ވިޔަފާރި / އެޑްވަޓޯރިއަލް

ހައްލެއް ނެތް ބޮލުގައި ރިހުން މެނޭޖުކޮށްދޭނެ ކްލިނިކެއް

ޕެއިން ކްލިނިކުގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

26 ނޮވެމްބަރ 2023 - 13:03

ބޮލުގައި ރިހުމަކީ އާއްމު މައްސަލައެކެވެ. ދޭތެރެދޭތެރެއިން، ކެތް ނުވާ ވަރަށް ބޮލުގައި ރިއްސައި, އެނދުން ނުތެދުވޭ ވަރަށް ވޭން ތަހައްމަލުކުރާ މީހުން ވެސް އުޅެ އެވެ. ގިނަ ފަހަރު ބޮލުގައި ރިހުމަކީ މާ ބޮޑު ސިއްހީ މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ނުދެކެ އެވެ. ބޮލަށް އަރާ ކުއްލި ތަދުތަކުގެ ސަބަބެއް ނުވަތަ ޑައިގްނޯސިސްއެއް ހޯދަން ވެސް ގިނަ ފަހަރު ނޫޅެ އެވެ. އާއްމުކޮށް ބޮލުގައި ރިހޭ ރިހުމަކީ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ހައްލު ލިބޭ ކަމަކަށްވުމުން ކަމަށް ވެސް ވެދާނެ އެވެ.

ބޮލުގައި ރިހުމަކީ ކިތަންމެ އާއްމު ނަމަވެސް އަޅާނުލައި ދޫކޮށްލެވެން އޮތް މައްސަލައެއް ނޫނެވެ. ބޮލުގައި ރިހި, އެކި ވައްތަރުގެ ތަދުތަކާ ކުރިމަތިވެ, ދުވަހުގެ މަސައްކަތަށް ބުރޫ އަރާ ހިސާބަށް ދާއިރު, މިފަދަ މައްސަލައެއް އަޅާނުލައި ދޫކޮށްލުމަކީ ފަހުން އެ ހުރި މައްސަލަ އިތުރަށް ގޯސްވާން މެދުވެރިވެދާނެ ކަމެކެވެ. އަބަދު ބޮލުގައި ރިއްސާ ނަމަ, އެ ރިހުމަކީ ކީއްވެ އަންނަ ރިހުމެއްތޯ ދެނެގަނެ, ކަމުގެ ހައްލު ހޯދުން މުހިންމެވެ.

ޕެއިން ކްލިނިކުގެ ޓްރީޓްމަންޓު ރޫމެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮލުގެ ރިހުމުގެ އާއްމުކޮށް ހުންނަނީ ތިން ވައްތަރެކެވެ. އެއީ މައިގްރެއިން ހެޑޭކް, ޓެންޝަން ހެޑޭކް އަދި ކްލަސްޓާ ހެޑޭކް އެވެ.

މައިގްރެއިން ހެޑޭކަކީ އާއްމުކޮށް ބޮލުގެ އެއް ފަޅީގައި ރިހޭ ރިހުމެކެވެ. މައިގްރޭން ހެޑޭކުގައި ބޮލުގައި ރިހުމުގައި ވިންދު ޖެހުން ފަދަ އިހުސާސެއް ކުރެވޭނެ އެވެ. އަދި އާއްމުކޮށް މައިގްރޭން ހެޑޭކުގައި އަލި އެޅި އަޑުއަޑު އިވުމުން އުނދަގޫވާނެ އެވެ.

ޓެންޝަން ހެޑޭކަކީ އާއްމުކޮށް ސްޓްރެސް ބޮޑުވުމުން އުފެދޭ ބޮލުގައި ރިހުމެވެ. މި ރިހުން އާއްމުކޮށް އުފެދޭނީ ބޮލުގެ ފަހަތުންނެވެ. އަދި ބައެއް ފަހަރު މި ހެޑޭކް ބޮލުގެ ދެ ފަޅި އާއި މޫނުގައި ވެސް ހުރެ އެވެ. އެންމެ އާއްމުކޮށް، ގިނަ މީހުން ތަހައްމަލުކުރާ ބޮލުގައި ރިހުމަކީ މިއީ އެވެ.

ކްލަސްޓާ ހެޑޭކަކީ ވަރަށް ވޭން ގަދަ ބޮލުގެ ރިހުމެކެވެ. ކްލަސްޓާ ހެޑޭކުގައި ބޮލުގެ އެއް ފަޅިއާ އެކު ލޯ ކައިރީގައި ރިއްސުމާއި އައްސިވުމާއި ބޮލުގައި ރިހޭ ވަގުތު ވަގުތީ ގޮތުން ފެނުމަށް އަސަރުކުރުން ހިމެނެ އެވެ. ކްލަސްޓާ ހެޑޭކަކީ މައިގްރެއިންއާ ވަރަށް އެއްގޮތް ސިމްޓަމްތަކެއް ހިމެނޭ ހެޑޭކެކެވެ. މި ރިހުން އަންނަ ދުވަސްކޮޅުގައި ކައިރި ކައިރީގައި ކުއްލި ކުއްލިއަށް ރިހުން ތަހައްމަލްކުރަން ޖެހިދާނެ އެވެ.

