ރަށެއްގައި ކުޑަކުއްޖަކު ގޮވައިގެން އަންހެނަކު ސްކޫލަށް ދަނީ: ދަރިފުޅަށް ދެ އަހަރު ވަންދެން ޅަދަރިމައިންނަށް މަސައްކަތް ކުރެވޭނެ ލުއި ގޮތެއް ސީއެސްސީން މިހާރު ވަނީ ހަމަޖައްސައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ނޮވެމްބަރ 2023 - 18:07
ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި އުނދަގޫވާ ސިވިލް ސާވިސް މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ އެންމެ ދިގު މުއްދަތަަކީ ދަރިފުޅަށް ދެ އަހަރު ވަންދެން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކަނޑަޅައިފި އެވެ.
އެ ކޮމިޝަނުން މިއަދު ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް "ފްލެކްސިބަލްކޮށް" މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިވިލް ސާވިސް އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ސީއެސްސީން ބުނީ އެ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ ވަގުތުތައް ކަނޑައަޅަންވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދުނުވާނެ ގޮތުގެ މަތިން ކަމަށެވެ.
ނަމަވެސް، އެ މުއްދަތުގައި އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތައް އުނިކޮށްގެން ނުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ސަރުކާރުން ވަނީ 2019 ވަނަ އަހަރުން ފެށިގެން، ސިވިލް ސާވިސް މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން މަންމަ އަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕަ އަށް އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ވެސް ލިބޭނެ ގޮތަށް ހަމަޖައްސައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންމަ
17 November 2023
ތިލުއިތައް އަމިއްލަ ތަންތާގައި މަސައްކަތްކުރާ މައިންނަށް ނުލިބޭ. ވިހައިގެން ލިބޭ 6 މަސްވެސް ނުލިބޭ. ސަރުކާރުން ނިންމާ ތިކަހަލަ އުސޫލްތައް ހުރިހާ ތަނެއްގަ މަސައްކަތް ކުރާ މުވައްަފުންނަށް ހަމަހަމަ ވާންޖެހޭނެ
ައަންނަ
17 November 2023
ސިވިލްސާރވީސްއަކީ ރައްޔިތުންނަ ޚިދުމަތް ދިނުމަށްޓަކައި ރައްޔިތުންގެ ފައިސާއިން މުސާރަ ދޭތަނެކެވެ. އެހެންނަމަވެސް މިހާރު ޚިދުމަތްދިނުމުގެ ބަދަލުގައި ބަޔަކަށް ވަޒީފާދީ ސިޔާސީ ވެރީންގެ ބުމަރަކަށް ދައުލަތް ހަދަނީއެވެ. ވަޒީފާ ދޭންޖެހޭނީ މަސައްކަތްކުރާ ހައްގު ވެރީންނާށެވެ.
މައިފޯލިން ޖަހާޖެހުން
17 November 2023
ސިވިލް ސަރވިސް ކޮމިޝަނަކީ ވަރަށް ސަކަތަނެއް ސައްޔިދު ސައީދުމެން އަނބުރާ ގޭސްގަނޑެއް
ނޮޓް އޭބަލް ޓު ވަރކް މަމްސް
16 November 2023
ހަމަ އެކަނި 2 އަހަރުން ދަށުގެ ކުދިން ގެންގުޅޭ މައިންނަށްތޯ؟ އެންމެންނަށް އެފުރުސަތު އޮތުން ކިހިނެއްވާނެ؟ މިބުނީ މިސާލަކަށް 2 އަހަރަށް ވުރެ ބޮޑެތި ކުދިން ތިބެނީ، އެކަމަކު އެކި ކުދިން ސްކޫލް ނިމެނި އެކި ގަޑީގައި. ދެން ދެމަފިރިން ވަޒީފާ އަށް ދާނަމަ ކުދިން ކައިރީގަ ގޭގަ މަޑުކުރާނެ މީހަކު ނުހުރޭ. އެހެންވީމަ އަންހެނުންނަށް ވަޒީފާ އަށް ދާން ދަތިވޭ. އެކަމަކު ފްލެކްސިބަލް އަވަރސް އިންނަ ނަމަ އެ ގަޑި ހަމަ ކުރެވޭނެތާ ބަހާލައިގެން ވެސް.
ކިމް
16 November 2023
2 އަހަރަކުން އަދި ނުވާނެ
ވަޖާ
16 November 2023
އަހަރެންގެ އޮފީހުން އަމަލުކުރާނެބާ. އުފާވެރިހަބަރެއް
ބޮޑުމީހާ
16 November 2023
ކުދިން ހޯދާނީ ކުދިން ވަންނާނެ ތަނެއްވެސް ހުރެގެންތާ. ޑަބަލްބެޑެއްގައި މުޅި އާއިލާއެކީ ނިދައިގެން ކިހިނެއް ކަންކނަް އިސްލާހުވާނީ
ޚލޭ ޑްގްރި
16 November 2023
ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ތި ބުނީ
ބޒ ބސނ
16 November 2023
ދަރިމައިވުން އިތުރުކުރަންޖެހޭ . ހަލާލުގޮތުގައި. އާބާދީ ރާވަން ފުރުސަތު ދިނީތީ ސުކުރިއްޔާ