ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ޕްރިމިއާ ލީގުން ފަރުދާގެ ފުރަގަހުގައި ޓެސްޓްކުރަނީ

ސެޕްޓެމްބަރު މަހު، ޓޮޓެންހަމްއާ ދެކޮޅަށް ލިވަޕޫލަށް ލަނޑު ޖެހުމަށްފަހު ލުއިސް ޑިއާޒް އުފާފާޅު ކުރަނީ: އެ ލަނޑު ސައްހަ ނަމަވެސް، ވީއޭއާރްގެ އޮފިޝަލުން ނިންމީ ބަލައިނުގަންނަން --- ފޮޓޯ: ގެޓީ އިމޭޖަސް

30 ނޮވެމްބަރ 2023 - 08:02

2 comments

ލަންޑަން (ނޮވެމްބަރު 30) - އޮޓަމެޓިކް އޮފްސައިޑް ޓެކޮނޮލޮޖީ އަންނަ އަހަރު ބޭނުން ކުރެވޭނެތޯ ބަލަން، ފަރުދާގެ ފުރަގަހުގައި ޕްރިމިއާ ލީގުން ޓެސްޓް ކުރަން ފަށައިފި އެވެ.

މި ޓެކްނޮލޮޖީ، މިހާރު ވެސް ޔޫއެފާ ޗެމްޕިއަންސް ލީގާއި ސެރީ އޭގެ ބޭނުން ކުރެ އެވެ. އަދި އެންމެ ފަހުގެ ފިރިހެން އަދި އަންހެން ވޯލްޑް ކަޕްގައި ވެސް މި ޓެކްނޮލޮޖީ ބޭނުން ކޮށްފައިވެ އެވެ. ޑިސެމްބަރު މަހު ސައުދީ އަރަބިއްޔާގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕާއި އަންނަ ހޫނު މޫސުމުގައި ޖަރުމަނުގައި ބާއްވާ ޔޫރޯގައި ވެސް މި ސިސްޓަމް ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ.

"އެސްއޯއޭޓީ" ސިސްޓަމްގެ ނަން ދީފައިވާ ޓެކްނޮލޮޖީގައި އޮފްސައިޑް ލައިންތައް ވަކިން ބަލަހައްޓަން ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި އޮޓޮމެޓިކުން ވާޗުއަލް ރޮގެއް ޖެނެރޭޓް ކުރާނެ އެވެ. މިއީ އެއްފަހަރާ ގިނަ ކުޅުންތެރިންގެ ބޮލާއި ފަޔާއި އަތް އަދި ކަކުލުގެ އިތުރުން ހަށިގަނޑުގެ ޑޭޓާ ޕޮއިންޓްތައް ވަރަށް ރަނގަޅަށް ދެނެގަނެވޭ ސިސްޓަމެކެވެ. ރިއަލް ޓައިމް އެލާޓް ސިސްޓަމެއް މެދުވެރިކޮށް ވީއޭއާރް ގެ އޮފިޝަލަށް މުއާމަލާތްކުރާނެ އެވެ. ބޯލް ޓްރެކިން ހައިލައިޓްސް މި ސިސްޓަމުން ވީއޭއާރް އޮފިޝަލަށް ފޯރުކޮށް ދޭނެ އެވެ.

އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) ގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަމުން އިނގިރޭސި އެފްއޭގެ ސީއީއޯ މާކް ބުލިންހަމް ވިދާޅުވީ މި ޓެކްނޮލޮޖީ ބޭނުންކުރުމާ މެދު ގޮތެއް ނިންމުމަކީ ވަކިވަކި ލީގުތަކުން އޮންނަ އިހުތިޔާރެއް ކަމަށެވެ. އެ ސިސްޓަމް އަޕްގްރޭޑަށް އޭނާ ތާއީދުކުރާކަމަށް ވިދާޅުވި އެވެ.

"ގިނަ ނިންމުންތަކެއް ނިންމަޖެހިފައިވާ ދަނޑިވަޅެއްގައި އަހަންނަށް ހީވަނީ ވީހާވެސް އަވަހަކަށް އަދި ކުރުކޮށް ނިންމުމަކީ ދާންވީ މަގެއްހެން. އަންނަ ސީޒަނުން ފެށިގެން ދުނިޔޭގެ މަތީފަންތީގެ އިތުރު ލީގުތަކުން އެ ސިސްޓަމް ބޭނުންކުރާނެ ކަމުގެ އުންމީދު އެބައޮތް."

