ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
19 ނޮވެމްބަރ 2023 - 19:38
ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހިމެނިވަޑައިގަންނަވާ ގޮތަށް ހާއްސަ ކައުންސިލެއް ސަރުކާރުން އުފައްދައިފި އެވެ.
"ވިޒިޓާ އިކޮނޮމީ ކައުންސިލް" ގެ ނަމުގައި އެ ކައުންސިލް އުފައްދާފައި ވަނީ އާ ސަރުކާރުން މިއަދު ބޭއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސޯދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ދާއިރާ ކަމަށްވާއިރު އެ ދާއިރާ ކުރިއަރުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، އެ ކައުންސިލަކީ އެކަމަށް ހާއްސަ ފޯކަސްއެއް ކުރުމަށް އުފައްދާފައިވާ ކައުންސިލެއް ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"މި ކައުންސިލުގެ މެންޑޭޓުގައި ހިމެނޭ އަނެއް ކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ޑައިވާސިފައި ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަން ކުރުން،" އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ-- ފޮޓޯ: ރައީސް އޮފީސް
ފިރުޒުލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މިއޮތީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލުމަށް އަންނަ މަންޒިލެއްގެ ގޮތުގައި ކަމުގައި ވިޔަސް ރައީސްގެ ވިސްނުންފުޅު ހުރީ ސިއްހަތާއި ތައުލީމާއި ދަތުރުފަތުރުގެ ޓޫރިޒަމް ފަދަ އެކި ދާއިރާތަކުން ޓޫރިޒަމް ކުރިއެރުވުން ކަމަށާއި އެ މަސައްކަތްތައް ވިޒިޓާ އެކޮނޮމިކް ކައުންސިލުން ކުރާނެ ކަމަށެވެ.
އެ ކައުންސިލުގެ އިތުރުން ވަޒީރުންގެ މަޖިލީހުން ވަނީ ސޯޝަލް ކައުންސިލާއި އިކޮނޮމިކް ކައުންސިލް ވެސް އުފައްދައިފަ އެވެ. އޭގެ ތެރެއިން ސޯޝަލް ކައުންސިލްގެ ޗެއާއަކަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ހަމަޖައްސަވާފައިވާއިރު އިކޮނޮމިކް ކައުންސިލްގެ އިސްވެރިއަކަށް ހަމަޖެއްސެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިލްހާމް އަހްމަދް
20 November 2023
ރައީސް މުއިއްޒުގެ ހީވާގި ޓީމްއާއެކު މި ދިވެހިރާއްޖެ ކުރިން ނުދެކޭފަދަ ބޮޑެތި ކުރިއެރުންތަށް ހޯދާނެ.
ހާނިޒް އިމްތިޔާޒް
20 November 2023
މުއިޒް އަށް ވާނެ ކަންކަން. ޝައްކެއްނެތް
ސޫޒަން.
20 November 2023
ގުޑް. ތިގޮތުގައި ކުރިޔަށް ވަޑައިގަންނަވާ
ޝަނީޒް
20 November 2023
މުއިޒްއަށް މަގޭ އިތުބާރު އެބައޮތް. އިގްތިސާދު ނަގާ ކޮޅަށް ޖަހާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް
ސަމާހް މުހައްމަދު
20 November 2023
ޓޫރިޒަމް ދާއިރާގަ އުޅޭ މީހެއްގެ ހައިސިއްޔަތުން މިކަމަށް މަރުހަބާ ކިޔަން.
ހަސަން ބުޝްރީ
20 November 2023
މިއީ ކަންކަން ކުރިއަރުވަންޔާ ހަދަންޖެހޭނެ ގޮތަކީ. ޓޫރިޒަމް ކުރިއަރުވަން ތިކުރާ މަސައްކަތް ވަރަށް ބަރާބަރު
މުއާނިޒް
20 November 2023
ހީކުރި ގޮތާ ހިލާފަށް މުއިޒް މިދަނީ ނަތީޖާ އަވަހަށް ނެރެމުން. މާބޮޑަށްވެސް އަވަސް ނަތީޖާ ނެރުން
ތަޝްމީތު
20 November 2023
ބޭނުންވަނީ މިހާ ހިންގުންތެރި މީހުން. ކަންކަން އަމިއްލަޔަށް ކުރަން އިނގޭ ރޭވޭ މީހުން.
އިޝްރާގް
20 November 2023
ސާބަހޭ މުއިޒް. ހިންގާލާތި
އިފާއު މުހައްމަދު
20 November 2023
ހަގީގަތުގަ އަހަރެން ހައިރާންވެއްޖެ މުއިޒް ހިންގުންތެރިކަމުން. ވަރަށް ފުރިހަމަ