02 ޖުލައި

July 02, 2020 14
ކޮމިޝަނަށް ބޭރުގެ މާހިރަކު އައްޔަންކުރަން އެދެފި

މަރުގެ މައްސަލަތައް ތަހުގީގުކުރުމުގައި ރިޔާސީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ މާހިރަކު އައްޔަންކޮށްދެއްވުން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައިވާނެ ކަމަށް، ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ އާއިލާއިން މިއަދު ބުނެފި އެވެ.

24 ޖޫން

June 24, 2020 10
ތަހުގީގުތަކާ ގުޅިގެން ނަޝީދުގެ ކަންބޮޑުވުން ކޮމިޓީ އަށް

މަރު ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރި ތިން މައްސަލައިގައި ޖިނާއީ އަމަލުތަކެއް ހިންގާފައިވާ ކަމާއި އެ އަމަލު ހިންގި މީހުން ސާފުކޮށް އެނގެން އޮތް އިރު ވެސް އެ މީހުންގެ މައްޗަށް ދައުވާ ނުއުފުލެންވީ ސަބަބު ސާފުނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަންބޮޑުވުންތައް ގައުމީ...

23 ޖޫން

June 23, 2020 10
ރައީސް ވިދާޅުވަނީ މަރު ކޮމިޝަނަށް ނަތީޖާ ނެރެވޭނެކަމަށް

މަރު ކޮމިޝަނުން ބަލާ މައްސަލަތައް ހުއްޓާނުލާ ކަމަށާއި ތަހުގީގުތައް ކޮޅެއްގައި ޖައްސައި އިންސާފަށް ވާސިލްވާން ކުރެވެން ހުރި މަސައްކަތްތަކެއް އެ ކޮމިޝަނުން ކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

22 ޖޫން

June 22, 2020 60
ނަޝީދުގެ ވާހަކަތައް މަރު ކޮމިޝަނުން ދޮގުކޮށްފި

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަތައް ކޮމިޝަނުން ދޮގުކޮށްފި އެވެ.

June 22, 2020 22
ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!

އާއިލާތަކަށް އިންސާފު ހޯދައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރު ކޮމިޝަނުން ނަތީޖާ ނުނެރެވި ކޮމިޝަން "މަރުވެފައިވާ" ކަމުގެ ކަންބޮޑުވުންތަކާ އެކު ސަރުކާރަށް...

June 22, 2020 59
މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި: ނަޝީދު

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ...

02 ޖޫން

June 02, 2020 10
އިމްރާން ވިދާޅުވީ ޒިންމާ ނަގަންޖެހޭނީ ކޮމިޝަނުން ކަމަށް

ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ނުނިމި ލަސްވަނީ ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބިގެން ނޫން ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ކަމަށް ހޯމް މިނިސްޓަރު...

14 އެޕްރީލް

April 14, 2020 18
ރިލްވާންގެ ތަހުގީގުގައި ކުރިއެރުން ހޯދިއްޖެ: ކޮމިޝަން

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރާލި މައްސަލައިގައި އާ ހެކިތަކާ އެކު އިންސާފާ ގާތްވެވޭނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވީ ނަމަވެސް ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ހުއްޓިފައި އޮތުމުން ކަންބޮޑުވާ ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފި އެވެ.

30 ޖެނުއަރީ

January 30, 2020 1
ޔާމީން ރަޝީދުގެ މަރު: ފަހު އަޑުއެހުން އަންނަ މަހު

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދިފާއީ ހެކިންގެ ހެކިބަސް ނެގުން މިއަދު ނިމި، އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން އަންނަ މަހު ބާއްވަން ކްރިމިނަލް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

28 ޖެނުއަރީ

January 28, 2020 22
ރިލްވާނާއި ޔާމީންގެ އާއިލާގެ ހިތްހަމަނުޖެހުން ރައީސަށް!

ވަަގަށް ނަގައި މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ގަތުލުކޮށްލި ޔާމީން ރަޝީދަށް އިންސާފު ހޯދައި ދެއްވާނެ ކަމުގެ ވައުދާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތަސް އެ މަގަށް ސަރުކާރު މަސައްކަތްކުރާ މަންޒަރު ނުފެންނަ ކަމަށާއި ދޮގު އުއްމީދެއްގެ ފަހަތުން ދުވަން ނުހަދައި ހަގީގަތް ހާމަކޮށްދޭން އެ ދެ އާއިލާ...

09 ޖެނުއަރީ

January 09, 2020 5
މަރުގެ 3 މައްސަލަ އަވަހަށް އަލުން ފޮނުވާނެ: ކޮމިޝަން

އަނިޔާވެރިކޮށް އަވަހާރަކޮށްލި ޑރ. އަފްރާޝީމް އަލީ އާއި ވަގަށް ނަގައި މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ވަރަށް އަވަހަށް އަލުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފި އެވެ.