ޕްރިމިއާ ލީގުގެ ކުރީގެ އެންމެ މަޝްހޫރު ރެފްރީ އަދި ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) ގެ ރެފްރީސްގެ ހަވާޑް ވެބް ބުނީ ޓެސްޓުކުރުމުގެ ކަންކަން ކުރިއަށް ދަނީ ފަރުދާގެ ފުރަގަހުގައި ކަމަށާއި ކުރިއެރުން ލިބޭނެ އެންމެ ރަނގަޅު ގޮތަކަށް ބަލައި އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. އެންމެ ފަހުގެ މެޗް އޮފިޝަލްސް މިކްޑް އަޕް ޕްރޮގްރާމުގައި އޭނާ ބުނީ ހުރިހާ ޓެކްނޮލޮޖީއަކަށް ވެސް އޯޕަން ވިސްނުމެއް ގެންގުޅޭ ކަމަށާއި އޭގެ ސަބަބުން އަޅުގަނޑުމެން މިހާރަށް ވުރެ ހަރުދަނާ އަދި ހަރުދަނާ ވާނެ ކަމަށެވެ.

"އަހަރެމެންނަކީ ހުރިހާ ޓެކްނޮލޮޖީއަކަށް ވެސް ހުޅުވާލެވިފައިވާ ވިސްނުމެއްގައި ތިބޭ ބައެއް، އޭގެ ސަބަބުން އަޅުގަނޑުމެން މިހާރަށްވުރެ ހަރުދަނާ، އަދި އިތުބާރު ބޮޑު ނިންމުންތަކެއް ނިންމަން ފަސޭހަ ވެގެންދާނެ."

"އެސްއޯއޭޓީ" ސިސްޓަމަކީ ސެމީ އޮޓޮމޭޓެޑް ސިސްޓަމެކެވެ. މެޗުގެ ފީލްޑް ރެފްރީއަށް އެންގުމުގެ ކުރިން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ނިންމުން ސައްހަ ކުރަން ޖެހޭތީ އެވެ.

މި ސީޒަނުގައި ޕްރިމިއާ ލީގުގައި އޮފްސައިޑާ ގުޅޭގޮތުން ހެދި އެންމެ ބޮޑު ގޯހެއް ފާހަގަ ކުރެވުނު މެޗަކީ މިދިޔަ ސެޕްޓެމްބަރު މަހު ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-1 އިން ލިވަޕޫލް ބަލިވި މެޗުގައި ވީއޭއާރުގެ އޮފިޝަލުންގެ މެދުގައި އެި އޮޅުމަކުން، ލުއިޒް ޑިއާޒްގެ "ސައްހަ ލަނޑެއް" ގޯލެއްނޫން ކަމަށް ނިންމުމެވެ. އެސްއޯއޭޓީ ސިސްޓަމްގެ އަމާޒަކީ އެފަދަ ހަލަތަށް ލުޔެއް ހޯދައިދިނުމެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާހިރު

30 November 2023

ތި އޮފްސައިޑަކާހެދި ފުޓުބޯޅައިގެ ފޯރި ކެނޑެނީ އެވެ. ގޯލް ޖަހާފަހުންވެސް އޮފް ސައިޑް ޔަޤީންކުރަން ވީ.އޭ.އާރު ބަލަން އެތައް ވަގުތެއް ހޭދަކުރުމަކީ މެޗުގެ ފޯރި ވަރަށްބޮޑަށް ގެއްލޭ ކަމެކެވެ. އޮފްސައިޑް ނުބަލާގޮތަށް ހަދައިފިނަމަ ފުޓުބޯޅައިގެ ފޯރި މިހާރަށްވުރެ މާބޮޑަށްވެސް ފޯރިގަދަވެގެންދާނެކަން ޔަގީނެވެ. ވީ.އޭ.އާރު ބޭނުންކުރަންވީ ލައިން ހުރަސްވާތަނާއި ފައުލްތައް ބެލުމަށެވެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

30 November 2023

މާހިރުގެ ކްލަބުން އޮފްސައިޑް ގޯލެއް ޖަހައިގެން 3 ޕޮއިންޓް ހޯދުން އޯކޭ. ނަމަވެސް އެހެން ކްލަބަކުން މާހިރުބެގެ ކްލާބައި ދެކޮޅަށް އޮފްސައިޑް ގޯލެއް ޖަހައިިފިނަމަ އެ ގޯލް ވީއޭއާރް ބަލައިގެން ކެންސަލް ކުރަން ޖެހޭނެ.މީ ނޫންތޯ ތިޔަބުނާ ފޯރިއަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454