އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ހަފުލާގައި ނޫސްވެރިން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
16 ނޮވެމްބަރ 2023 - 15:03
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން 6.5 މިލިއަން ރުފިޔާ ކަނޑައެޅުމަށް ސަޕްލިމެންޓްރީ ބަޖެޓަށް އިތުރުކޮށްފި އެވެ.
ރަޖިސްޓްރީކޮށްގެން ހިންގާ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދޭ ފަރާތްތަކާއި މީޑިއާތަކަށް ބަޖެޓު ކޯޑު ނަންބަރު 1265ގެ ހާއްސަ ބަޖެޓުގެ ތެރެއިން 6.5މިލިއަން ރުފިޔާ އެ ކޯޑަށް ހަމަޖައްސަން މިއަދު ބޭއްވި ބަޖެޓު ކޮމިޓީގައި ވަނީ ފާސްކޮށްފަ އެވެ.
މި ހުށަހެޅުން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ސަލީމެވެ.
މިދިޔަ އަންގާރަ ދުވަހު އިންތިހާބީ ރައީސް ވަނީ ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ކަންކަން ހިމެނުއްވި އިރުގައި، މީޑިއާތަކަށް ފައިސާ ދޭނެ ވަކި ޕަސެންޓެއް އަދި ހިމަނާފައި ނުވާނެ ކަމަށެވެ. އެއީ މީޑިއާތަކުގެ އިސްވެރިންނާ އެކު އެކަމާ ގުޅޭ ގޮތުން ތަފުސީލީ ގޮތެއްގައި އަދި މަޝްވަރާ ކުރިވެފައި ނުވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް ބަޖެޓާ ގުޅޭ ގޮތުން ބަޖެޓް ކޮމިޓީގައި މަޝްވަރާ ކުރާ އިރު، މަޖިލީހުގެ ތެރެއިން އެކަމަށް މަސައްކަތް ކުރަން ނިންމަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީޑިއާތަކަށް ހާއްސަ އަދަދެއް ބަޖެޓުގައި ހިމެނިއިރު ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ކަނޑައަޅަން އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ސައީދު
18 November 2023
ތިޔަ އޮތީ މީޑިއާ ޖީބަށް ޖަހާފައި . ތިދެން ހަތަރެސް ކަން ހަމަވީ . މީގެ އިތުރަށް މީޑިއާ ތަކަށް ތި ތިލިބުނީ މިނިވަންކަން . ސާބަސް ޑޮކްޓަރ މުއިއްޒު . އެހާ އަވަހަށް މީޑިއާތަށް މުށުތެރެއަށް ތިޔަލީ .
ބަލަންޖެހޭނެއޭ
18 November 2023
މީޑިއާ ތަކަށް ފައިސާ ދޭއިރު އެމެން ލިޔާ އާރޓިކަލްސް ތަކަށް ކުރާ ކޮމެންޓްގެ އަދަދާއި އަދި ކޮމެންޓް އަަވަހަށް ޕަބްލިޝް ކުރާ ނޫސް ތަކާއި މިފަދަ މިންގަނޑެއް އޮންނަން ޖެހޭނެއޭ މިސާލަކަށް ވީނިއުސް ބަލާނުލާނެއޭ ދުވާލަކު 20 މީހުން ވެސް އަދި އަހަރަކު އެއް ކޮމެންޓް ވެސް ނުހުންނާނެއޭ އެމެން ޕަބްލިޝް ކޮށްފައި ނޫހުގައި ކޮމެންޓް ޝާއިއު ކުރުން އެއީ ވެސް ނޫސްވެރިން ހީވާގި ވުމުންވާ ގޮތޭ މިފަދަ މިންގަނޑަކުން ނޫސް ތަކަށް ފައިސާ ދޭން ޖެހޭނީ ބަލަން ޖެހޭނެއޭ މިކަން
ދަލޭކަ ދައިތަ
16 November 2023
ބަސްއަހާ މީޑިއާތަކަށް ލިބޭނީ އިގޭ! ދެން ކޮންބައެއްބާ ސަރުކާރާ ދެކޮޅަށް ލިޔާނީ؟ މިކަހަލަ ކަންކަމަށް ރިޝްވަތެކޭ، ނުފޫޒެކޭ ނުކިޔާނެ . ބުރޮޑްކާސްޓަރުން މިހާރުވެސް އަހަރެމެން ފެލައިގެން ތިބޭ ބައެއް، ދޭނެ ކަމެއްނެތް!!
ބޮޑުމީހާ
16 November 2023
މީޑިއާތަކަށް ދެންޏާ ޓްވިޓަރ ޓިކްޓޮކް އިންފުލެއެންސަރސްއަށްވެސް ލިބެންޖެހޭނެ.
ޕިކްސް
16 November 2023
ދައުލަތުގެ ބަޖެޓުން ފައިސާދޭ ޓީވީ ޗެނަލްތަށް ހިލޭ ރައްޔިތުންނަށް ފެންނަގޮތް ހަދަންޖެހޭ.
ނުޖެހޭނެދޭކަށް
16 November 2023
ނުޖެހޭނެ. ދައުލަތުން ދޭ އެއްޗެއްގެ އެތައް ގުނައެެއް ހޭދަކޮށްގެން މީޑިއާ އޮޕަރޭަޓްކުރަނީ. ހުރިހާއެއްޗެއްވެސް ބޭނުންވަނީ ހިލޭ.
ހަސަނު
16 November 2023
ހީވަނީ ލާރި ގިނަވެގެން ހަދާނެ ގޮތެއް ނޭނގިގެން އުޅޭހެން..