07 ޖެނުއަރީ

January 07, 2020
ޔާމީންގެ މަރު: އިތުރު ދިފާއީ ހެކިންތަކެއް ދޫކޮށްލައިފި

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންނާ ދެކޮޅަށް ދައުލަތަށް އެކަށީގެންވާ ހެއްކެއް ހުށަހެޅިފައި ނެތް ކަމަށް ދައުވާލިބޭ ބައެއް މީހުންގެ ފަރާތުން ބުނެ ދިފާއީ އިތުރު ހެކިންތަކެއްގެ ހެކިބަސް ނުނަގަން ނިންމައިފި އެވެ.

17 ޑިސެމްބަރ

December 17, 2019 14
މައުމޫން ހަމީދުގެ މައްސަލައެއް ބާ ކައުންސިލަށް

ގަތުލުކޮށްލާފައިވާ ބްލޮގާ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އިސްމާއީލް ރަޝީދުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާތީ، އޭނާގެ ވަކީލް އަދި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދުގެ ސުލޫކީ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

15 ޑިސެމްބަރ

December 15, 2019 7
ޔާމީން މަރުގެ: ދިފާއީ ހަތް ހެއްކެއްގެ ނަން ނަގައިފި

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާލިބޭ މީހުންގެ ތެރޭގައި ހިމެނޭ އިސްމާއިލް ރަޝީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ތެރެއިން ހަތް މީހެއްގެ ނަން އަނބުރާ ގެންގޮސް، އެ މީހުންގެ ހެކިބަސް ނުނަގަން ނިންމައިފި އެވެ.

03 ޑިސެމްބަރ

December 03, 2019 10
3 މަރާ ގުޅިގެން މަޒީދާއި ސާމިތަށް ދައުވާކުރަން އެދެފި

އަނިޔާވެރިކޮށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރާލުން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މޭސްތިރިންނަށް ދައުވާކޮށްދޭން މަރު ކޮމިޝަނުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި މިއަދު އެދިއްޖެ އެވެ.

25 ނޮވެމްބަރ

November 25, 2019 7
ޔާމީން ރަޝީދުގެ މަރު: ތިން މީހަކު ހެކިބަސްދޭން ދެކޮޅު

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ތިން ހެކިވެރިއަކު ހެކިބަސް ދޭން ދެކޮޅު ހެދުމުން ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަގައި ނިމި، އެ މައްސަލާގެ ހުކުމް އަންނަ ޖެނުއަރީ މަހު އިއްވަން ހަމަޖައްސައިިފި އެވެ.

18 ނޮވެމްބަރ

November 18, 2019 9
އައްޔަގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ދަމަހައްޓައިފި

ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ވީބީ އަލީ ޝިޔާމް (ވީބީ އައްޔަ)ގެ ޕާސްޕޯޓު ހިފަހައްޓަން ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.

13 ނޮވެމްބަރ

November 13, 2019 7
"ޔާމީން ބޮލާއި ކަރާއި މޭގައި ބޮޑެތި ޒަހަމްތައް ހުރި"

މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ބޮލާއި ކަރާއި މޭގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

15 އޮކްޓޯބަރ

October 15, 2019 3
ކެމެރާއިން ނެގި ފިންގަޕްރިންޓާ ހައިޝަމާ ދިމާވޭ: ހެކި

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި، އޭނާ ދިރިއުޅުނު ގޭގެ ލިފްޓް ބޭރުގައި ހުރި ކެމެރާ އިން ފެނުނު ފިންގަޕްރިންޓާއި ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފިންގަޕްރިންޓް ދިމާވާ ކަމަށް ފުލުހަކު ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

11 އޮކްޓޯބަރ

October 11, 2019 9
ޔާމީންގެ މަރުގެ މައްސަލައާ މެދު ސުއޫދުގެ ކަންބޮޑުވުން

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިހާރު ކަންކަން ހިނގަމުންދާ ގޮތާ މެދު ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

10 އޮކްޓޯބަރ

October 10, 2019 17
ބައެއް ހެކިންނަށް ހަމަލާދީފި، ބައެއް ހެކި ދޫކޮށްލަނީ

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ތިބި ބައެއް މީހުންނަށް ހަމަލާދިން މައްސަލަތަކެއް ފެންމަތިވެ އަދި ބައެއް ހެކިން ހެކިބަސް ދޭން ދެކޮޅު ހަދާތީ އެ މީހުންގެ ބައި ދައުލަތުން މިއަދު އަނބުރާ ގެންގޮސްފި އެވެ.

10 ސެޕްޓެމްބަރ

September 10, 2019 4
އެނަލިސިސް ހެދި ފުލުސް މީހާއަށް ގިނަ ސުވާލުތަކެއް

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ވީޑިއޯ އެނަލިސިސް ރިޕޯޓް ހެދި ފުލުސް މީހާއާ ދިފާއީ ވަކީލުން ގިނަ ސުވާލުތަކެއް ކްރިމިނަލް ކޯޓުގައި މިއަދު އަމާޒުކޮށްފި އެވެ.