ޚަބަރު / ރައީސް އޮފީސް

ސިފައިންގެ ޗީފަށް އަބްދުއްރަހީމް އައްޔަންކުރީ އަމާޒު ހާސިލްކޮށްދޭނެ ކަމުގެ ޔަގީންކަން އޮތުމުން: ސަރުކާރު

އާ ރައީސް ޑރ. މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަ ޖެނެރަލް އަބްދުއްރަހީމް އައްޔަން ކުރައްވައި އޭނާއާ މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސިފައިންގެ މައްސަލަ ދިފާއުކޮށް މީގެ ކުރިން ވާހަކަދެއްކެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވީ، މި ސަރުކާރުގެ އަމާޒު ހާސިލްކޮށްދޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ހުވާކުރެއްވުމަށް ފަހު، އެ މަނިކުފާނު ވަނީ، ކުރީގެ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ހަމަޖައްސަވައިފަ އެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޕީޕީއެމް/ޕީއެންސީން އެންމެ ބޮޑަށް ވިއްކި އެއް ކަންތައް، އިންޑިއާ ސިފައިންގެ މައްސަލައިގައި ކުރީގެ ސަރުކާރު ދިފާއުކުރައްވަން ހުންނެވި ބޭފުޅަކު އައްޔަންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އިންޑިއާ ސިފައިންގެ މައްސަލަތަކާ ގުޅޭގޮތުން، ސިފައިންގެ ލީޑަޝިޕުން ވަނީ ކުރީގެ ސަރުކާރުގައި ދައުލަތުގެ މީޑިއާ އަށް އިންޓަވިއު ދެއްވައިފަ އެވެ. އޭގެ ތެރޭގައި އަބްދުއްރަހީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އާ ސަރުކާރުން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކުރަން ނިންމި ނިންމުމާ ގުޅޭގޮތުން "މިހާރު"ން ކުރި ސުވާލަށް، ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ މި ސަރުކާރުން ސަމާލުކަން ދޭން ބޭނުންވަނީ އެ ބޭފުޅުންގެ ކުރިމަތީގައި އޮތް މައްސަލަ އަށް ކަމަށެވެ.

އެކަމަކީ، ރާއްޖޭގައި ބޭރުގައި ސިފައިން ތިބުން، ހާއްސަކޮށް މި ވަގުތު އިންޑިއާ ސިފައިން ތިބުމާއި ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ވެފައިވާ އެއްބަސްވުންތަކުގެ ނުކުތާތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސަރުކާރުން، ރައީސް އޮފީހުގައި ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ފިރުޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފިރުޒުލް ވިދާޅުވި ގޮތުގައި މި ސަރުކާރުން މަގާމުތައް އައްޔަންކުރަނީ ވެސް އެގޮތަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް މައްސަލައަށް އަޅުގަނޑުމެން ފޯކަސް ކުރަން ބޭނުން ވަނީ. އެ މައްސަލައަކީ ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން އަންނަ ގޮތަށް މި ގައުމުގައި އިންޑިއާ ސިފައިން، ބޭރުގެ ސިފައިން ގާއިމްވެ ތިބުން. ހަމައެއާއެކު ވެފައިވާ އެއްބަސްވުންތައް ނުވަތަ އެެއްބަސްވުންތަކުގައި ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ވެފައިވާ އެއްބަސްވުންތަކުގެ ނުކުތާތައް،" ފިރުޒުލް ވިދާޅުވި އެވެ.

"މި ވަގުތު އަޅުގަނޑުމެން ފޯކަސް މި ކުރަނީ އެ މަސައްކަތް މި ވަގުތު ބާރަށް ކުރިއަށް ގެންގޮސް، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް އިއާދަކުރަން. އެގޮތަށް މަސައްކަތްކުރަން ބައްޓަންކުރަން ޔަގީންކަން ލިބެނިވި ގޮތަށް ސަރުކާރުގެ މަގާމުތައް ވެސް ބައްޓަންވެގެން ގޮސްފައި އެވަނީ. އަދި އެހެންމެ، ކުރިއަށް އޮތް ތަނުގައި ބައްޓަން ވެގެން ދާނީ ވެސް."

