ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ކަމަށް ހަލީމް އައްޔަންކޮށް ފަތްކޮޅު އަރުވަނީ --
21 ނޮވެމްބަރ 2023 - 19:21
ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އައްޔަންކޮށްފި އެވެ.
ހަލީމަކީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްޕީއެލް އާއި އެމްޓީސީސީ އާއި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ހަލީމް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯއަކަށް މިއަދު ހަމަޖައްސާފައިވާއިރު އެ ހޮސްޕިޓަލްއާ އެކު އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވީ އިބްރާހިމް ސަލީމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގާ "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް"ގެ ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑް" އަށް ބަދަލުކޮށްފަ އެވެ.
މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑަކީ، ރައީސްގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެމަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބޯޑު އިދާރީ ގޮތުން ހިނގަމުންދާނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ބޯޑު އަލުން އެކުލަވާލަން ވެސް ރައީސް މިއަދު ވަނީ ނިންމަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިންވެރިޔާ
22 November 2023
މި ފެންނަނީ ފަހުގެ ސައިންވެރިން. ނުޖޫމީ އިލްމު ވެރިން. އެހެނީ ދުނިޔޭގަ ލެއްވި ހުރިހާ ކަމަކުން އިލްމާއި ހުނަރު ލިބި ފުރި ބާރުވެފައިވާ މީހެއްމި. ބަދަރު ހިންގުން، ކޮންސްޓްރަކްކަން، ރޯޑުމޭކިން ، ޖައްވީ އުޅަދުހު ހެދުން ، މޫން މިޝަން. ބޮޑުކަންނެލީގެ ކަންތަށް،. މިހާރު މެޑިކަލް ޕުރޮފިސާރ އެއް. ގަދަ އިގޭ.
ވޯލް
22 November 2023
ރޔ ސަރުކާރުގައި އެމްޓީސީސީގައި އުޅުން އިރު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވިފައި ހުރި މީހަކު، މިސަރުކާރުގައި މުހިންމު ތަނެއްކަމުގައިވާ އީޖީއެމްއެޗް އަށް ލުމަކީ ދެރަ ކަމެއް.
ހޯރަބޭ
22 November 2023
މަރުހަބާ އިބޫ
މުޑަހަންޖާ
21 November 2023
މަބުނީ ހަފްތާއެއް ވެގެންދާއިރުވެސް ކ.މާލެތެރޭ ކަންތަކާދޯ އަދިވެސް އުޅެވެނީ. އެރަށު ފުލެޓުލިސްޓު ކަންތަކާ، ގޯތިކަންތަކާ މުނިސިޕަލްޓީ ކަންތަކާ، ގަޑިބުރެއްގެ ކަންތަކާ، ރަށުގެ އެކިތަންތަނަށް މީހުންލުމާ، މިކަހަލަ ކަންކަމާ އުޅޭތީ މުޅިންވެސް މިފެންނަނީ، އެހެން އަތޮޅުތަކުގެ ހަބަރަކަށް އޮތީ މަސްރޫއުތައް ހުއްޓާލާކަހަލަ ވާހަކައެއް.
އަލީމު
21 November 2023
މާލޭ މޭޔަރު ކަމުން، މާލޭ ރައީސައްވީމަ ވާނީއެހެން. ފަސް އަހަރު މަޑުކޮއްލާ އެހެން ރަށެއްގެ ވާހަކަ އަހަން ބޭނުމިއްޔާ.
ސައީ
22 November 2023
ކަލޭމެން ރަށްތައް ތަރައްގީކުރަން ބާޖު ފޮނުވި މީހާ އަށް ދޯކާދީފަ މާލޭ ބޮޑުމީހާ ވެރިކަމަށް ގެނައީމަ ވާނީ މިހެން ދޯ.. ދެން ތިބޭ ރަށޭ ކިޔާލަކިޔާލާ، ދުވަސް ކޮޅަކުން ސައުދީއަށް މީހުން އުޅޭ ރަށްތައްވެސް ވިއްކާލާނެ..
