ދޫކުރަން ހަމަޖެހިފައިވާ 4،000 ފްލެޓުގެ ނަމޫނާއެއް: ފްލެޓް ހޯދަން ދޮގު މައުލޫމާތު ފާހަގަނުވާ ކަމަށް ސަރުކާރުން ބުނޭ ---
07 ނޮވެމްބަރ 2023 - 21:21
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ހޯދުމަށް ސައްހަ ނޫން މައުލޫމާތު ހުށަހެޅި ކަމެއް ފާހަގަވެފައިނުވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސޯޝަލް ހައުސިން ސްކީމުގެ ދަށުން ސަރުކާރުން ހަދާ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު ފޯމްގައި ދިން މައުލޫމާތަށް އެކަނި ބަލައިގެން އަދި ދިރިއުޅުމުގެ ހާލަތަށް ބެލުމެއް ނެތި، ފްލެޓް ލިބޭ މީހުން ހޮވި ގޮތާ މެދު ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ދިރިއުޅުމުގެ ހާލަތު ނުބަލައި ފްލެޓް ދިން ގޮތަކާމެދު ސުވާލުކުރުމުން، މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ 3500 އެއްހާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތް ކޮށްފައިވާނެ ކަމަށެވެ.
އޭގެ ތެރެއިން އުޅޭ ތަން ބަދަލުވުމުގެ ސަބަބުން ފޯމުގައި ދިން މައުލޫމާތާ ފުށުއެރި މައްސަލަތައް ފެންމަތިވި ނަމަވެސް، އިތުރު މައްސަލައެއް ފާހަގަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރިއުޅުމުގެ ހާލަތު ނުބަލައި ފްލެޓް ދޭނެ އުސޫލު ކުރިން އިއުލާންކޮށް ރައްޔިތުންގެ ހިޔާލަށް ވެސް ހުޅުވާލލި ކަމަށާއި އެހެންވެ، މިނިސްޓްރީގެ ވިސްނުމަކީ ފްލެޓު ދެވުނީ އިންސާފުވެރިކޮށް ކަމުގައި ކަމަށް އާރިފް ވިދާޅުވި އެވެ.
ފްލެޓް ކޮމިޓީގެ ޗެއާ، އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފޯމުގައި ދެނީ ސައްހަ މައުލޫމާތުކަން ޔަގީން ކުރުމަށް އިގުރާރެއްގައި ސޮއިކުރާނެ ކަމަށާއި ސައްހަ މައުލޫމާތު ދިނުން އޮންނަނީ އެމީހެއްގެ އަތްމަތީގައި ކަމަށެވެ.
ފްލެޓު ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިހާތަނަށް ސައްހަ ނޫން މައުލޫމާތެއް ދީގެން އެކަން ފާހަގަވެގެން އެއްވެސް ފޯމެއް ބާތިލްކޮށްފައިނުވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މައްސަލައެއް ޝަކުވާއެއްގެ ޒަރީއާއިން ވެސް ފާހަގަ ވެއްޖެނަމަ ފްލެޓް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިނީ ދޮގު މައުލޫމާތު ކަމަށް ވާ ނަމަ އެކަމަށް ފިޔަވަޅު އަޅައި ފޯމު ބާތިލް ކުރާނަން." އަކްރަމް ވިދާޅުވި އެވެ.
"ޑިސްކޮލިފައި ކުރަން ޖެހޭ ފަރާތެއް ހުރި ނަމަ އެކަން ކުރާނަން."
މިނިސްޓްރީން މިއަދު ވެސް ވަނީ ޕޮއިންޓް ދީފައިވާނީ އެމީހަކު ފޯމުގައި ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް މީގެ ކުރިން ބުނި ވާހަކަ ތަކުރާރުކޮށްފަ އެވެ.
މިހާރު ހަދަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކުރުމަށް ފަހު، ޝަކުވާ ހުށަހަޅަން ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުއްދަތު ދީފަ އެވެ. އަދި ޕޮއިންޓު ދީފައިވާ ގޮތް މާދަމާއިން ފެށިގެން ބެލޭނެ ގޮތް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާސާ
09 November 2023
ދިވެހިންގެ ފެންވަރު މިކަހަލަ ކަމަކާ ޖެހުނީމައި ފެނޭ. ނެތިމޮށުމާއި ، ދޮގުހެދުމާއި ، ޖާސޫސު ކުރުމާއި، ކައިރީގައި ތިބެފައި ތިބެ މައުލޫމާތު އަހައިގެން ގޮސް މިމސްޓްރީއަށް އެބަހުށައަޅާ. ހުރިހާ މައުމާތަކާއި އެކު. ދިވެހިންނޭ ހެޔޮ ނުވާނެ މާތް ﷲ އަށް ވަކީލު ކުރަން ދަސްކުރަން ޖެހޭ. އިންސާނަކު އޭނާ ދުނިޔޭގައި ހޯދި އެއްޗެއް ހޯދި ގޮތެއް މާތް ﷲ ދެނެވޮޑިގެންވާނެ. ޢަދި ގޯސްގޮތަކަށް ހޯދިިއްޔާ ދުނިޔެ މަތީގައިވެސް އެކަން ދައްކަވާނެކަން އޮއެތީ އިސްލާދީނުގައި.