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށް، އެއްބަސްވުންތައް ހާމަކުރުމާ ގުޅޭގޮތުންނެވެ.

ރައީސް އޮފީހުން ވަނީ އެކަމުގެ ބައެއް ތަފްސީލުތައް ވެސް މިއަދު ދެއްވައިފަ އެވެ.

ފިރުޒުލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުގައި، އިންޑިއާގެ 77 ސިފައިން ތިބިކަން ކަށަވަރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން، ދެ ގައުމުން 108 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެ އެއްބަސްވުންތައް ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށްފަހު، ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ ބައިތައް ހާމަކުރާނެ ކަމުގެ ޔަގީންކަން ފިރުޒުލް ދެއްވި އެވެ.

19 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުރަބޯ

21 November 2023

ބޭރުކުރޭ. އިތުބާރު ގެއްލިފަހުރި މީހެއް. މޭޖަރުޖެނެރަލޯ.

The name is already taken The name is available. Register?

ކަނބުރުގެ

20 November 2023

އެއްގޮތަކަށްވެސް ކަމުދާ މީހެއްނޫން. ސިފައިންގެ ގާނޫނުގެ ދަށުން ރިޓަޔަރކުރަން ޖެހިފަހުރި މީހެއް..

The name is already taken The name is available. Register?

ވެލާނާ ގެ

20 November 2023

މިހާރަކު އިންޑިޔާ އަސްކަރިއްޔާ ރައްޖެ އަންނާކައް ހުއްދަ ހޯދާކައް ނުޖެޖޭ. އެމީހުންނަ ރާއްޖޭގެ ގާނޫނެއް ނުހިގާނެ. ދެރަ

The name is already taken The name is available. Register?

12345

20 November 2023

އިތުބާރެއް ނެއް.

The name is already taken The name is available. Register?

ޝޮކްތެރަޕީ

20 November 2023

ރައްޔިތުން ބަލަން ބޭނުނުްވާ އެއްބަަސްވުންތަ ބައިބަޔައް ދެއްކުމަކީ ގައުމަ ހިޔަނައްތެތިވުން.

The name is already taken The name is available. Register?

ދަނޑިވަޅު

20 November 2023

ކުރީސަރުކާރުގަވެސް އަމާޒު ހާސިލްކުރަން ޓީވީތަކަށް އަރާ ވަރަށް ވާހަކަ ދެއްކި ބޭފުޅެއެއް.

The name is already taken The name is available. Register?

މަޖިލިސް

20 November 2023

ތިހެން ކިޔާލަކިޔާލަ މި ދައުރު ނިމޭނީ. ހަފުތާއެއްގަ ފަހުން ބުނާނެ މިހާރު އިންޑިއާ ސިފައިން ނުތިބޭނޭ. މިއީ މިހާރު ބޮޑުތަކުރުފާނުވެސް އާސޯހްކޮށްލާވަރުގެ މިނިވަން ގައުމެކޭ.

The name is already taken The name is available. Register?

ޢެމެރިކާ

20 November 2023

އަމިލްލަ އެދުމާ އެއްގޮތައް މަސައްކައް ކުރި އޮފިސަރުން ވަކިކުރަން ޖެހޭ މަގާމުތައް ދޭވީކީނުން.

The name is already taken The name is available. Register?

ނިރު

20 November 2023

ރައްޔެތުން ނަށް އޮޅުވާލާ ދޮގު ބަޔާން ދީފަ ހުރި މީހަކު ތިފަދަމަގާމަކަށް ކުފޫ ހަމަ ނުވޭ. އިތުބާރު ވަނީ ގެއްލިފަ

The name is already taken The name is available. Register?

علي وحيد

20 November 2023

ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭ ކަމަށް ވާނަމަ މަގާމުން ދުރުކުރަންޖެހޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454