ދެ މަރާ ގުޅިގެން ދައުވާ އުފުލި ތިން މީހުން: ތިން މީހުން ވެސް ވަނީ މިނިވަންވެފައި
22 ނޮވެމްބަރ 2023 - 12:41
ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒު (ގަޓު މުއާ) އަަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.
މިގޮތަށް ނިންމުމާ އެކު މިހާރު ވަނީ، އެ މީހުން ބަންދުން ދޫކޮށްލި އިރު ފައިގައި އެޅުވި "މޮނިކޮން" ޓެގް ނައްޓާލުމަށް އަމުރުކޮށްފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މައްސަލަ އަނބުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާލައިފަ އެވެ.
މީގެކުރިން މި މައްސަލާގައި ދެން ތުހުމަތު ކުރެވޭ އަހްމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށް ކުރާ ދައުވާ ވެސް ކުރިއަަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ އެކު އަހަނދުގެ ޓެގް ނެއްޓުމަށް ވެސް އަމުރުކުރި އެވެ.
ބޮޑު ދެ މަރުގެ ތުހުމަތުވާ އިސޫ އާއި މުއާ ވެސް ޝަރީއަތް ކުރިއަށް ދަނިކޮށް ބަންދުން ދޫކޮށްލީ ފައިގައި ޓެގް އަޅުވައިފަ އެވެ. ޓެގް އަޅުވައިގެން މޮނިޓަކުރުމަށް އެ ދެ މީހުންގެ މައްޗަށް ނެރުނު އަމުރު ވެސް އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ.
މި ނިންމުމާ އެކު، މިދިޔަ ސަރުކާރުގައި އުފެއްދި މަރުތައް ބަލާ ކޮމިޝަނުން ދައުވާ ކުރަން ނިންމި ތިން މީހުން ވެސް މިނިވަންވީ އެވެ.
ރިލްވާނާއި ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. މީގެ ކުރިން މުހައްމަދު ނޫރައްދީން އަދި އަހުމަދު އާލިފް ރައޫފަށް ވެސް ދައުވާކުރި އެވެ. ނަމަވެސް، އެމީހުންގެ މައްޗަށް ވެސް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ނެތް ކަމަށް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާފު
23 November 2023
ވެރިކަން ބަދަލުވުމާއެކު މުޖުރިމުންތައް ކުށްފާފަތައް ދޮވެވި ސާފުވީ؟
ެއިސްތިއުފާ
22 November 2023
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި މީހުންގެ މައްސަލަތައް އިސްތިއުނާފު ނުކުރަނީ ކީއްވެ؟ މިފަދަ ބޮޑެތި ކުށްތައް ކޮށްފައިވެސް ސަލާމަތް މިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ކްރިމިނަލް ކޯޓުގެ ސަބަބުން. ހައްޔަރު ކުރިއިރު ހެކި ހުރި. ހައްޔަރު ދެމެހެއްޓިއިރު ހެކި ހުރި. އޭރު ހުރި ހެކި މިހާރު ނެތީތޯ؟
ފެއިލްޑް
22 November 2023
އެހެން ވީމަ ތިޔަ ރިޔާޒާ ހަމީދާ މަރުކޮމިޝަނާ ކީއްހޭ ކުރީ.
ސުލް
22 November 2023
ދެން އަތްޖަހާ ދެން އަތްޖަހާ ( އެމިނެމްގެ ޕްލީޒް ސްޓޭންޑަޕް ރާގަށް )
ކުޑަކަތީބު
22 November 2023
މިސޮރުމެންނަށް ކޯޓުންް ބޭރުން ބައިތުލްމާލު ހުސްކޮށްްދީ
ސަމާވަރު
22 November 2023
ފިލްމުތަކާއި ސީރީޒްތަކުގަ މަދު ފަހަރަކު ނޫނީ ކުށްކުރި މީހާ ފަޅާއަރާތަން ފެނުނަސް، ކުށްކުރި މީހާ ސާބިތުނުވާނެ ކުށްތައް މިދުނިޔެމަތީ ވަރަށް ގިނަވާނެ. ބައެއްމީހުނަށް އޮޅިފަ އޮތަސް ހަގީގަތަކީ ހުޅަނގުގެ ގައުމުތަކުގަވެސް ކުށްކުރިމީހާ ސާބިތުނުވާ ކުށްތައް ވަރަށް ގިނަ. ކުށްކުރިމީހާ ސާބިތު ނުވާ ފަހަރު ފަހަރު ހިތަށްއެރިހާ މީހަކަށް އަދަބުދޭން އުޅުނަސް، ހަގީގީ ކުށްވެރިޔާއަށްވެސް، ބޭއިންސާފު އަދަބުދޭ މީހުނަށްވެސް މަޙްޝަރު ދުވަހު ސަލާމަތް ނުވެވޭނެ.
ޒަމީރު
22 November 2023
ރަނގަޅު ކުށެއް ނުކޮށް ހައްޔަރު ކޮށްފަ ތިބި ހުރިހާ އަހުން ދޫކޮށްލާ1
އ
22 November 2023
އިންސާފު ހޯދަދޭނަމެކޭ ކިޔާ ވީ ވައުދެއް ނެތް.... ތިހާކަންހާވަރައް ގައުމެއްގައި އިންސާފު ލިބޭނީ.... ޝުކުރިއްޔާ....
ނުއުމާ
22 November 2023
މިއޮތީ ޖުޑީޝަރީއަށް އަތް ނުބާނާނަމޭ ބުނި ވާހަކަ.
ވާއު
22 November 2023
ވަޓް އަ ސަޕްރައިޒް. މިއޮތީ މުއިއްޒުގެ ވެރިކަން ފެށިފަ. ދެން ވޯޓު ދިން ކުދިން ބާރަށް އަތްޖަހާ
ލޮއްލަ
22 November 2023
އާދެ. ކޮންޑު ހުޅުން ދެއަތް ނެއްޓެން ދެކަށް ބާރަށް އަތް ޖަހާ…