ފުލުހަކު ޑިއުޓީގައި: ގްރޫޕް މާރާމާރިއަކާ ގުޅިގެން ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
29 ނޮވެމްބަރ 2023 - 21:22
މާލޭގައި ހިންގި ގުރޫޕް މާރާމާރީއަކާ ގުޅިގެން ތިން މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ހެންވޭރުގައި ހުންނަ ޗީބޯ ކެފޭ ކައިރީގައި މިއަދު ހަވީރު ހިނގި އެ މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ 18 އަހަރާއި 22 އަހަރާ އަދި 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މި މާރާމާރިއާ ގުޅިގެން އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ތިއްބެވެ. އަދި އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ފުލުހުންނަށް ފިލަން ވެސް ދެ މީހަކު މަސައްކަތް ކުރެ އެވެ.
ފުލުހުންނޭ! 5 އަހަރު ވަންދެން ޑްރަގް ވިޔަފާރި އާ ގޭންގު ހުއްޓުވަން ކުރި މަސައްކަތުގެ ބަދަލުދޭން އެމީހުންގެ ވެރިކަން މިއޮތީ ފެށިފަ. ދެން ތާރީޚާ ގަޑި ޖަހައިގެން މިފަދަ ކަންކަމުގެ ތަފާސް ހިސާބު ބައްލަވަން ތިއްބަވާ.@PoliceMv
— Yaasmeen (@Neemsaaay) November 29, 2023
މީމިއަދު އިރުއޮއްސުނު ވަގުތު… https://t.co/mGBDtWvYrL pic.twitter.com/cYaxm3woq1
އެ ދެ މީހުން ފިލަންވެގެން ސައިކަލެއްގައި ވަރަށް ބާރަށް ދުއްވާފައި ދަނިކޮށް، އެ މީހުންގެ ކުރިމަތިން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހި ބިން މައްޗަށް ވެއްޓެވެ. އަދި އެ ދެމީހުން ތެދުވެ ދުއްވައި ގަންނަނިކޮށް އެތަނުން އެކަކު ފުލުހުން ހިފަހައްޓަ އެވެ. ދެވަނަ މީހާ ހިފަހައްޓަން ފުލުހުން ދުވާތަން ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
30 November 2023
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ދެން އިތުރު މައުލޫމާތު ނޫސްވެރީން އަމިއްލަ އަށް ހޯދަން ވީ އެވެ.
ދަ ޑިމޮކްރެޓްސް
30 November 2023
ފައިތުވި 5 އަހަރުވެރިކަންކުރި ބޭފުޅާއަށް ކުރެވުނުހާ ޖެއްސުމެއް ކޮށްފައި ގޮނޑިކޮޅުން ފައިބައިވަޑައިގެން އެ ވަޑައިގަތީ. ޖަލުތަކުގައިތިބި ބޮޑެތި ކުށްވެރިން މިނިވަންކުރުމަކީވެސް އިބޫ ޞާލިޙް މިޤައުމަށް ދިން ވަރަށްބޮޑު އަނިޔާއެއް. އެކަމަކު ކޮންމެމީހަކުވެސް އެތިވަރު ގޮވާނީ މުޢިއްޒަށް. ގޭންގް ގުރޫޕްތައް އެކްޓިވްވެ ޤައުމު މިއޮތީ ބޮޑުވެގެންވާ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައި. ރައްޔިތުން އިބޫއަށް ބޮޑުތަނުން ނޫނެކޭ ބުނީތީ އެކަމުގެ ބަދަލު ހިފާފައި މިއޮތީ.
