08 ނޮވެމްބަރ 2023 - 13:46
ފެނަކަ ކޯޕަރޭޝަނުގެ ޖުމްލަ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އަރާ އިރު އޭގެ ތެރެއިން 80 ޕަސެންޓް ހޭދަކުރަން ޖެހެނީ އަމިއްލަ ކުންފުނިތަކަށް ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފެނަކަ ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް 1.4 ބިލިއަން ރުފިޔާ ދައްކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވީ، ކޮންމެ މަހަކު ވެސް ފެނަކައިން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ބިލްތަކުގެ ބައެއް ދައްކާ ކަމަށެވެ.
"މައްސަލައެއް ދިމާނުވާ ބިލެއް އޮތިއްޔާ އެއް އަހަރާއި ދޮޅު އަހަރުވެފައިވާ ބިލްތައް އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ކުންފުނިތަކުގެ ބިލްތަކަށް ފައިސާ ނުލިބިގެން، ވަރަށް ގިނަ އަދަދެއްގެ ކުންފުނިތަކުން މިދިޔަ އޮގަސްޓް މަހު ހިތްހަމަ ނުޖެހުން ފާޅުކޮށް ޕްރެސް ކޮންފަރެންސްއެއް ބާއްވައިފަ އެވެ. އެ ޕްރެސްގައި ބައިވެރިވި 19 ކޮންޓްރެކްޓަރުން ވަނީ 300 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށެވެ.
ސައީދު ވިދާޅުވީ، 2018 ވަނަ އަހަރު ކުންފުންޏާ ހަވާލުވި އިރު އެ ކުންފުނީގެ ދަރަނި ހުރީ 1.2 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މިވަގުތު އެ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އެރި ނަމަވެސް، ވޭތުވެދިޔަ ފަސް އަހަރުގެ ދަރަންޏަކީ 600 މިލިއަން ރުފިޔާ ކަމަށެވެ.
ފެނަކަ މެނޭޖިން ޑިރެކްޓަރު ސައީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
"ފެނަކައިގެ 2018 ގެ ފަހުކޮޅުން މި އަހަރަށް ދަރަނި އިތުރުވި އަދަދަކީ 1.9 ބިލިއަން ރުފިޔާ. އެހެންވީމަ ކުރީގެ ކުންފުނީގެ ދަރަންޏާ މިއާ އަޅާ ކިޔާލީމަ ހަގީގީ އިތުރުވި ދަރަންޏަކީ 632 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.
ފެނަކައިގައި 7،300 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 2000 އެއްހާ މުވައްޒަފުންނަކީ ވަގުތީ މުވައްޒަފުން ކަމަށް ސައީދު ވިދާޅުވި އެވެ. އެކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ، ސިޔާއީ ގޮތުން އެއްވެސް މަގާމަކަށް އެއްވެސް ބޭފުޅަކު ނަގާފައި ނުވާނެ ކަމަށެވެ.
"ސިޔާސީ ގޮތުން އެއްވެސް މަގާމަކަށް ވަޒީފާ ދީފައެއް ނުހުންނާނެ. އިންޓަވިއުގައި އެބޭފުޅަކު ވިސްނާ ވަޑައިގަތީމަ އެގިލައްވާނެ ފެނަކައިގެ ދޭ ހިދުމަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށް އަޅުގަނޑުމެން ނުކުރަނީ ކޮން ކަމެއްތޯ،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ކުންފުނި އެތައް ގުނައަށް ކުރިއަރުވާ ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން 63 މެގަވޮޓް އިން 240 މެގަވޮޓަށް އެކުންފުނީގެ ކަރަންޓު ފޯރުކޮށްދޭ ކެޕޭސިޓީ ފުޅާކުރި ކަމަށެވެ.
"ހޯމް ސޯލާގެ 17 މެގަވޮޓް އިންސްޓޯލް ކުރެވިފައިވޭ. ފެނާއި ނަރުދަމާ 2018 އިން 2023 އަށް 73 ރަށެއްގައި ގާއިމްކުރެވިފައިވޭ،" އޭނާ ވިދާޅުވި އެވެ.
- ހަރު މުދަލަށް ކުރި ހަރަދު: ހަތަރު ބިލިއަން ރުފިޔާ
- ހަރު މުދަލުގެ އަގު: 9.1 ބިލއިަން ރުފިޔާ
- ދަރަނި: 1.9 ބިލިއަން ރުފިޔާ
- 2018 -2023 ގެ ދަރަނި: 632 މިލިއަން ރުފިޔާ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އނއސ
09 November 2023
އިންޓާނަލް ބެލެންސް ޝީޓް ބޭނުން ގޮތަކަށް ތި ހަދާލަނީ ، ހުރިހާ ހަރަދެއް ވޯރކް އިން ޕުރޮގްރެސް އެކައުންޓަށް ލާފަ. މި ބުނާ އެކަންޓް ރީކޮން ވެސް ހަދަން ނަގާނެ މިހާރު ވެސް 2 މަސް. އޭރަށް އަދި ކިރިޔާ ރޭކާލާނީ ތިތާގެ ވައްކަން ތައް. ބޭރުގެ އޮޑިޓް ފާރމަކުން އޮޑިޓް ކުރަން އެބަޖެހޭ.