ޕެއިން ކްލިނިކުގެ ޓްރީޓްމަންޓު ރޫމެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮލުގެ އެކި ވައްތަރުގެ ރިހުމަކީ ގިނަ ބަޔަކު ތަހައްމަލުކުރާ ކަމަކަށް ވާއިރު މިކަމަކީ ގިނަ ފަހަރު ތަދު ކަނޑުވާލަން ބޭސް ގުޅައަކުން ނިންމާލާ ކަމެކެވެ. ދާދި ފަހުން ތައާރަފް ކުރި ޕެއިން ކްލިނިކްގެ ޑޮކްޓަރުން ނަސޭހަތްތެރި ވަނީ، އާއްމުކޮށް ބޮލުގައި ރިހޭ ނަމަ, ޑޮކްޓަރަށް ދައްކައި، ބޮލުގައި ރިހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށެވެ. ހާއްސަކޮށް، މެދުނުކެނޑި ދޭތެރެ ދޭތެރެއިން ބޮލުގައި ރިހުމުގެ އެޕިސޯޑުތައް ތަޖުރިބާކުރާ ނަމަ ޕެއިން މެނޭޖުކުރާނެ ގޮތްތައް ދެނެގަތުމަކީ ވަރަށް މުހިއްމުކަމެކެވެ.

ޕެއިން ކްލިނިކުން ބޮލުގެ ރިހުމަށް ފަރުވާދިނުމުގައި ބަލަނީ، ކޮންމެ މީހަކަށް ވެސް ބޮލުގައި ރިހުމަށް މެދުވެރިވާ ސަބަބުތައް ރަނގަޅަށް ދެނެގަނެ، އެމީހަކަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުވާ ދިނުމަށް، އަދި ދިގުމުއްދަތައް ޕެއިން މެނޭޖްކުރުމަށް ޕްލޭނެއް އެކުލަވާލުމަށެވެ. ކޮންމެ ޕޭޝަންޓެއްގެ ޓްރީޓްމަންޓު ޕްލޭނަކީ, އެ ޕޭޝަންޓުގެ އެނެލިސިސްއެއް ހަދައި، ބޮލުގެ ރިހުމަށް އަސަރުކުރުވާ އެކި ކަންކަން ދެނެގަނެ, ނަފްސާނީ ހާލަތާއި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އަސަރުކުރުވާ ކަންތައްތައް ދެނެގަނެ ހަދާ ޕްލޭންތަކެކެވެ. އަދި އެކި ބަލިތައް ތަހައްމަލުކުރާ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކާންޖެހޭ މީހުންނަށް ކުރިމަތިވާ ސެކަންޑްރީ ހެޑޭކުތައް ވެސް މެނޭޖުކުރުމަށް ޕެއިން މެނޭޖްމަންޓު ޕްލޭނެއްގެ ދަށުން ފަރުވާދޭނެ އެވެ.

ޕެއިން ކްލިނިކުގައި އެކި ވައްތަރުގެ ބޮލުގައި ރިހުމާއި މިފަދަ އެހެން ކޮރިނިކް ޕެއިންއަށް ފަރުވާ ދިނުމަށް ހާއްސަ ޖެނެރަލް ޕްރެކްޓިޝަނާއަކާއި ނިއުރޮލޮޖިސްޓެއް ވެސް ހުރެ އެވެ. އަދި ދިގުމުއްތަދައް ދެމިގެންދާ ބޮލުގެ ރިހުން ފަދަ މައްސަލަތަކަށް ފަރުވާ ދިނުމަށް، ކަމާބެހޭ ރާއްޖޭން ބޭރުގެ ސްޕެޝަލިސްޓުން ޕެއިން ކްލިނިކަށް ޒިޔާރަތްކުރުމަށް ކުލިނިކުންދަނީ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ޕެއިން ކްލިނިކުން ދޭ ހިދުމަތްތަކާއި އެޕޮއިންޓްމަންޓު ހެއްދުމުގެ ހިދުމަތް 7260892 ނަމްބަރުން ލިބޭނެ އެވެ. މި ކްލިނިކު ހުންނަނީ އަލިކިލޭގެފާނު މަގުގައި ހުންނަ ގ. ހިޔާކުރި ހަތަރު ވަނަ ފްލޯގަ އެވެ. މިއީ އެކި މީޑިއަމްތައް ބޭނުންކޮށްގެން އެކި ވައްތަރުގެ ތަދުތައް މެނޭޖުކޮށް ތަދުތަކަށް ފަރުވާ ދިނުމަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ކްލިނިކެވެ.

ނޯޓު: މިއީ ޕެއިން ކްލިނިކުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 43%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454