ކަރަދުއިބްރާހީމް
30 November 2023
މާރާމާރީ ހުއްޓުވޭނީ މާރާމާރީ އަށް ހިތްވަރު ދިން މީހުން އެކަން ހުއްޓުވީމަ ، ފަންސަވީސް މާލަމަށް އަރުވާފަ ސުލްހައަށް ލޯބިކުރާ ޒުވާނުންގެ ލަގަބް ދީގެން އެޒުވާނުން މެދުވެރިކޮށް ސިޔާސީ ބޭނުންތައް ހިފާފަ ، ރިމޯޓަށް އެކުދިން މަސައްކަތް ނުކުރަންފެށީމާ ދެން ކޮން " ގޭންގެކޭ " ކިޔާކަށްތޯ ގޭންގުތަކަށް ހިތްވަރު ދިނީ ވެސް ދެނީވެސް ހަމަވެރިން . ގޭންގުތަކާ ނުލާ ވެރިކަމެއް ކުރާތަން ދެކެން ބޭނުން އަދި ނުފެނޭ މިހާރު 53 އަހަރު ފެންނާނެބާ ، ޕޮލިސް ވަކިކީއްކުރާނީ
ސިފްނާން
30 November 2023
ޖެހިގެން މިއުޅެނި ޕީއެންސީގެ މަޖްލީސް ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރެއިން އުފެދިގެން ދިޔަ ހިޔާލުތަފާތުވުމެއްގަ ޖެހިގެން އުޅޭ މައްސަލައެއް. ޕީއެންސީގެ ޕްރައިމަރީގައި ގިނަ އަދަދެއްގެ ގޭންގްތަކުން ވާދަކުރޭ! ރާއްޖެ މިދަނީ މެކްސިކޯ އަދި ކެމްބޯޑިޔާ ދަތުރުކުރި މިސްރާބަށް ރައީސް މުއިއްޒު ބުނާ ޤައުމިއްޔަތަކީ މީކަމަށްވެދާނެ
ހާދަމޮޅޭ
30 November 2023
ވާނުވާ ނޭނގި ބޭކާރު ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ
ސިފް
30 November 2023
ވަރަށް ރަނގަޅު ވާހަކައެއް. ޤައުމު ވަރަށް ނުބައި މިސްރާބަކަށް ދަތުރު ކުރަމުންދަނީ.
މާހިރު
30 November 2023
މީހަކަށް އަނިޔާނުވާގޮތަށް މާރާމާރީ ހިނގުމަކީ ކިހިނެއްވާކަމެއްތޯއެވެ. ތިއަށް މާރާމާރިއޭ ކިއުމަށްވުރެ ރަނގަޅުވާނީ ޒުވާބުކުރުން ނުވަތަ ހަމަނުޖެހުން ހިންގުން ކަމަށްފެނެއެވެ. މާރާމާރިއެއް ހިނގައިފިނަމަ ކޮންމެވެސް ވަރެއްގެ އަނިޔާއެއް ނުވެއެއް ނުދާނެނޫންތޯއެވެ.
ޒަވިޔަނި
30 November 2023
ވާނެ ހުރިހާ ކަމެއްވެސް. ޖަލުގަ ތިބި އެއްމެހާ ކުދިންކޮޅު ދޫކޮއްލާފަ އިބޫބޭބެ އެފޭބީ.
ދެރަ
30 November 2023
ޥަޒީފާ ނެތް މީހުންނަށް އެލަވަންސްދޭންވެސް އެކިޔަނީ ހަމަ ސީދާ މި ބަޔަކަށް ރުފިޔާ ހޯދައިދީ، މި ވިޔަފާރި ދިރުވާ އާލާ ކުރަން. އޭރުން ދެން ވައްކަން ހައްލުވިޔަސް، ދެންހުރި ހުރިހާ ކަމެއް ދާނީ މެކުހަށް. މާތްﷲ މި ކުުދިންނަށް ހިދާޔަތު ދައްކަވާށި
ސާތިރޭ
30 November 2023
ރައީސް ޑރ މުއިއްޒު ތަފާތުކަން ފެނި އިހުސާސްވޭ. 5 ސަރުކާރަށް ހޯދައިނުދެވުނު އަމާން ރާއްޖެއެއް މިސަރުކާރުން ހޯދައިދީފާނެހެން މިހާރު އެހަ ހީވޭ. އަހަރެންގެ ވޯޓާއިނުލައި ރައީސް އިންތިހާބުވީތީ ދެރަވާން ފަށައިފި
ޚަިސކސޖކ
30 November 2023
ދެން އެމްޑީކަން ދީބަލަގަ
ފެށުނީ
30 November 2023
ސީޒަން ފެށުނީ. ދެން ފެންނާނީ ވަޅި މޫސުމާއި މަރު މޫސުމާއި ....