މިނިސްޓަރު ޝަހީމް ސައުދީ ސަފީރާއެކު: ސަފީރަށް ވަނީ މިނިސްޓްރީއަށް ރަތް ދޫލައިގެން މަރުހަބާއެއް ކިޔާފައި -- ފޮޓޯ: މިނިސްޓްރީ
28 ނޮވެމްބަރ 2023 - 19:15
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، އިސްލާމިކް މިނިސްޓްރީއަށް ޒިޔާރަތް މިއަދު ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.
ސަފީރު މިއަދު އެ މިނިސްޓްރީއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މިނިސްޓަރު ޑރ. ޑރ. މުހައްމަދު ޝަހީމެވެ. މިނިސްޓަރާ އެކު މިނިސްޓްރީގެ މުވައްޒަފުން ސަފީރުގެ އިސްތިގުބާލަށް ނުކުތެވެ.
ސަފީރުގެ އިހުތިރާމްގެ ޒިޔާރަތުގައި މިނިސްޓަރު ވަނީ ރާއްޖެއާ ސައުދީއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތްގުޅުމާއި ސައުދީން ކޮށްދީފައިވާ ކަންކަން ފާހަގަކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސައުދީއަކީ އިސްލާމީ އެހީ ރާއްޖެއަށް އެންމެ ގިނައިން ދީފައިވާ ގައުމެވެ.
ޝަހީމް، ސައުދީ ސަފީރާއެކު -- ފޮޓޯ: މިނިސްޓްރީ
އޭގެ އިތުރުން ރާއްޖޭގެ އެންމެ ގިނަ އިލްމުވެރިންނަށް ހިލޭ ކިޔަވައިދިނުމާއި އެންމެ ގިނަ މިސްކިތް ހިލޭ އެޅުމާއި އެންމެ ގިނަ އިސްލާމިކް ސެންޓަރުތައް ހިލޭ އެޅި ގައުމަކީ ވެސް ސައޫދީ ކަމަށް ވިދާޅުވި އެވެ.
ސައުދީން އުމްރާވެރިންނާއި ހައްޖުވެރިންނަށް ދީލަތި އެހީ ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަސޭހަ ކޮށްދިނުމަށް ރާއްޖޭގައި އެމްބަސީއެއް ހަދައި ސައުދީގެ ސީދާ ފްލައިޓްތައް ރާއްޖެއަށް ފަށާފައިވާކަން ވެސް ފާހަގަކުރައްވައިފަ އެވެ.
ސަފީރާ އެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖެއަށް ސައުދީން ކޮށްދީފައިވާ ބައެއް ކަންކަމުގެ ލިސްޓެއް ދައްކަވަނީ.
އާ ސަރުކާރުން އަންނަނީ ސައުދީއާ ގާތް ގުޅުމެއް ބާއްވަމުންނެވެ. ސަފީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ކުރިން އެ މަނިކުފާނާ ބައްދަލުކުރައްވައިފަ އެވެ.
ރައީސްގެ އެންމެ ފުރަތަމަ ބޭރު ދަތުރު ހަމަޖެއްސީ ވެސް ސައުދީއަށެވެ. ނަމަވެސް އެ ދަތުރު ފަސްކުރަން ޖެހުމުން މިހާރު ވަނީ ތުރުކީއަށް ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭ ހިޔާލު
30 November 2023
ކުރީގެ އިސްލާމިކް މިނިސްޓަރުގެ މައްސަލައަކީ ސާޅިދޯޅު ހޮހަޅައިގަ ހައިބަނޭޓް ކުރަން ނިދާގޮތަށް އޭނާގެ އަމަލު ބެހެއްޓުން. މިދިޔަ 5 އަހަރު އިސްލާމިކް މިނިސްޓްރީ ނިދާފަ އޮވެފާ މިހާރު ހޭލައިފިހެން ހީވަނީ. ޝަޙީމްއަކީ ގަދަ ބޭފުޅެއް.