އަލިދީދީ
21 November 2023
އިންޑީޔާ އައުޓް ގޮވިމީހުން އައިސް އައިޖީއެމްއެޗް ގެ ނަން ވެސް ބަދަލުކުރާނެކަމަށް ހީކުރިން. އަދި އެތާ އެއިންނަ އިންދިރާ ގާނދީ ގެ ފޮޓޯ ވެސް ނަގާނެ ކަމަށް ހީކުރަން. އެއީ މިރާއްޖޭގައި މިހާރު އޮފީސް އޮފީހުގައި ވެރިންގެ ފޮޓޯ އެއް ނުހުރޭ. އެއީ ނާސިރު މައުމޫނު ގެ ޒައާމަތުގައި ކުރިކަމެއް. ފަހަރެއްގަ އަލުން އެކަން ވެސް އިޔާދަ ކޮށްފާނެ ތޯއްޗެއް. މިނިސްޓަރުންގެ ކާރާއި ގޭގައި ދިދަ ވެސް ނަގަން ނިންމީތާ ދީ!
ޗޯރު
21 November 2023
ކަލޯގަަޔާ ކާލާނެ ފިސާރި ރަގަޅަށް
ޓނ އަދުރޭ
21 November 2023
ތަންތަނަށް މީހުން ލާއިރު ކޮންމެވެސް ވރަކަށް އެފަންނެއްގެ ތަޖުރިބާ ލިބިފަތިބި މީހުން ލީމަ ނަތީޖާރަނގަޅުވާނެ
އޮނަރަބްލް އަފީފު ދީދީ
21 November 2023
އޭރު ވައުދުވީ "ތަފާތުކުރުމެއްނެތި ކަންކަން ކުރައްވާނެކަމަށް ކަމުގައިވިޔަސް މުއިއްޒުގެ ސަރުކާރުގެކަންކަން ތަރުތީބުކުރައްވާގޮތަށްބަލާފައި ހަދާނަށްއަންނަނީ ޑރ މުއިއްޒު ވަޒީރަކަށްހުންނެވިއިރު ކަންތައްކުރެއްވެވި ގޮތުގެމަތިން. # ވެރިކަމާއިޙަވާލުވެ ރާއްޖޭގެ ބޮޑު 2 ސިޓީގެ ހޮސްޕިޓަލް (ތިނަދޫ ޑރ ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި Addu Equatorial Hospital) ހިންގަމުންއައި އުސޫލުބަދލުކޮށް މިނިސްޓްރީގެދަށަށް ގެންނެވިއިރު ކ.މާލޭ ހޮސްޕިޓަލްހިންގުން ކުންފުންޏައް!؟
ނަސީމު.
21 November 2023
އައްޑޫ ހޮސްޕިޓަލް މިނިސްޓްރީގެ ދަށަށް ބަދުލުކުރީ އައްޑޫގައި މިހާރު ހުރި އިމާރާތަކީ ހޮސްޕިޓަލެއް ހިންގުމަށް ކަމުދާ ތަނަކަށް ނުވާތީ އައްޑޫގައި 300 ކޮޓަރީގެ ބޮޑު ހޮސްޕިޓަލް އިމާރާތެއް އަޅަން ޑރ މުއިއްޒު ވިސްނަވާފައިވާތީ އެކަން ކުރުމަށް ފަސޭހައަކަށް.
އަސްލައް
21 November 2023
އައްޑޫ ހޮސްޕިޓާ ބޯޑެއްގެދަށުން ހިންގިޔަސް އެތާއޮންނަނީ އާއިލީ ވެރިކަމެއް
ސީޒަން ޖެކްޝަން
21 November 2023
ތިޔަމީހާ ތިތަނަށް އައްޔަނުކުރުމަށްވުރެވެސް މުހިއްމުކަމަކީ ނަންބޯޑުބަދަލުކުރުން. އެކަމަކު ދެރައީ މިނިސްޓްރީތަކަށް ރީތި ދިވެހިނަންތައް ކިޔާބަހައްޓާފާ ތާކުންތާކުންނުޖެހޭ އިނގިރޭސިނަންތައް ދެންހުރިތަންތަނަށް ކިޔާތީ.