ސޮނާކްޝީ ރާއްޖެއަށް ނަގާފައިވާ ސެލްފީއެއް
08 ފެބުރުއަރީ 2017 - 10:50
ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ޗުއްޓީއެއްގައި އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.
ސޮނާކްސީ ކޮށްފައިވާ ޓުވީޓެއްގައި، އޭނާ ރާއްޖޭގައި ހުރިކަން ވަނީ ޔަގީން ކޮށްދީފަ އެވެ. ބެލެވޭ ގޮތުގައި އޭނާ ރާއްޖެ އައީ އިއްޔެ އެވެ. އަދިި ޗުއްޓީ ހޭދަކުރަމުންދަނީ ކޮކޯ ކަލެކްޝަންގެ ރިސޯޓެއްގަ އެވެ.
އޭނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއިން ،ހަށިގަނޑަށް ގެނެސްފައިވާ ބޮޑު ބަދަލު ރަނގަޅަށް ހާމަވެ އެވެ. މީގެ ކުރިން ފަލަކަމުން ގިނަ ބަޔަކު މަލާމާތްކުރި ސޮނާކްޝީ މިހާރު ވަނީ އާދަޔާ ޚިލާފަށް ލޫޅާފަތިވެފަ އެވެ.
ސޮނާކްޝީ ހިތްހަމަޖައްސާލަން ރާއްޖެ އައިސްފައި މި ވަނީ އޭނާ އަލަށް ފަށާ "އިއްތިފާގު"ގެ ޝޫޓިން ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ސިދާރްތު މަލްހޯތުރާއާ އެކު އޭނާ ކުޅޭ މި ފިލްމަކީ 1969 ވަނަ އަހަރު ހަމަ މި ނަމުގައި އުފެއްދި މާޑާ މިސްޓްރީއެއްގެ ރިމޭކް އެކެވެ.
މި ފިލްމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުމްބައިގައި ވަނީ ފަށައިފަ އެވެ. ޖަރުމަނުގެ މަޝްހޫރު ސިނަމަޓޯގްރާފަރު މައިކަލް ލުކާ ވަނީ ފިލްމުގައި ސިދާރްތުގެ ސިފަ ބަހައްޓާނެ ގޮތެއް ނިންމަން ޓެސްޓްކޮށްފަ އެވެ.
In #beautifulMaldives with my perfect travel buddy! The #Zenfone3sMax is finally here! Click here now to get yours https://t.co/nVqkXhWaZT pic.twitter.com/OSc4c1jz0A
— Sonakshi Sinha (@sonakshisinha) February 7, 2017
ސޮނާކްޝީގެ ޓުވީޓް
ސޮނާކްޝީ މި ފިލްމުގައި ކުޅެނީ ކުރީގެ ފިލްމުގައި ނަންދާ އަދާކުރި ރޯލެވެ. ނަމަވެސް ކުރީގެ ފިލްމާއި މި ފިލްމުގައި ތަފާތު ތަކެއް ހުންނާނެ ކަމަށާއި އޭނާގެ ކެރެކްޓާގައި ވެސް ނެގެޓިވް ކަމެއް ހުންނާނެ ކަމަށް ދާދިފަހުން ސޮނާކްޝީ އިންޓަވިއުއެއްގައި ބުންޏެވެ.
ސޮނާކްޝީގެ މި ފިލްމުގެ ޝެޑިއުލް ފެށޭނީ ފެބްރުއަރީ 20ގަ އެވެ. ނަމަވެސް އޭނާ ރާއްޖޭން ފުރާ ދުވަހެއް އަދި ޔަގީނެއް ނުވެ އެވެ.
މީގެ ކުރިން ވެސް ސޮނާކްޝީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ބޮލީވުޑްގެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުން މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުހު
08 February 2017
އަނެއްކާ އައީ ދޯ؟ މި ފަހަރު ސެލްފީ އެއް ވެސް ނުނެގޭނެ. ވަޒީފާ އިން ކެނޑެފިން ތިތަނުން. ތެންކްސް ކުރިން ފަހަރު ދިން ހަގް އައް.
ރަޑީފް
08 February 2017
ތީހަގުދޭން ކާކު؟
ެރެޑް ފޭސް
21 February 2017
ރަދީފް ޖޭ ވީތޯ؟ މީހުން ކުރާ ކަންތަކަށް ޖޭ ނުވެ އަމިއްލައަށް ކަމެއްކުރެވޭތޯ ބަލާބަލަ، އަހަރުމެން ނުކިޔާނަން އެއްޗެކޭ، ރިސޯޓް ރޫމް ބޯއިންނާ ލައްކަ ކަންތަކާ ދިމާވޭ އެނގޭ