ތީތި ކަޑައޭ
29 November 2023
އިޒްރޭލުން ހަފްތާގެ ދުވަސްތައް ލިޔެފަ ހުރި ގަނޑެއް ޝިފާ ހޮސްޕިތަލުން ދައްކާފަ މިހިރީ ހަމާސް އިން ހޮސްޓެޖުން ބަލަހައްޓާ ގާޑުންގެ ނަންތަކޭ ތި ޕްރެޒެންޓޭޝަނުގެ ހުރި ވާހަކަތަކެކޭ އެއްކަމެއް< ރާއްޖޭގައި އެންމެ ގިނަ މިސްކިތްއަޅައިދިން ގައުމޯ - ދޮގެއް ދިވެހި ހައްޖުވެރިންނަށް ވަކި ޚިދުމަތެއް ދެނީކީ ނޫން، އެންމެނަށްވެސް ކޮށްދޭކަމެއް އެތައް ބައިވަރު ފީތަކެއް ނަގާފަ
އަޖާއިބު އަންތަރީސް
29 November 2023
ސަލްމާން މިސްކިތް ހުޅުވަނީ ކޮންއިރަކުންތޯ. އަދި ސަލްމާން މިސްކިތުގެ މުންނާރުތަކުގައި ހުރި ލައުޑުސްޕީކަރުތަކުން ނަމާދާއި ބަންގީގެ އަޑު އިއްވާނީ ކޮންއިރަކުންތޯ
ވަގާ
29 November 2023
ފަލަސްތީންގެ މީހުން ގައްޒާގައި ބޮޑު ހަގުރާމައެއްކޮށް ނިންމާލި އިރު ބަހެއް ނުބުނެ ހުރީ ސައުދީ ރުޅި އަތުވެދާނެތީ. ފުރަތަމަ ދުވަހު 1967ގެ ބޯޑާރޭ ކިޔާގެން ޓްވީޓެއް ނުކުރާ ވާހަކައެއް ނޫން. އަދި ދަންނައެ 1967ގެ ބޯޑަރަކީ ޔަހޫދީން ވެސް ބޭނުންވާ ބޯޑަރު.
ލަމްހާތަ
29 November 2023
ވަރައް ބޮޓުން ތިޔާގި ދުވަސް ވަރެއް
ރަމަ
29 November 2023
ކިހާވަރަކުންދާނެބާއޭ ހިތަށްއަރާ އެންމެފަހުންވެސް އެތައް އެތައް ކަމެއްގެ ތުހުމަތުތަކެއް ކުރެވިފައިވާ މީހެއް މިޝަހީމަކީ!
އިކުލިލ
29 November 2023
މީނަގެ ކަމަކީ ފުލްޓައިމް ސެލްފު ޕްރޮމޯޓު ކުރުން. މީނަ މި ރެޑީ ވަނީ މުއިއްޒު ކެބިނެޓުގަ ހުރެގެން ކައި ވަރުގަދަވެގެން 2028 ގަ މުއިއްޒު ބަލިކޮށްލަން.
ދައްކަބަލަ
29 November 2023
ސެލްފް ޕްރޮމޯޓްވާން ނުއުޅޭ މީހަކު މިގައުމުން އަޅެ ދައްކަބަލަ.
ލައްބަ
29 November 2023
ކަމެއް ގޯސްވީތޯ މާވަރަކަށް ރަތް ދޫލަ އަޅުއްވަ އަޅުއްވާފަ ތިޔަ އުޅުއްވަނީ. ރައީސް ގެ ދަތުރުފުޅު ކޮބައިތޯ ސައުދީއަށް
އައިޝާ ބިންތި އާސިފް
29 November 2023
ވަޒީރުންނަކީ މެޗުއަ ދައުލަތުގެ ހައިބަތު ހިފެހެއްޓޭ ބަޔަކަށް ވާންޖެހޭނެ
އުސްތާޒް މަދީނާ
29 November 2023
ސައޫދީން ކޮށްދީފައިވާ ކަންކަން ސައޫދީއަށް ކިޔައިދެނީ. ލަދުން ބޯހަލާކު. ޑިޕްލޮމެޓުން މަގާމާ ހަވާލުވާއިރު ތިހުރިހާކަމެއް އެގޭނެ. ބްރީޕް ކުރާނެ
ނޭނގޭނަމަ
29 November 2023
އެ ކިޔައިދެނީކީ ނޫން. އެކަންކަން އެމީހުން ކޮށްދިންކަން އެކްނޮލެޖްކުރަނީ. ގައުމުތަކުން ބަލާނެ އެމީހުން ކޮށްދޭ ކަންކަން އެ ރައްދުވާ ގައުމުން ބަލައިގަނޭތޯ. ދީނީ ގޮތުންވެސް އޮންނަ ރީތި ގޮތަކީ ކަމެއް ކޮށްދިނީމަ ޝުކުރުއަދާކުރުން. ކޮށްދިން ކަންކަން ކިޔާފަ ޝުކުރުއަދާކުރެވޭނީ.