެއްޗެއް. އެކަމަކު އާންމު ކުރުމަކުން ނުދޭ މިހާރަކު. އެކަމަށް އޮތީ 2 ސަބަބު. އެއްސަބަބަކީ ގަސްތުގަ ފޮރުވުން. ދެވަނަ ސަބަބަކީ ކުންފުނީގެ ނުކުޅެދުންތެރިކަމުން އެކަން ކުރުމުގެ ޤާބިލުކަން ނެތުން. ދެން އެކަމާ ގުޅުވާފަ މުވައްޒަފުން ކަންޑަމުންދިޔުމުން ދޭހަވާނީ އޮތީ ފުރަތަމަ ސަބަބު ކަމަށް. މިތަނުން ކޮންމެ ސަބަބެއް އޮތަސް މާނަައަކީ މެނޭޖްމެންޓް ތިއޮތީ ބޮޑުތަނުން ފެއިލްވެފައޭ.
ބްލޯ
05 November 2023
ވިސްލްބްލޯކުރާ މީހުންނަށް ހިމާޔަތްދޭ ބިލު ހަދާ ޕާޓީގެ މީހުންނަށް އެންމެފަހުން ކަމަކުނުދޭ އެކަން ކުރީމަކާ..
އިންތިގާލީ ޗާންސެލަރު
05 November 2023
އޭނާ ހުރި މަޤާމަށް ލެއްވޭނެ ޕްރޮމޯޝަން ދެވޭނެ އަދި މިހިނގާ ދުވަސްތަކަށް މުސާރަ ދެވޭނެ
ސައި
05 November 2023
ސުވާލަކީ މިވަރުވެގެން ދާއިރުވެސް ރައީސް އިބޫ އަށް ކަހާތަން ހިރުވާވެސް ނުލަނީހޭ؟ އިބްރާހީމް ވަހީދޫ ފެނަކައިން އިސްތިއުފާދީފައި ފޮނުވި ސިޓީގައި ހުރީ ފެނަކަ ވެރިޔާ ވައްކަން ކުރާވާހަކަ އެވަރުވެގެން ދާއިރު ފެނަކަ ދަރައިގެންގޮސް ސަލާމަްތް ނުވެވޭވަރު ވީއިރުވެސް ރައީސް އަށް ކަންބޮޑުވާކަމަކަަށް ނުވި އަދި މިހާރުވެސް އެތަނުން ވައްކަން ކުރަމުންދާއިރު މުވައްޒަފަކު އެވާހަކަ ދައްކައިފިއްޔާ އެމީހަކުނ ވަކި އެކޮށްލަނީ މީ ވަރައް ސަޅި ސަރުކާރެއް އުތަ!!!؟؟؟
މަހާސައި
05 November 2023
ހިންނަވަރު އިބުއަކީ ކަމެއްދަމެއް ބަލާނެ މީހެއް ނޫން
އަފްރާސިޔާބު
05 November 2023
މީ" ވަރަށް ރަނގަޅު ކަމެއް" އެއްވެސް ކުންފުންޏެއްގައި ދަރަނި ނެތި އެއް ނުހިންގޭގެ. އެހެންނަމަވެސް ދަރަނި ވާންޖެހޭނީ އެކުންފުނީ އެކައުންޓުން ދެއްކޭ ވަރުގެ އެއްޗަކަށް. ހުރި އެސެޓުން ދެއްކޭވަރު ނުވާ ދަންޏަކީ އެ ދެއްކޭނެ މަގު ފަހިކޮށްފައި ދިނގު މުއްދަތުގައި ނުވަތަ މެދު މުއްދަތުގައި އަދާކުރެވޭ އެއްޗަކަށްވެސް ވާންޖެހޭނެ. ދެން ކޮންމެ ކުންފުންޏެއްގައި ހުރި ދަރަނި އެތާ މުވައްޒަފުން އަމިއްލަ އަށް ޕަބްލިކަށް އާންމު ކުރާނަމަ އެހުޅުވެނީ ވަރަށް ނުބައި ދޮރެއް.
ފެންފަށަލަ
05 November 2023
ތީ މީހަކު ލީކު ކުރިޔަސް ނުކުރިޔަސް ރައްޔިތުންނަށް އިނގެން ޖެހޭ އެއްޗެއް ނޫންތަ؟؟ އަހަންނަށް މިހާރު ޑިމޮކުރަސީ އޮޅިއްޖެ...
ާޢާޢީޝާ
05 November 2023
މިވަރުންވެސް ހުރިހާ އައިސްޕްލާންޓް ތައްވެސް މި ފެނަކަ އަށް ދީފަ! ޜައްޔިތުން ދަރަނި ކުރަމުން އޮތްހާ ވިޔަފާރިއަށް ވަދެ!
ރަދީފު ބިން ރަފައިދާ
04 November 2023
ވިސުލް ބުލޯކުރާމީހުން ކަނޑާންވީކީނޫން. އެމީހުންނަށް ޕުރޮމޯޝަންދޭންވީ.
ބަރުބާދު
04 November 2023
ތަނެއްގައި ތިބި ހުރިހާ ތެދުވެރިން ކަނޑަމުންދޭ އޭރުން ވަރަށް ރީއްޗަށް ފަޝީހަތްވާނެ. އޭރުން ބީކީތިބީ ކޮންބައެއްކަން އެންމެންނަށް އެގޭނެ.