ދޮގެއްނޫން
09 November 2023
ދޮގުމައުލޫމާތެއް ނޫން ދިނީކީ. ތެދުމައުލޫމާތު ހޯދަން ވިސްނާފައިނެތީ. ގޯއްޗާއި ފުލެޓު ލިބުނު ގިނަމީހުންނަކީ މައިންބަފައިންގެ ގެތައް 10-15 ބުރިއަށް ހަދާފައި އެތަންތަން ދަރިންނަށް ނުބަހައިތިބި މީހުން. އެއިން ކޮންމެ މީހަކަށް އެއްމެދު އިމާރާތްތަކުން 3-4 ފުލެޓު ލިބޭނެ. އެެއީ ހަގީގަތަކީ. އެކަމަކު އެމައުލޫމާތު އޮޅުންފިލުވަން ސަރުކާރުން ބޭނުމެއްނުވޭ.
ބަރުބާދު
09 November 2023
އަމިއްލަ ސޯޓުގަނޑު ބޭލުނުއިރު އެކަން ފާހަގަނުވިބަޔަކައް އިތުރައް ފާހަގަވާނީ ކޮންކަމެއްބާ؟
ސަލްފީއްޔާ ފަހި
08 November 2023
އަހަރެން ބުނީ ވަރަށް ގިނަ މީހުން އުޅެޔޭ ގޭގަ
ޕްރޭމްޗޯޕްރާ
08 November 2023
އަކުރަމް ވިދާޅުވީރަގަޅަށް! އެމީހަކު ފޯމްގައި ދޮގު މަޢުލޫމާތު ދީފައިވާނަމަ،ޒިންމާވާންޖެހޭނީ ފޯމް ހުށަހެޅިފަރާތް، އެކަމަކު ފޯމްތައް ސައްޚަތޯ ފިޒިކަލީ ބެލުމަކީ މިނިސްޓްރީގެ ޒިންމާއެއް. ދިރިއުޅުމުގެ ހާލަތު ފިޒިކަލީ ވެރިފފައި ކުރިނަމަ ފަހިދިިރިއުޅުން ކޯޕަރޭޝަންގެ އެމްޑީ އަށް ސޯޝަލް ހައުސިންގ އަށް ޝަރުތު ހަމަވާނެ ގޮތެއް ނޯންނާނެ. އެއީ މިހާރުވެސް ލިސްޓުން އުނިވާންޖެހޭމީހެއް.
8974
08 November 2023
ކަލޭ އެއްވެސްކަމެއް ބަލަންތަ؟ ކަލޭގެ ވަޒީފާ ބަޔާނުގައި އޮތީ ކަލޭ ހިތުހުރި މީހަކަށް ކަންކަން ޔަގީންނުކޮށް ރައްޔިތުންގެ މުދާ ބަހާށޭތަ؟. މަހިތަށް އަރާ މިކަލޭގެ މީހުންގެ ތެރެއަށް ނުކުމެ އަނގަހާވަން ކެރެނީ މީނަގެ ނަފުސު މަރުވެފަ ހުރީބާއޭ!
ސެއރރ334
08 November 2023
ސުކޭމު މުނީރުއާ ސުކޭމު އަލްހާނު ހިފައި ހައްޔަރު ކުރުމަށް ގޮވާލަން
މަކަރުވެރިޔާ
08 November 2023
ކުޑަ ތިންކުދިންގެ ބައްޕަޔަށް ކުރީފަހަރު ފުލެޓް ލިބިފަހުއްޓާ މިފަހަރު މަންމަޔަށް ލިބުނީމަ އެއީ އިންސާފުތޯ، އެމީހުން ދެފުލެޓްގަ އުޅޭނަތޯ
ވަގު ފާތުމަ
08 November 2023
ބަލަ ކާކު ޗެކްކުރީ މަގޭ ގޭގަ ނިދާ 8 މީހުން ކޮޓަރިއަކު ފާޚާނާ 10 މީހުން ބޭނުން ކުރާކަމައް ފޯމުގަ ލިޔުނިއްޔާ ކާކު ޗެކް ކުރީ... ގިނަ މީހުން މައިންބަފައިން ރަށުގަ ތިއްބަސް ލިޔުނު ނިދާކަމަށް ޗެކް ނުކޮށް އަގަ އަރުވާން، ވ ވ ބޭއިންސާފު
ފޫހި
08 November 2023
ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރޭ. 15 އަހަރު މާލޭގައި ނޫޅޭކަން ތިޔަ ރަށުމީހުންނަށް އެނގޭ އެންމެންގެ މަޢުލޫމާތު ހައުސިންގ މިނިސްޓްރީއާއި ޙިއްސާކުރޭ. އަދި އެ ގޮތަށް ދޮގުމަޢުލޫމާތު ދިން މީހުންނަށް ފިޔަވަޅުއަޅާ.
ފފފފފ
08 November 2023
ރަށުގެ ލިޔުމެއް މިފްލެޓް ތަކަކަށް ނުލާ. ހަމައެކަނި ފޯމު ފުރިމީހާ ލިޔުނި ފަތިވަރެއް އޮންނާނީ. 20 ޕޮއިންޓް ކޮންމެ ކެޓަގަރީއަކަށް ލިބޭގޮތަށް ލިޔެލީމަ އެއޮތީ ޕޮއިންޓް ލިބިފައި. އަކުރަމުމެން ބުނާނެ ދެނަހުރިކަމަށް ނުހަދާށޭ. މެންބަރުންނާ މިނިސްޓަރުން ފޮނުވި ލިސްޓުތައް ގެނެސްދޭށޭ! މީނައަކީ ގާނޫނުތަކުގެ މަތީގަ އުޅޭ މީހެއް. މީނަ ކުށްވެރިކުރެވޭނެ ގާނޫނެއް ދިވެހިރާއްޖޭގައި ނެތްކަމަށްވަނީ.