ޙިނި
09 November 2023
ރަޢިސުލް ޖުމްހޫރިއްޔާ ސަރުކާރު ކުންފުނިތަކައް ތަތްބޭނުން ހުޓުވީމަ ތިތަންތަން ފޯމަކައް އެޅޭނީ.
ބަރުބާދު
09 November 2023
މައްސަލަޔަކީ ބޮޑެތކޮރަޕްސަންތައް ހިންގާފަ ވެރިކަންބަދަލުވާއިރައް ގައުމުދޫކޮއްގޮސް މިލިއަނަރުންގެގޮތުގަ ބޭރުގައުމުތަކުގަ ދިރިއުޅޭމީހުން އެގޮތުގައުޅެން ދޫކޮއްލާތީ. ރަނގަޅުސަރީއަތެއް ހިންގާފަ ކޮރަޕްސަންސާބިތުކޮއްފަ ހައްޔަރުކޮއްގެން ގެނެވެންވާނެ. އެހެންނުހަދާތީ ކޮރަޕްސަން ސަގާފަތަކައްހަދާފަ ފިލެނީ!!!
ކަޑަދީ ދެން؟
08 November 2023
މި ލިޔުން ކިޔާފަ ހީވާކަހަލަ ކުންފުނި މީނައާ ހަވާލު ކުރީ އަހަރުން އަހަރަށް ދަރަނި އިތުރުކުރަން ހެން. ރަނގަޅަށް މެނޭޖްކުރިކަން ދައްކަން ފަޚްރުވެރިކަމާއެކު އެބުނީ 126 މިލިއަނުން ކޮންމެ އަހަރަކު ދަރަނި އިތުރުވިއޭ. ކިޔަންކާއު ދެން މަބެޱާޱެއި.
ބޮޑު ވަގު
08 November 2023
މިދިޔަ ހަފްތާގައި އިންތިޤާލީ އޮފީހުން ބުނީ ފެނަކައިގެ ދަރަނި 6 ބިލިއަނަށް އަރައޯ. 1149 ކުންފުންޏަށް ފައިސާ ނުދީ އެބައޮތޯ . މިދިޔަ ސަރުކާރުގައި 2000 މީހުން ތިބި ތަނެއްގައި މިހާރު 8000 މީހުން އެބަ ތިއްބޯ. ތިޔަ ސައީދު ނަހަދާނެ މަރުވެގެން ދާއިރުވެސް ތެދެއް.
ދަރަނި ބޯ
08 November 2023
މިފަދަ ހަބަރުތައް މިހާރު ނޫހުގައި ލިޔުނީމަ ވަރަށް ހިނިއަދޭ ، ދައުލަތް ދަވާލި މީހުންގެ ތެރޭ ތިމީހުން ވެސް ހިމެނޭ
ލޭމް
08 November 2023
ސިޔާސީ ގޮތުން އެއްވެސް މަގާމަކަށް ވަޒީފާ ދީފައެއް ނުހުންނާނެ." މިދެން ޖޯކެއްނު؟؟ އމޑީޕ އިންތިހާބާ ދިމާކޮށް ކަންޑައެޅިގެން ކުދިން އެބަތިބި އިންޓަވިއުވެސް ނުކޮށް ނަގާހަ... އަދިއަދާ ޖެންދެންވެސް ގިނަ ކުދިން ތިބެނީ ކުރާނެ މަސައްކަތެއް ނެތިފަ.
ބިސްތައި
08 November 2023
ރަނގަޅަށް ލިޔެފަ އޮތް އެއްޗެއް ކިޔާފަ ކޮމެންޓް ކޮއްބަލަ. ބަލަ ނަގާފަ ތިބި ސްޓާފުންނަކީ "ކޮންޓްރެކްޓް" ސްޓާފުން. އެމީހުންނަކީ ދާއިމީ މުވައްޒަފުންނެއް ނޫން. ތަންދޮރު ރަނގަޅަށް އޮޅުންފިލުވަބަލަ ފުރަތަމަ.
ޖަގޭ
08 November 2023
އަންނާން ތިބި ބަޔަކު މަންޒަރު ބަދަލުކޮށް ހިތު ހުރިއެއްޗެއް ކިޔަނީ އެބައިމީހުން ކުރިގޮތައް ކަން ކުރާ ކަމަށް ހަދައިގެން މިހާރު ތިބި މީހުންގެ އަގުވައްޓާލަނީ ވަގުންނަށް ހީވާނީ ދެންވެސް ތިބީ ވަގުންނޭ،