ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ދައުރު ހަމަވާން ދެ ދުވަހަށް ވެފައިވަނިކޮށް ރައީސް ވަނީ މާފަރުފަޅު ހިއްކައިގެން ބޯހިޔާވަހިކަން ދޭން ނިންމާފައި--
15 ނޮވެމްބަރ 2023 - 19:40
އދ. މަހިބަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، އެ ރަށް ކައިރީގައި އޮންނަ މާފަރުފަޅު ހިއްކައިގެން އެ ތަން ތަރައްގީކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް ނިންމެވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން އެ ފަޅު ހިއްކައިގެން އެ ތަން މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި ތަރައްގީކުރާށެވެ.
ދައުރު ނިމެން ދެ ދުވަހަށް ވެފައިވަނިކޮށް ރައީސް މިގޮތަށް ނިންމަވައިފައިވާއިރު، އެ ތަން ތަރައްގީކޮށްގެން ގޯތި ދިނުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ފުރަތަމަ ބުރުގައި މުއިއްޒު އެ ރަށަށް ވަޑައިގެން ވިދާޅުވީ، ބިން ނެތިގެން ހައްލު ނުވެ އޮތް އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް އޮތީ ދެ ގޮތް ކަމަށާއި އެއް ގޮތަކީ އެ ފަޅު ހިއްކުން ކަމަށެވެ.
"މުޅި އަތޮޅަށް ބޭސްކޮށް، އެ ތަނުގައި ގެދޮރު ބިނާކުރުމާއި އުމްރާނީ ތަރައްގީ، އިގްތިސާދީ ތަރައްގީގެ މަޝްރޫތަކާއި އިޖުތިމާއީ ބޭނުންތަކަށް ބޭނުންވާ ޖާގައާއި ސިނާއީ ބޭނުންތަކަށް މި ގޮތަށް ރަނގަޅަށް ޕްލޭންކޮށް ޖާގަ ލިބޭ ގޮތަށް އެ ތަން ތަރައްގީ ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އޭރު ވިދާޅުވި ގޮތުގައި ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެ ފަޅު، މަހިބަދޫގެ އިހްތިސާސްގެ ތެރެއަށް ގެނައުމެވެ. ދުރުރާސްތާ ޕްލޭނެއްގެ ގޮތުގައި އެ ތަން ތަރައްގީ ކުރެވޭނެ ކަމަށް ކެމްޕެއިންގައި މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީރޯ ޓޮލެރެންސް
17 November 2023
ހުވާ ކުރާ ގަޑި އަށް ތިކަން ކުރެވުނީމަ ހުންނާނީ އަމާން ދިވެހިރާއްޖެ އަށް ދެވިފަ
އަބްޑޫޅް +
17 November 2023
މިދިމާއަށްވެސް ފުލެޓެއް އެއްލަބަލަ.
މުހައްމަދު ފާއިޒު
16 November 2023
ޝުރިއްޔާ ތިވަރު ކޮއްދެއްވީތީ.
ހޮޓްކިންގ
16 November 2023
ތިވަރުން ދަންޏާ އިބްރާހީމު ދުރުގާހުރެ ފުޅައްމަތިންވެސް ވައުދު އުކާވަރުން މުއިއްޒު ވެރިކަން ކުރަންވެސް ދަތިވާނެ. އެހެންޏާދެން ވެރިކަން ނިމެން 1 ދުވަހަށް ވީމާ މީ ކޮންކަމެއް.
ުުުޕޫރުބެ
16 November 2023
އަދި ތަންކޮޅެއް އވަސް ތިކަން ކުރަން! 17 ވަނަ ދުވަހު ތިކަން ކޮއްލަން މަޑުުުުުުުުުުކޮށްލަންވީނު
ަސޭޑް
16 November 2023
މީނަާ 17 ނޮވެމްބަރުގެ ފަހުންވެސް ވައުދުތައްވެދާނެ.
ާއަލީ ބުނީ
16 November 2023
ޢަދި ތަންކޮޅެއް އަވަސް ތިކަމާ އުޅެން. ތިހާ ރައްޔިތުންނައް ކަންކަން ނުކޮއްދެވިގެން އުޅޭ ރައީސެއް އަދި ދުނިޔޭގެ އެއްވެސް ގައުމެއްގަ ވެރިކަން ކޮއްފައެއް ނެތް. ދެން އެކަމުވެސް ފަބަންވީހެން ހީވަނީ.
ޫުމަހިބަދޫ މީހާ
16 November 2023
ކިތަންމެ ފަހުން ކޮށްދިނިސް މިކަމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް. އެއްވެސް ބޭފުޅަކު އިތުރުފުޅު ނުހެއްދެވުން އެފެން.
މަހިބަދޫ ރައްޔިތު
16 November 2023
ރަނގަޅު، 2018 ވަނަ އަހަރުގެ ވައުދެއް. މި މަހު 17 ވަނަ ދުވަހުގެ ހުކުރު ބަންގި ގޮވީމާ ތިޔަކަން އިއުލާން ކޮއްލި ނަމަ އަދި މާ ސަޅިވީސް
ކައުންސެލަރު.
16 November 2023
ބރނތތިވީމަ ދެން ވާނީމިހެން
ގޖވޖހޖ
15 November 2023
ދެން ފައިބައިގެން ދާންއުޅޭ. ފްލެަތްތައް ތިބަހާލިގޮތް ހަނދާންނައްތާނުލާނަން އުމުރަށްވެސް. އެމްޑީޕީއަށް ދެން ދުވަހަކުވެސް ވޯޓެއް ނުދޭނަން